ނާޒިލްގެ ކޮއްކޮގެ ފޯމް ރައީސް ޔާމީނާއި ހަވާލުކުރަނީ--ފޮޓޯ: ޕީޕީއެމް
ހަބަރު
08 Nov 2022 | 14:41
އެމްޑީޕީ މެންބަރު ނާޒިލްގެ ކޮއްކޮވެސް ޕީޕީއެމަށް!

އައްޑޫސިޓީ ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މަޖިލިސް މެންބަރު އިބްރާހިމް ނާޒިލްގެ ކޮއްކޮވެސް ޕީޕީއެމަށް ސޮއިކޮށްފިއެވެ. 

އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމް އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުންދާ ދަތުރުފުޅުގައި އައްޑޫ ސިޓީގެ މިހާތަނަށް ވަޑައިގެންފައިވާ ހުރިހާ ރަށަކުންވެސް ޕީޕީއެމާއި ގިނަ ފަރާތްތަކެއް ގުޅިފައިވާ ކަމަށް އިދިކޮޅުން ބުނެއެވެ. އަދި އެ ގުޅުނު ފަރާތްތަކުގެ ފޯމާއި އެމަނިކުފާނު ވަނީ ހަވާލުވެވަޑައިގެންފައެވެ. 

އެގޮތުން ޕީޕީއެމާއި ގުޅުނު މީހުންގެ ތެރޭގައި މެންބަރު ނާޒިލްގެ ކޮއްކޮ އާއި އެމްޑީޕީގައި އިސްކޮށް ހަރަކާތްތެރިވާ ނަސްލު ވެސް އެމްޑީޕީ ދޫކޮށް ޕީޕީއެމާއި ގުޅިފައިވާ ކަމަށް އެޕާޓީން ބުނެއެވެ. އަދި އެ އެންމެހާ ފަރާތްތަކަށް ޕީޕީއެމުން ވަނީ މަރުހަބާ ކިޔާފައެވެ. 


މެންބަރު ނާޒިލްގެ ކޮއްކޮ ޕީޕީއެމާއި ގުޅިފައިވާއިރު، އައްޑޫ ސިޓީ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ގެ މަންމަ އާއި އެ އާއިލާއަށް ނިސްބަތްވާ އިތުރު 6 މީހަކުވެސް އިއްޔެވަނީ ޕީޕީއެމާއި ގުޅިފައެވެ. 

އާދީއްތަ ދުވަހު، ރައީސް ޔާމީން އައްޑޫސިޓީ އަށް ކުރައްވާ ދަތުރުފުޅު ފައްޓަވާފައިވާއިރު، މިދަތުރު ފުޅުގައި އައްޑޫގެ ހުރިހާ ރަށަކަށް ވަޑައިގެން، އެ ސިޓީގެ ރައްޔިތުންނާއި ބައްދަލުކުރައްވައި، ރަށްރަށުގައި އޮތް ޕީޕީއެމްގެ ސްޓިއަރިން ކޮމެޓީތަކާއި، ކައުންސިލްތަކާއިވެސް ބައްދަލުކުރެއްވުމަށް ވަނީ ނިންމަވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.