ރައީސް ޑރ.މުޙައްމަދު މުޢިއްޒު-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
08 Jan 2025 | 11:22
ދަރިވަރުން އެދުނީ ރަތަފަންދޫ ސްކޫލަށް މަލްޓިޕާޕޯސް ހޯލެއް؛ ރައީސް ދެއްވީ އެކަމަށް އިސްކަންދެއްވާނެ ކަމުގެ ޔަގީންކަން

އެންމެ އިސްކަމެއްދެއްވައިގެން ގދ.ރަތަަފަންދޫ ސްކޫލްގައި މަލްޓިޕާޕޯސް ހޯލެއް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ.މުޢިއްޒު މިފަދައިން ވިދާޅުވީ، ހުވަދުއަތޮޅަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ގދ.ރަތަފަންދޫއަށް އަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި، ވާހަކަފުޅު ދައްކަވަމުންނެވެ.

އެރަށަށް ވަޑައިގެން ސަލާމް ކުރައްވަމުން ގެންދަވަނިކޮށް ބައެއް ދަރިވަރުން ރަށުގެ ސްކޫލަށް މަލްޓިޕާޕޯސް ހޯލެއް ބޭނުންވާކަން ހާމަކޮށްފައިވާކަން ފާހަގަކުރައްވަމުން ރައީސް ޑރ.މުޢިއްޒު ވިދާޅުވީ، އެންމެ އިސްކަމެއްދެއްވައިގެން ރަތަފަންދޫ ސްކޫލުގައި މަލްޓިޕާޕޯސް ހޯލެއް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެކަމުގެ ޔަގީންކަން ދެއްވާކަމަށާއި، އޭގެ ބޭނންތެރިކަން ފެނިވަޑައިގެންނަވާކަމަށެވެ.

"އަޅުގަނޑު ސަލާމް ކުރަމުން ދިޔައިރު، ބައެއް ކުދިން އަޅުގަނޑު އަތަށް ސިއްރު ސިއްރުން ކުޑަ ގަނޑުކޮޅެއް ދިއްކޮށްލި. އެ ގަނޑުކޮޅުގައިވެސް އޮތީ އެވާހަކަ. އޭގައިވެސް މިބުނަނީ އަޅުގަނޑުމެންގެ ސްކޫލަށް މަލްޓިޕާޕޯސް ހޯލެއް އިންތިހާއަށް ބޭނުންވެއޭ. ދެން ބޭނުންވާ ސަބަބުތައް ހަމަ ވަރަށް ރީތިކޮށް ލިޔެލާފައި އެބަހުރި،"

ރައީސް ޑރ.މުޢިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް، އެ އަތޮޅުގައިވެސް އެންމެ ހާލުދަށްކޮށް އޮތް ބަދަރަކަށް ރަތަފަންދޫ ބަނދަރުވާއިރު، އެރަށުގެ ބަނދަރުގެ ހާލަތަށް އިޝާރާތްކުރައްވައި ރައީސް ޑރ.މުޢިއްޒު ވަނީ މިއަހަރު ކުރިއަށް ގެންދާ ބަނދަރު މަޝްރޫއުތަކުގެ ތެރޭގައި ރަތަފަންދޫގެ ބަނދަރު ހިމަނައިގެން ރަށުގެ ބަނދަރު ހަދައިދެއްވާނެކަމަށް ވިދާޅުވެފައެވެ.

ރައީސް ޑރ.މުޢިއްޒު އިތުރަށް ވިދާޅުވީ، މިއަހަރާއި މި އަންނަ އަހަރު ކުރިއަށް ގެންދިޔުމަށް ނިންމަވާފައިވަނީ ރައްޔިތުންނަށް ބޭނުންވާ މުހިންމު މަޝްރޫއުތައް ކަމަށާއި، މިއަހަރުގެ ބަޖެޓުގެ ތެރެއިން ވީހާވެސް ގިނަ ވައުދުފުޅުތަކަކަށް އަމަލީ ސިފަ ގެނެސް، މި އަންނަ އަހަރު މިފަދައިން ނުފެށި ހުރި މަޝްރޫއުތައް ފައްޓަވާނެކަމަށެވެ.


ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.