ރަސް އަލް ޚައިމާ ކޯސްޓަލް އޭރިއާ
ހަބަރު
29 Dec 2024 | 22:49
ރަސް އަލް ޚައިމާ ކަނޑުގެ ސަރަހައްދަށް ކުޑަ މަތިންދާބޯޓެއް ވެއްޓިއްޖެ

ޔޫއޭއީގެ ރަސް އަލް ޚައިމާ ކަނޑުގެ ސަރަހައްދަށް ކުޑަ މަތިންދާބޯޓެއް ވެއްޓި އެ ބޯޓުގައި ތިބި ދެމީހުން މަރުވެއްޖެއެވެ.

މެދުއިރުމަތީގެ ހަބަރުފަތުރާ ވަސީލަތްތަކުން މައުލޫމާތުދޭ ގޮތުގައި ވެއްޓިފައިވަނީ، ޖަޒީރާ އޭވިއޭޝަން ކްލަބަށް ނިސްބަތްވާ ކުޑަ މަތިންދާ ބޯޓެކެވެ. ވެއްޓުނު ބޯޓަކީ ދެމީހުނަށް އެރޭވަރުގެ ބޯޓެއްކަމަށްވެސް ބައެއް ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ.މަތިންދާބޯޓު ކަނޑަށް ވެއްޓުނުއިރު، އޭގައި އެވަގުތުތިބީ ޕައިލެޓާއި ކޯ ޕައިލެޓް އެކަނިކަމަށް ނޫސްތަކުން ބުނެއެވެ. މި އެކްސިޑެންޓް ހިނގަން ދިމާވި ސަބަބެއް އަދި ސާފުނުވާއިރު، ބޯޓު އުދުހުނީ ކޮން ތަނަކަށް ކަމެއްވެސް އަދި ނޭނގެއެވެ.

ޔޫއޭއީގެ ޖެނެރަލް ސިވިލް އޭވިއޭޝަނުން ވަނީ މި އެކްސިޑެންޓް ހިނގިގޮތުގެ ތަހުގީގެއް ކުރަމުން އަންނަކަމަށް ބުނެފައެވެ. ޔޫއޭއީގެ ރަސް އަލް ޚައިމާ ކަނޑުގެ ސަރަހައްދަށް ކުޑަ މަތިންދާބޯޓެއް ވެއްޓި ދެމީހުން މަރުވެފައިވާއިރު، ދެކުނު ކޮރެއާގެ މަތިންދާބޯޓެއް ގެ މުއާން އެއާޕޯޓަށް ވެއްޓި  ވަނީ 85 މީހުން މަރުވެފައެވެ. މީގެ އިތުރުން އެއާ ކެނެޑާ އެކްސްޕްރެސްގެ ބޯޓެއް ޖައްސަން އުޅުމުގެ ތެރޭގައި އަލިފާން ރޯވިއިރު، މީގެ ދެދުވަސްކުރިން ވަނީ އަޒަރުބައިޖާންގެ ބޯޓެއްވެސް ވަނީ ވެއްޓިފައެވެ.

އެ ހާދިސާގައި އެ ބޯޓުން ދަތުރުކުރި 38 މީހަކު ވަނީ މަރުވެފައެވެ. ހަބަރުތައް ބުނާގޮތުގައި އެ ބޯޓު ވެއްޓިފައިވަނީ ރަޝިއާގެ މިސައިލްތަކުން ދިފާއުވާ ނިޒާމަށް އެޅި އޮޅުމެއްގެ ތެރެއިން ބޯޓަށް ހަމަލާތަކެއް ދެވުމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
ޕާޓީ މޮޅުވެއްޖެނަމަ އެމެރިކާގެ ކޮންމެ މީހަކަށް 5،000 ޑޮލަރު ދޭނަން: ޓްރަމްޕް
ކުރިއަށް އޮތް މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީން ކޮންގްރެސްގެ އަޣުލަބިއްޔަތު ދަމަހައްޓައިފިނަމަ، އެމެރިކާގެ ކޮންމެ ބޮޑު މީހަކަށް 5،000 ޑޮލަރު ދޭނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ. ޓްރަމްޕް މިކަން އިޢުލާންކުރީ ބުދަ ދުވަހު ޑެލަސްގައި ބޭއްވި ރިޕަބްލިކަން ޕާޓީގެ ފުރަތަމަ މިޑްޓާމް ކޮންވެންޝަންގައެވެ.
10 Sep 2026
އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 ގައި ބާއްވަނީ
އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 އިން 3 އަށް ބޭއްވުމަށް ނިންމައިފިއެވެ.
10 Sep 2026
އުރުދުންގެ އަލްއަޒްރަޤް ވައިގެ މަރުކަޒަކީ ކޮބާ؟ އީރާނުން އެ ތަނަށް ހަމަލާދެނީ ކީއްވެ؟
ހޮރްމޫޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް އެމެރިކާ އާއި އީރާނުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ތެރޭގައި، އުރުދުންގައި ހުންނަ އަދި އެމެރިކާގެ ސިފައިންނާއި އަސްކަރީ ވަސީލަތްތައް ގާއިމުވެފައިވާ އަލްއަޒްރަޤް އެއާބޭސް އަށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކަކީ އެމެރިކާގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އީރާނުން ބުނެއެވެ.
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ