އިދިކޮޅު އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރ، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ: ފޮޓޯ/ އެމްޑީޕީ
ހަބަރު
21 Nov 2024 | 12:16
ނާޒިލްގެ ކަންބޮޑުވުން: ވޭޕް މަނާ ކުރުމުން، އޭގެ ވިޔަފާރިކުރާ މީހުންނަށް މިލިއަނުން ގެއްލުންވެއްޖެ!

ވޭޕް ގަނެ ވިއްކުން މަނާ ކުރުމުން، އޭގެ ވިޔަފާރިކުރާ މީހުންނަށް މިލިއަނުން ގެއްލުންވެފައިވާ ކަމަށް ވިދާޅުވެ، އިދިކޮޅު އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރ، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އެފަދަ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ދިވެހިރާއްޖެއަށް އެތެރެކުރުމާއި، ވިއްކުމާއި، ހިލޭ ބެހުމާއި، އެ ތަކެތި ބޭނުންކުރުން މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ވަނީ މަނާ ކޮށްފައެވެ. 

އެކަމާއި ގުޅިގެން ވާހަކަދައްކަވަމުން، އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނާޒިލް ވިދާޅުވީ، ދުންފަތް މަނާ ކުރާ ގާނޫނަށް ގެނެވުނު އިސްލާޙާއެކު ވޭޕްގެ ވިޔަފާރިކުރުން މަނާވެގެން ގޮސްފައިވާކަމަށެވެ. އަދި އެކަމުގެ ސަބަބުން، އޭގެ ވިޔަފާރިކުރާ ފަރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ. 

ވޭޕްގެ ވިޔަފާރިކުރަމުން އައި ފަރާތްތަކަށް، ކިހާވަރެއްގެ އަގު ނުކުރެވޭހާ ބޮޑު ގެއްލުމެއްތޯ އެ ވެގެންދިޔައީ؟ ކޮންބަޔަކަށް އެކަން އެނގެނީ؟ ސާފުވަނީ ކާކަށް؟ ހަގީގަތަކީ މިލިއަނުން މިލިއަނުން ޑޮލަރުގެ ގެއްލުން އޭގެ ވިޔަފާރިކުރާ ފަރާތްތަކަށް ވި؟

އިދިކޮޅު އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރ، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް 

ނާޒިލް ވިދާޅުވިގޮތުގައި، އޭނާގެ އެ ކަންބޮޑުވެލެއްވުމަކީ ސުކޫލް ކުދިން ވޭޕް ބޭނުން ކުރުމާއި، ނުވަތަ ވޭޕްގެ ފްލޭވާސްތަކަށް މަސްތުވާތަކެތިގެ ބާވަތްތައް އެޅުމަށް ތާއީދު ކުރައްވައި ދައްކަވާ ވާހަކައެއް ނޫނެވެ. 

އެކަމަކު ވިޔަފާރި އަކީ، ހުއްދައާއި އެކީގައި، ހުއްދަ ނެގިގެން، ސަރުކާރުގެ އެ އޮންނަ ހުއްދަތަކާއެކު ބަރާބަރަށް މިބޭފުޅުން ކުރަމުން އައި ވިޔަފާރިއެއް. އެ ވިޔަފާރިއަށް އެ ގެންނަ މުދާ، ޑިޔުޓީ ދައްކައި، އެހުރިހާ ކަމެއްކޮށް، އެބޭފުޅުންގެ ސްޓާފުންނާއި މުވައްޒަފުންނާއި، ގޯޑައުންތަކާ، ސްޓޯރޭޖް ތަކާ، ޝޯވްރޫމް ތަކާއި، މި ހުރިހާ ތަންތަންހެދި، މިދިތަ 9 ނުނީ 10 އަހަރޔތެރޭގަްި ހިންގަމުން އައި ވިޔަފާރިތަކެއްގެ ވާހަކަ މި ދައްކަނީ

އިދިކޮޅު އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރ، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް 

ނާޒިލް ވިދާޅުވިގޮތުގައި ވޭޕް މަނާކުރަންޖެހޭނީ މުއްދަތު ތަކެއްގެ ތެރޭގައި ކަމަށެވެ. އަދި އެކަން ކުރަންޖެހޭނީ، އެކަމުގެ ސަބަބުން ނުކުންނާނެ ނަތީޖާއާއި ގެއްލުމަށްވެސް ބަލާފައެވެ. އެއީ އެއްވެސް މަޝްވަރާއެއް ނެތި ކުރަން ރަނގަޅު ހެޔޮ ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.