އިންޓެގްރެޓީ ކޮމިޝަނުގެ މެންބަރު ކަމަށް 26 މީހަކު ކުރިމަތިލައިފި

15 Apr 2019 | 13:55

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ މެމްބަރުކަމަށް އެދި 26 މީހަކު ހުށަހަޅައިފިއެވެ.

އެ ހުރިހާ އެންމެންގެ ނަންތައް ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް މިއަދު ވަނީ ފޮނުވާފައެވެ.

އެންއައިސީގެ މެންބަރު ކަމަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރޭގައި އެ ކޮމިޝަނުގެ ކުރީގެ ރައީސް ޔޫސުފް މާނިއު ވެސް ހިމެނެއެވެ.

އެންއައިސީ އަށް މެންބަރަކު ހޯދަން އިއުލާން ކުރީ އެ ކޮމިޝަނުގެ މެމްބަރު މުހައްމަދު ފަރުހާދު އިސްތިއުފާ ދެއްވުމުންނެވެ.

ކުރީގެ ޕޮލިސް އިންޓަގްރިޓީ ކޮމިޝަން (ޕީއައިސީ) އަދި ކަސްޓަމްސް އިންޓަގްރިޓީ ކޮމިޝަން އުވާލުމަށްފަހު އުފެއްދި އެންއައިސީގައި މިހާރު ތިއްބެވީ ހަތަރު މެމްބަރުންނެވެ. އެއީ ކޮމިޝަންގެ ރައީސް އަހުމަދު ސުލައިމާނާއި ނައިބު ރައީސް ހައްސާން ހަމީދާއި މެމްބަރު ހަދީޖާ އަބްދުﷲ އަދި އަހުމަދު އަމީނެވެ.

އެންއައިސީގެ މެންބަރުކަމަށް އެދި ހުށަހެޅި ފަރާތްތައް:

1- މުހައްމަދު ޒަހީން، ދަފްތަރު ނަންބަރު 8544

2- ޑރ. އައިޝަތު ޝެހްނާޒު، އާދަމް، މ. އެމޭޒަން

3- މުހައްމަދު އަފްޒަލް، މއ. ހިލްސްޓަން

4- ޑރ. މުހައްމަދު މުނީޒް، ހ. އެލްޕާޝޯ

5- އަދުހަމް އަބްދުއްރަހީމް، ދަފްތަރު ނަންބަރު 290

6- އައިޝަތު ހުސައިން މަނިކު، ހ. ރީނދޫކޮކާގެ

7- ހުސައިން ހަމީދު، ގ. ތުނޑިވެލި

8- ޝުއައިބު އަބްދުއްރަހްމާން، ދަފްތަރު ނަންބަރު 1188

9- އަހުމަދު އަދީމް، މ. ރަބީއީގެ

10- މަރިޔަމް ޝަހްނީޒާ ނަސީރު، ތިލަދޫ، ހއ. ދިއްދޫ

11- ޔޫސުފް މާނިއު އަހުމަދު، ގ. އަތަ

12- އައިމިނަތު ރުކްޝާނާ އިބްރާހިމް، މ. ލިޔާގެ

13- އަބްދުލްއަޒީޒް ޔޫސުފް، އަރުތަ، ބ. މާޅޮަސް

14- ރިޒްމީނާ، ވައިލެޓްގެ، ދ. ކުޑަހުވަދޫ

15- އަބްދުﷲ ރާޒީ، ފުނާޑު، ކޯޒީ، ޏ. ފުވައްމުލައް

16- ޝަފީގާ ނައީމް، ބީޗްސައިޑް ފ. ނިލަންދޫ

17- އަހުމަދު މޫސާ، ހ. އަމްސާވިލާ

18- އާދަމް ނައީމް، ހ. ފިނިބިން

19- މުހައްމަދު ހުޝާމް އަލީ، ހ. އާޒާދެވާދީ

20- ނާސިރާ ސޯދިގް، މ. ތްރީބާޑްސް

21- އަލީ މުހައްމަދު މަނިކު، ދަފްތަރު ނަންބަރު 1851

22- ހުސެއިން ރަޝީދު ޔޫސުފް، ދަފްތަރު ނަންބަރު 2065

23- މަރިޔަމް ސައީދާ އިބްރާހިމް، މ. ކޮކާހަނދުވަރުގެ

24- ހައްވާ ވަޖުދާ، ތުނޑި، ލިންކް، ލ. ގަން

25- ހަދީޖާ ނައީމް، މ. ރަންވަރަ

26- މިންނާ ނާފިޒް، މ. ލިލީޒް

ކޮމިޝަނުގެ މެންބަރު ކަމަށް އެދި ފަރާތްތަކުގެ ތެރެއިން އެންމެ ގިނައިން މާކްސް ލިބޭ މީހުންގެ ނަން ކޮމިޓީން މަޖިލީހުގެ ތަޅުމަށް ހުށަހަޅާނެއެވެ. އަދި ކޮމިޝަނަށް މެންބަރަކު ހޮވާނީ މަޖިލީހުގެ މެންބަރުންގެ ރުހުން ހޯދުމަށް ފަހުއެވެ.

Advertisement

ކޮމެންޓް