އެމްއެމްޕީއާރުސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ: ޕީއެސްއެމް
ހަބަރު
30 Dec 2024 | 10:31
ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް އަންނަ އަހަރު ޑިޖިޓަލް ކެމްޕެއިންތައް އިތުރުކުރަނީ

ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް އަންނަ އަހަރު ޑިޖިޓަލް ކެމްޕެއިންތައް އިތުރުކުރަން ނިންމާފައިވާކަމަށް މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޮމްޕެނީ (އެމްއެމްޕީއާރުސީ) އިން ބުނެފިއެވެ.

އެމްއެމްޕީއާރުސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނިން ބުނީ، މިއަހަރު ހާސިލްކުރަން ކަނޑައެޅި އަމާޒުތައް ހާސިލްކުރެވިފައިވާކަމަށާއި، ކުރިއަށް އޮތް އަހަރު ރާއްޖެ ޕްރޮމޯޓް ކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމަށް ގިނަ ކަންތައްތަކެއް ރޭވިފައިވާކަމަށެވެ.

މިގޮތުން، އެމްއެމްޕީއާރުސީގެ ޗެއަރޕާސަން އަބްދުﷲ ގިޔާސް ވިދާޅުވީ، ކޮންމެ އަހަރަކުވެސް އެ ކުންފުނީގެ 80 އިންސައްތަ ބޭނުން ކުރެވެނީ ޓްރެވެލް ޓްރޭޑް ފެއަރތަކަށްކަމަށެވެ.

އެހެންނަމަވެސް އަންނަ އަހަރު ބޮޑަށް އިސްކަން ދޭނީ ޑިޖިޓަލީ ޑްރިވެން ކެމްޕެއިންތަކަކަށްކަން ފާހަގަކުރައްވާ ގިޔާސް ވިދާޅުވީ، އޭގެ ތެރޭގައި އިންޓަނޭޝަނަލް އެއަރލައިންތަކާއި ބްރޭންޑްސް ތަކާއި ގުޅިގެންނާއި، އެޑްވަޓައިޒިން ވައިރަލް ކެމްޕެއިންސް ވެސް ހިމެނޭކަމަށެވެ.

"މީގެ ކުރިން އަޅުގަނޑުމެން ފާހަގަކޮށްފައިވާނެ، ކޮންމެ އަހަރަކުވެސް އަޅުގަނޑުމެންގެ ވަސީލަތްތަކުގެ 80 އިންސައްތަ މި ބޭނުންކުރެވޭނީ ޓްރެވެލް ޓްރޭޑް ފެއަރތަކަށް. މިއަންނަ އަހަރު އަޅުގަނޑުމެން ބޮޑަށް އިސްކަން މިދަނީ ޑިޖިޓަލީ ޑްރިވެން ކެމްޕެއިންތަކަކަށް. އެޑްވަޓައިޒިން ވައިރަލް ކެމްޕެއިންސް، ބީ ޓު ސީ ނެޓްވޯކިން އިވެންޓްސް އިންޓަނޭޝަނަލް އެއަރލައިންތަކާއި ބްރޭންޑްސް ތަކާއި ކޮލާބޮރޭޓް ވެގެން،"

ގިޔާސް ވިދާޅުވިއެވެ.

ގިޔާސް އިތުރަށް ވިދާޅުވީ، ޑަބްލިއުޓީއެމްއާއި އެހެނިހެން ފެއަރތަކަށް ކުރާ ހަރަދު ކުޑަކޮށްފައިވާކަމަށާއި، ޑަބްލިއުޓީއެމްއަށް އެކަނި ބަލާލިކަމުގައިވިއަސް 3.5 މިލިއަން ރުފިޔާ ސަލާމަތްކޮށްފައިވާކަމަށެވެ.

މިއަންނަ އަހަރަށް ބަލާއިރު، 50 އިންސައްތަ ޓްރޭޑް ޝޯތަކަށް ދާ ޚަރަދުތައް ދެނީ އެކި އެންޖީއޯތަކުންކަމަށާއި، އޭގެ ތެރޭގައި ގެސްޓްހައުސް އެސޯސިއޭޝަން، މަޓާޓޯ، މަޓީ އަދި ލިވަބޯޑު އެސޯސިއޭޝަން ހިމެނޭކަމަށް ގިޔާސް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.