އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު ނާޒިލް މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި..
ހަބަރު
09 Jan 2025 | 23:09
ފުރަތަމަ ކުއާޓަރުގައި ސަރުކާރަށް ނުފެށުނު މަޝްރޫޢުއެެއް ދެން މިއަހަރަކު ނުފެށޭނެ: ނާޒިލް

މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ސަރުކާރަށް ނުފެށުނު މަޝްރޫޢުއެެއް ދެން މިއަހަރުގެ ތެރޭގައި ފެށޭނެ ދުވަހެއް ނާންނާނޭކަމަށް އިދިކޮޅު އެންމެބޮޑު ޕާޓީ އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރ، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީން މިރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ނާޒިލް ވިދާޅުވީ، މިހާރު ރާއްޖޭގެ ވެރިކަމުގައި މިއޮތް ސަރުކާރުން ރައްޔިތުންނަށް އަދި ޤައުމުގެ ތަރައްޤީއަށް ކޮށްދެވުނު ކަމެއް ނެތްކަމަށެވެ. އެގޮތުން މިދިޔަ އަހަރު ފާސްކުރި ބަޖެޓް ކަމެއް ނުކުރެވި އުޅެނިކޮށް ހުސްވިއިރު، ކުރެވުނުހާވެސް ކަމަކީ ސިޔާސީ މުއައްޒަފުންނަށް މުސާރަދިނުން އެކަނިކަމަށް ނާޒިލް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ސަރުކާރަށް ކަމެއް ކުރެވޭނަމަ މިއަހަރުގެ ފުރަތަމަ ތިންމަސް ދުވަހުގެ ތެރޭގައި ކަންކަން ކުރަން ފަށާނޭ ކަމަށާއި، އެ މުއްދަތުގެ ތެރޭގައި ކުރަން ނުފެށޭ އައު މަސައްކަތެއް، މިއަހަރުގެ ކުރިއަށް އޮތްތަނުގައި ކުރެވޭނޭހަމަ އެއްވެސް ހަމައެއް ނޯންނާނޭ ކަމަށެވެ.

އަޅުގަނޑަކީ މިދިޔަ މަޖިލީހުގައިވެސް މަސައްކަތްކުރި މީހެއް ބަޖެޓް ކޮމިޓީގައިވެސް. އަޅުގަނޑުމެން އަބަދުވެސް ބަޖެޓް ކޮމިޓީއަށް ވަޒީރުން ގެނެސްގެން ސުވާލުކޮށް ވަޒީރު ކައިރީ ބުނަމުންމިދަނީ ކޮންމެ އަހަރެއްގެވެސް ފުރަތަމަ ކުއާޓަރުގެ ތެރޭގައި ރަށްރަށުގައި ހުރި ބޮޑެތި މަސައްކަތްތައް ފައްޓަވައިދެއްވާށޭ

ނާޡިލް ވިދާޅުވިއެވެ

އޭނާ ވިދާޅުވީ އެމަގުން ކަންކަން ނުކުރެވިއްޖެނަމަ ދެން އެ އަހަރެއްގައި ހަމަ އެއްވެސް ކަމެއް ނުކުރެވޭނޭކަމަށެވެ. އަމަލީ މަސައްކަތް ނުކުރެވުނެއްކަމަކު ކުރެވޭނޭ މަސައްކަތްތައް ހުންނާނޭކަން ފާހަގަކުރައްވަމުން ނާޒިލް ވިދާޅުވީ، މިއަހަރު މި ސަރުކާރަށް ކަމެއް ކުރެވިދާނޭކަމަށް ޤަބޫލުނުކުރައްވާކަމަށެވެ. މިގޮތުން ޕްރޮޖެކްޓެއް ހިންގަން އޮތަސް އެކަމެއް ލިޔެވިފައި އޮތީ، ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުގައި އޮންނަ ކުޑަ ކަރުދާސްކޮޅުޅެއްގައި އެކަނި ކަމަށެވެ. އެ ކަރުދާސްކޮޅު ގެއްލިއްޖެނަމަ ހެދޭނެ ގޮތެއް ނޯންނާނޭކަމަށާއި، އެހިސާބުން ޕްރޮޖެކްޓްތައްވެސް ގެއްލިގެން ދިޔައީކަމަށް ނާޒިލް ވިދާޅުވިއެވެ.

ނާޒިލް ވިދާޅުވީ 31 ޖެނުއަރީގައި އެމްޑީޕީން ބާއްވާ ބޮޑު އެއްވުމަށް ރައްޔިތުން ނިކުންނަން ޖެހޭކަމަށާއި، އެނޫންގޮތަކަށް މި ސަރުކާރު ޖަވާބުދާރީ ކުރުވެން ނެތްކަމަށެވެ. ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އެމްޑީޕީން ކުރާ މިބާވަތުގެ ކަންކަމުގައި ރައްޔިތުންނަށް ކޮށްދެވޭނެ ކަމަކަށް އޮންނާނީ އެގޮތަށް ނިކުމެ ސަރުކާރަށް މަންޒަރު ދައްކައިގެންކަމަށް ނާޒިލް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.