މަޖިލިސް ބޭރުގައި އެމްޑީޕީ މެންބަރުން އިހްތިޖާޖު ކުރަނީ: ފޮޓޯ/ އެމްޑީޕީ
ހަބަރު
06 Feb 2025 | 13:30
މަޖިލީހުގެ ތަޅުމުން މެންބަރުން ނެރުނީ ގަވާއިދާ ހިލާފަށް: ނާޒިލް

ރައްޔިތުންގެ މަޖިިލިސް މި އަހަރަށް ހުޅުވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ރިޔާސީ ބަޔާން އިއްވަވަން ފެއްޓެވުމުން، މަޖިލީހުގައި އަޑުގަދަކޮށް އިހުތިޖާޖުކުރި އެމްޑީޕީގެ މެންބަރުން ތަޅުމުން ނެރުނީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާ އިބްރާހީމް ނާޒިލް ވިދާޅުވެއްޖެ އެވެ.

މިއަދުގެ ޖަލްސާގައި ރައީސް މުއިއްޒު ރިޔާސީ ބަޔާން އިއްވަވަން ފެއްޓެވުމާއެކު އެމްޑީޕީގެ ބައެއް މެންބަރުން މަޖިލީހުގެ ތަޅުމުގައި އިހުތިޖާޖުކޮށް އަޑު ގަދަ ކުރަން ފެށުމުން ރިޔާސަތުން ވަނީ މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް މެންބަރުންނަށް ނަސޭހަތްތެރިވެ ވަޑައިގެންފަ އެވެ.

ނަމަވެސް، އެ މެންބަރުން ވަނީ، މަޖިލީހުގެ ތަޅުމުގައި އަޑުގަދަކުރައްވައި ނިޒާމު ގެއްލުވާލަން މަސައްކަތް ކުރައްވާފައެވެ. އެއާއެކު ރިޔާސަތުންވަނީ އެމްޑީޕީގެ ނުވަ މެންބަރެއްގެ ނަން އިއްވާފައެވެ.

އެގޮތުން ނަން އިއްވި މެންބަރުންނަކީ

ގަލޮޅު ދެކުނު ދާއިރާ - މީކާއީލު އަޙްމަދު ނަސީމް 

ހަނިމާދޫ ދާއިރާ - ޢަބްދުލްޣަފޫރު މޫސާ

ވައިކަރަދޫ ދާއިރާ - ޙުސައިން ޒިޔާދު

ހިތަދޫ ދެކުނު ދާއިރާ - އިބްރާހީމް ނާޒިލް

ކެޔޮދޫ ދާއިރާ - މުޙައްމަދު ނިއުޝާދު

މަރަދޫ ދާއިރާ - އަޙްމަދުދީދީ

ތޮއްޑޫ ދާއިރާ - ޙުސައިން ސަމީރު

ކެންދޫ ދާއިރާ - މަޢުރޫފް ޛާކިރު

ގަލޮޅު އުތުރު ދާއިރާ - މުޙައްމަދު އިބްރާހީމް (ކުޑޫ)

ރިޔާސަތުން ނަން އިއްވުމުންވެސް އެ މެންބަރުން ވަނީ މަޖިލީހުގެ ތަޅުމުން ނުކުންނަން ދެކޮޅުހައްދަވާފައެވެ. އެހެންކަމުނަ، މެންބަރުން ނުކުންނަންދެން ޖަލްސާ މެދުކަނޑާލުމަށްފަހު އަބްދުއްރަހީމް އާއި ރައީސް މުއިއްޒު ރިޔާސަތު ދޫކުރައްވައި ވަޑައިގެންނެވި އެވެ.

އެފަހުން ދެން ޖަލްސާ ފަށާފައިވަނީ އެ މެންބަރުން މަޖިލީހުގެ ތަޅުމުން ނެރުމަށްފަހުގައެވެ. 

އެކަން ހިނގައިދިޔަ ގޮތާއި ގުޅިގެން މީޑިއާއަށް މައުލޫމާތު ދެއްވަމުން ނާޒިލް ވިދާޅުވީ، ރިޔާސަތުގައި އެއްވެސް ބޭފުޅަކު ނެތީސް، އޭނާ އާއި އެމްޑީޕީ މެންބަރުން މަޖިލީހުގެ ތަޅުމުން ނެރުނީ ގަވާއިދާ ޚިލާފަށް ކަމަށެވެ. އަދި އެ ނެރެން އުޅުމުގެ ތެރެއިން އޭނާގެ ފަޔަށް އަނިޔާވި ކަމަށްވެސް ވިދާޅުވިއެވެ.

”މަޖިލީހުގެ ސެކިޔުރިޓީން ގާތު އަޅުގަނޑު ދެންނެވިން، މަޖިލީހުގެ ރިޔާސަތުގައި މިވަގުތު އެއްވެސް ބޭފުޅަކު ނެތޭ. އެހެންވީމާ މި ހާލަތުގައި އަޅުގަނޑުމެންނެއް އެގޮތަކަށް ނުވެއް ނެރެވޭނެ އޭ. މަޖިލިސް މެދުކެނޑިފައޭ އެ އޮތީ. މަޖިލިސް ފެށުމާއެކު، މަޖިލީހުގެ ރިޔާސަތަށް މަޖިލީހުގެ ރައީސް ވަޑައިގަތުމާއެކީގައި، އަޅުގަނޑުމެން ހަމަ ރުހުމުގައި ބޭރަށްދާނެ ވާހަކަ. ނަން އިއްވާފައި އޮތީމަ، ރުހުމުގައި ބޭރަށް ދާނެ ވާހަކަ އަޅުގަނޑު ދެންނެވިން.“ ނާޒިލް ވިދާޅުވިއެވެ. 

ގަދަކަމުން އަޅުގަނޑުމެންނަށް އަނިޔާ ކޮށްފައި ނެރުނީ. މަޖިލިސް މެދުކެނޑިފައި އޮއްވާ އަޅުގަނޑުމެން ބޭރުކުރެވޭނެ އެއްވެސް ޖަގާއެއް މަޖިލީހުގެ ގަވާއިދު ތަންނުދޭ. އެވާހަކަ އަޅުގަނޑުމެން ތަފްސީލްކޮށް ބުނިން

މެންބަރު އިބްރާޙީމް ނާޒިލް

ނާޒިލް އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު މިދިޔަ އަހަރު އިއްވެވި ރިޔާސީ ބަޔާނުގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅާއި އަމަލުފުޅާއި ދިމާ ނުވާ ކަމަށާ، އެވާހަކަ ރައްޔިތުން ދައްކާއިރު، އެ އަޑު އެމަނިކުފާނަށް އިއްވުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރައްވާނެ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.