ވީއައިއޭ : ފޮޓޯ/ އިންޓަނެޓް
ހަބަރު
02 Jan 2025 | 15:45
މާދަމާ ދަތުރުކުރާ މީހުން ތިން ގަޑިއިރު ކުރިން އެއާޕޯޓަށް އައުމަށް އެމްއޭސީއެލުން އެދިއްޖެ

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރާ ފަސިންޖަރުން، އެމީހުންގެ ފްލައިޓް ފުރުމުގެ މަދުވެގެން 3 ގަޑިއިރު ކުރިން އެއަރޕޯޓަށް އައުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އެދިއްޖެއެވެ.

އެމްއޭސީއެލްއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މާދަމާ އުމްރާއަށް ދާ މީހުން އައުމާ ގުޅިގެން އެއަރޕޯޓު ސަރަޙައްދުގެ މަގުތަކާއި ޓާމިނަލް ސަރަޙައްދުގައި ޓްރެފިކް ބާރު ބޮޑުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

މިކަމަށް ރިޢާޔަތްކޮށް، ދަތުރުކުރާ ފަރާތްތަކަށް އުނދަގޫ ނުވާނެ ގޮތަށް ދަތުރު ރާވައި، އެކަށީގެންވާ ވަގުތު ކުރިން އެއަރޕޯޓަށް އައުމަށް އެމްއޭސީއެލްއިން އިލްތިމާސްކޮށްފައިވެއެވެ.

މީގެއިތުރުން، މި ބިޒީ ދުވަހު އެއްބާރުލުން ދިނުމަށް ހުރިހާ ޓެކްސީ ސެންޓަރުތަކާއި ޑްރައިވަރުންނަށް އެމްއޭސީއެލްއިން އެދިފައިވެއެވެ. ޚާއްޞަކޮށް، ވަގުތަށް ޕިކްއަޕް އަދި ޑްރޮޕްއޮފް ހެދުމަށާއި، އެއަރޕޯޓު ވަށައިގެން ޓްރެފިކް ފްލޯ ހިފެހެއްޓުމަށް އެދިފައިވެއެވެ.

މާދަމާގެ އެންމެ ބިޒީ ވަގުތުތަކަކީ؛

ހެނދުނު 6:00 އިން 9:00 އަށް

މެންދުރުފަހު 14:00 އިން 16:00 އަށް

ހެނދުނުގެ ބިޒީ ގަޑީގައި 2,678 މީހުން (އޭގެތެރޭގައި 618 އުމްރާ ވެރިން ހިމެނޭގޮތަށް) އަންނާނެ ކަމަށާއި، 1,372 މީހުން ފުރާނެ ކަމަށް ބުނެފައިވެއެވެ.

އަދި މެންދުރުފަހުގެ ބިޒީ ގަޑީގައި 2,071 މީހުން (452 އުމްރާ ވެރިން ހިމެނޭގޮތަށް) އަންނާނެ ކަމަށާއި، 1,091 މީހުން ފުރާނެ ކަމަށް ލަފާކޮށްފައިވެއެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް އެމްއޭސީއެލްގެ މީޑިއާ އެންޑް ޕީއާރު ހޮޓްލައިން ނަންބަރު 7409559 އަށް ގުޅުމަށް އެދިފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ