ވީއައިއޭ މަޝްރޫއަށް އަބޫދާބީ ފަންޑުން ދިން އިތުރު 40 މިލިޔަން ޑޮލަރުގެ ލޯނު އެހީގެ އެއްބަސްވުމުގައި ސޮއިކުރުން-- ފޮޓޯ: ޕީއެސްއެމް
ހަބަރު
26 Dec 2024 | 12:11
ވީއައިއޭ މަޝްރޫއަށް އަބޫދާބީ ފަންޑުން އިތުރު 40 މިލިޔަން ޑޮލަރުގެ ލޯނު އެހީ ދިފި

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ މަޝްރޫއަށް އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓުން އިތުރު 40 މިލިޔަން ޑޮލަރުގެ ލޯނު އެހީ ދިފިއެވެ.

މިއީ 2017 ވަނަ އަހަރު މި މަޝްރޫއުގެ ފުރަތަމަ މަރުހަލާތަކަށް ދީފައިވާ 50 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނަށް އިތުރަށް ދިން އަދަދެކެވެ.

މި އެއްބަސްވުމުގެ ދަށުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ހުޅަނގު ފަރާތުގެ ފަސިންޖަރުން ބޭނުންކުރާ ޓާމިނަލް ތަރައްގީކޮށް، 26 މަތިންދާބޯޓު ބޭއްވޭ ވަރަށް ބޮޑުކުރުމާއި، ބައިނަލްއަގްވާމީ ފަސިންޖަރުންނަށް އައު އިމާރާތެއް އެޅުން ހިމެނޭއިރު، މި އެއްބަސްވުމާއި ގުޅޭ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މާލީ ވަޒީރު މޫސާ ޒަމީރު ވަނީ ޔޫއޭއީ އަދި އޭޑީއެފްޑީން ދިވެހިރާއްޖޭގައި ދެމެހެއްޓެނިވި ތަރައްޤީ ކުރިއެރުވުމަށް ދެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.

މިގޮތުން ވަޒީރު ޒަމީރު ވިދާޅުވީ، އޭޑީއެފްޑީގެ ފަންޑިންގއަކީ ދުނިޔޭގެ ފެންވަރުގެ ޚިދުމަތްތަކާއި ޓެކްނޮލޮޖީ ހިމެނޭ އިންޓަރނޭޝަނަލް އެއަރޕޯޓެއް ޤާއިމުކުރުމަށް ވަރަށް މުހިންމު އެހީތެރިކަމެއްކަމަށެވެ. އަދި މިއީ ދަތުރުފަތުރުގެ ދާއިރާގައި އުމްރާނީ ވަސީލަތްތައް ތަރައްޤީކުރުމާއި، ދަތުރުކުރާ މީހުންނަށް ލިބޭ ތަޖުރިބާ ރަނގަޅުކުރުމާއި، ޤައުމީ އިޤްތިޞާދުގެ މުހިންމު ތަނބެއް ކަމުގައިވާ ފަތުރުވެރިކަމުގެ އާމްދަނީ އިތުރުކުރުމަށް ޤައުމީ ލަނޑުދަނޑިތައް ޙާޞިލުކުރުމުގައި ވަރަށް މުހިންމު މަރުޙަލާއެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"އޭޑީއެފްޑީގެ ފަންޑިންގއަކީ ދުނިޔޭގެ ފެންވަރުގެ ޚިދުމަތްތަކާއި ޓެކްނޮލޮޖީ ހިމެނޭ އިންޓަރނޭޝަނަލް އެއަރޕޯޓެއް ޤާއިމުކުރުމަށް ވަރަށް މުހިންމު އެހީތެރިކަމެއް. މިއީ ދަތުރުފަތުރުގެ ދާއިރާގައި އުމްރާނީ ވަސީލަތްތައް ތަރައްޤީކުރުމާއި، ދަތުރުކުރާ މީހުންނަށް ލިބޭ ތަޖުރިބާ ރަނގަޅުކުރުމާއި، އަދި ޤައުމީ އިޤްތިޞާދުގެ މުހިންމު ތަނބެއް ކަމުގައިވާ ފަތުރުވެރިކަމުގެ އާމްދަނީ އިތުރުކުރުމަށް އަޅުގަނޑުމެންގެ ޤައުމީ ލަނޑުދަނޑިތައް ޙާޞިލުކުރުމުގައި ވަރަށް މުހިންމު މަރުޙަލާއެއް."

ވަޒީރު ޒަމީރު ވިދާޅުވިއެވެ.

ވަޒީރު ޒަމީރުގެ އިތުރުން، އޭޑީއެފްޑީގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ސައިފް އައްސުވައިދީ ވިދާޅުވީ، އަބޫދާބީ ފަންޑުގެ ޕާޓްނަރ ޤައުމުތަކުގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއަށް ބޮޑެތި ބަދަލުތައް ގެނެސްދޭ މަޝްރޫޢުތަކަށް ފައިސާ ހަމަޖެއްސުމުގައި މުހިންމު ދައުރެއް އަދާކުރާކަމަށާއި، އޭގެ ތެރޭގައި، ވީއައިއޭ ޒަމާނީކޮށް ތަރައްޤީކުރުމަށް އޭޑީއެފްޑީން ދެވޭ އިތުރު އެހީތެރިކަމުން ދިވެހިރާއްޖޭގައި ކުރިއަރަމުންދާ ފަތުރުވެރިކަމުގެ ޑިމާންޑަށް ފެތޭގޮތަށް އެ އެއާޕޯޓުން ޚިދުމަތްދެވިގެންދާނެ ކަމަށެވެ.

މުޙައްމަދު ސައިފް އައްސުވައިދީ އިތުރަށް ވިދާޅުވިގޮތުގައި، އޭޑީއެފްޑީން ދިވެހި ސަރުކާރާއެކު އޮންނަ ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރަމުންދާއިރު، ދިވެހި ރައްޔިތުންގެ އުންމީދުތައް ޙާޞިލުކޮށްދީ، ވަޒީފާގެ ފުރުޞަތުތައް އުފައްދައި، ދެމެހެއްޓެނިވި ތަރައްޤީ ގެނެސްދޭ މުހިންމު މަޝްރޫޢުތަކުގައި އެއްބާރުލުން ދެއްވާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.