06 Feb 2025
މަޖިލީހުގެ ތަޅުމުން މެންބަރުން ނެރުނީ ގަވާއިދާ ހިލާފަށް: ނާޒިލް
ރައްޔިތުންގެ މަޖިިލިސް މި އަހަރަށް ހުޅުވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ރިޔާސީ ބަޔާން އިއްވަވަން ފެއްޓެވުމުން، މަޖިލީހުގައި އަޑުގަދަކޮށް އިހުތިޖާޖުކުރި އެމްޑީޕީގެ މެންބަރުން ތަޅުމުން ނެރުނީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާ އިބްރާހީމް ނާޒިލް ވިދާޅުވެއްޖެ އެވެ.