އެމްޑީޕީ ޕީޖީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން... ފޮޓޯ: މަޖިލިސް
ހަބަރު
18 Jun 2025 | 15:44
ސަރުކާރުން ކައުންސިލަރުން މަދުކުރަން އުޅޭ ނިޔަތް ސާފެއްނޫން: ނާޒިލް

ކައުންސިލަރުންގެ އަދަދު މަދުކުރުމަށް ސަރުކާރުން ގެންގުޅޭ ނިޔަތް ރަނގަޅުނޫންކަމަށް އެމްޑީޕީ ޕީޖީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.

އިދިކޮޅު މައިޕާޓީ، އެމްޑީޕީގެ ޕީޖީ ގްރޫޕުން މިއަދު ބޭއްވި ނުސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނާޒިލް ވިދާޅުވީ، ރަށްރަށުގައި ތިބި ކައުންސިލަރުންނަކީ ރާއްޔިތުންނާ ގާތުން މަސައްކަތްކުރަން ހޮވާފައިތިބި ބައެއްކަމަށާއި، އެ ރަށަކަށް ބޭނުންވެފައިވާ ކަންކަން އެންމެ ރަނގަޅަށް އެނގޭނީ ކައުންސިލަށްކަމަށެވެ. ކުރިން އޮތް ނިޒާމް ކަމުނުގޮސްގެން ނިޒާމް ބަދަލުކުރީ ރައްޔިތުން ބޭނުންވެގެންކަމަށެވެ. ނަމަވެސް އެމްޑީޕީ ނޫން ކޮންމެ ވެރިކަމެއްގައިވެސް މަސައްކަތްކުރަނީ ލާމަރުކަޒީ މި ނިޒާމުން ރައްޔިތުންނަށް މަންފާކުރާ މިފަދަ ކަންކަން ބަދަލުކުރުމަށް މަސައްކަތްކުރަމުންދާ މަންޒަރުކަމަށް ނާޒިލް ފާހަގަކުރެއްވިއެވެ.

ނާޒިލް ވިދާޅުވީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ފަހަތަށްދާދިއުން ހުއްޓުވުމަށް ރައްޔިތުން ނިކުމެ މަސައްކަތްކުރަންޖެހޭކަމަށެވެ. ކައުންސިލަރުން އިތުރުވީމައި ބަޖެޓަށް ބާރުބޮޑުވާކަމަށް ސަރުކާރުން ދައްކާ ބަހަނާގައި އަސާސެއް ނެތްކަން ފާހަގަކުރަމުން ނާޒިލް ވިދާޅުވީ، ސަރުކާރުން ކުރަމުން އަންނަ ބޭނުމެއްނެތް ހަރަދުތައް އެހާމެ ބޮޑުކަމަށެވެ. އެގޮތުން އީދަށް ބޮކިފަތި ދިއްލުމަށް އެކަނިވެސް ބޭނުންނެތް ގޮތުގައި އެތައް މިލިއަން ރުފިޔާއެއް ސަރުކާރުން ހަރަދުކުރާކަމަށް ނާޒިލް ފާހަގަކުރެއްވިއެވެ.

" ތިބޭފުޅުން ވިސްނާލައްވާ. ދެ އީދަށް ބޮކި ދިއްލާލުމަށް ކޮންމެ އީދަކަށް 35 މިލިއަން ރުފިޔާ، އެއީ ތިން ރޭ ބޮކި ދިއްލާލުމަށް. ދެއީދަށް ބޮކިފަތި ދިއްލާލުމަށް 70 މިލިއަން ރުފިޔާ. ބޮކިފަތި ދިއްލުންތޯ ރަނގަޅީ، ނުވަތަ ރައްޔިތުންނާ ގާތުން މަސައްކަތްކޮށްދޭނެ މަންދޫބުންގެ ގޮތުގައި ކައުންސިލަރުން ތިބުންތޯ މުހިއްމީ؟" ނާޒިލް ސުވާލު އުފެއްދެވިއެވެ

ރަށްރަށުެގ ކައުންސިލްތަކުގައި މަސައްކަތްކުރާ ކައުންސިލަރުންގެ އަދަދު މަދުކޮށް ބަޖެޓް ކުޑަކުރުމަށް މަޖިލީހަށް ސަރުކާރުން ވަނީ މަޖިލީހުގެ ތަޅުމަށް ގަރާރެއް ހުށަހަޅާފައެވެ. މި ގަރާރު ދިރާސާކުރުމަށް މިހާރު ވަނީ ލާމަރުކަޒީ ކޮމިޓީއަށް ފޮނުވާފައެވެ. ކައުންސިލަރުންގެ މައްސަލާގައި ރައީސް ޑރ.މުއިއްޒުވެސް ވިދާޅުވެފައިވަނީ ކައުންސިލްގެ އޮނިގަނޑު މިހާރު އޮތީ ދައުލަތުގެ ބައިތުލްމާލަށް ބާރުބޮޑުވާ ގޮތަށްކަމަށެވެ. އެގޮތުން ސަރުކާރުގެ ވިސްނުމަކީ އެރަށެއްގެ އާބާދީއަށް ފެތޭގޮތަށް މިހާރު އޮތްގޮތް މުރާޖައާކުރުމަށްފަހު އެކަން އެންމެ ރަނގަޅަށް ބަދަލުކުރުންކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ާާޢަލިފުޅުބެ
ކައުންސިލް ތަކަކީ ބޭކާރު ޚަރަދެއް. ރަގަޅުވިސްނުމަކުން ވިސްނީމާ އެކަން އެނގޭނީ.
18 Jun 2025
ގުޅޭ ލިޔުންތައް
24 Aug 2026
އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގައި ޝެއިޚް އަބޫ ތައިމިއްޔާގެ ބޮޑު ދަރުހެއް
މަހަލްދީބު ފައުންޑޭޝަނުގެ "Enlighten Program" ގެ ދަށުން ދިވެހިރާއްޖެއަށްއުސްތާޛް އަބޫ ތައިމިއްޔާ ކުރައްވާ ދަތުރުގެ ތެރެއިން މިރޭ އައްޑޫ ސިޓީގައި އަދި މާދަމާރޭ، ފުވައްމުލައް ސިޓީގައި ޝެއިހުގެ ބޮޑު ދަރުހެއް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.
24 Aug 2026
ބޭރުފައިސާ ގަނެވިއްކުމުގެ އުސޫލުތައް އިތުރަށް ހަރުދަނާކުރަނީ
ގަވަރުނަރު ވިދާޅުވީ، އަލަށް ގެންނަ އިސްލާޙުތަކުގެ ތެރޭގައި، މި ވިޔަފާރި ކުރާ ފަރާތްތަކުގެ ކެޕިޓަލް (ރައުސްމާލު) އިތުރުކުރުމާއި، އެ ފަރާތްތަކުގެ ޑިޕޮސިޓްތައް ރައްކާތެރިކޮށް (ސެކިއުއަރ) ދެމެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުން ހިމެނޭ ކަމަށެވެ
24 Aug 2026
އެމްއޭސީއެލް އާއި ވީއައިއެޗްއެސް އެއްބަސްވުމެއްގައި ސޮއިކޮށްފި
އެމްއޭސީއެލް އާއި ވީއައިއެޗްއެސް ގުޅިގެން ދަރިވަރުންނަށް ވެލާނާ އެއަރޕޯޓުގެ އެކި ދާއިރާތަކުން ޢަމަލީ ތަޖުރިބާ ހޯދައިދިނުމުގެ އިންޓާންޝިޕް ޕްރޮގްރާމެއް ހިންގުމުގެ ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
24 Aug 2026
އައްޑޫ ކެޑޭޓް ކޭމްޕެއްގައި ކުދިންތަކެއް ކާނާ ވިހަވެ ހޮސްޕިޓަލުގައި ފަރުވާ ދެނީ
އައްޑޫ ސިޓީ ފޭދޫ ސްކޫލްގައި ކުރިއަށް ގެންދިޔަ ބޭސިކް ކެޑޭޓް ކޭމްޕެއްގައި ބައިވެރިވި ދަރިވަރުންތަކެއް ކާނާ ވިހަވެ ބައެއް ކުދިން ހާލު ދެރަވުމާ ގުޅިގެން އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލާއި އެ ސިޓީގެ ސިއްޙީ މަރުކަޒުތަކުގައި ފަރުވާ ދޭން ފަށައިފިއެވެ.
24 Aug 2026
އެކްސިންޑެންޓަށްފަހު ފިލި ދޯނި ހޯދައި، ކެޕްޓަންގެ ލައިސަންސް ހިފަހައްޓައިފި
މާލޭ އިއްޒުއްދީން ފާލަމާ ދިމާ ބޭރުން ލޯންޗަކާއި ދޯންޏެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓަށްފަހު މަޑުނުކޮށް ފިލި ދޯނި ހޯދައި، އެ ދޯނީގެ ކެޕްޓަންގެ ލައިސަންސް ހިފަހައްޓައިފިއެވެ.
24 Aug 2026
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުގެ އެމްޑީކަމުގެ މަގާމުން ޝިއުރީ އިސްތިއުފާ ދެއްވައިފި
ޝިއުރީ މިއަދު އިސްތިއުފާ ދެއްވިއިރު އިސްތިއުފާ ދެއްވި ސަބަބެއް އަދި ސާފެއް ނުވެއެވެ.
24 Aug 2026
ރިސޯޓުތަކުން ޑޮލަރު މާރުކުރަންޖެހޭ ނިސްބަތް ދެ ގުނައަށް އިތުރުކުރަނީ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީން 40 އިންސައްތަ ދިވެހި ބޭންކުތައް މެދުވެރިކޮށް މާރުކުރުން ލާޒިމުކުރާ ގޮތަށް ބޭރު ފައިސާގެ ޤާނޫނަށް އިސްލާހު ހުށަހެޅުމަށް ނިންމައިފައިވާ ކަމަށް އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެއެވެ.
24 Aug 2026
ޑޮލަރުން މުސާރަދިނުން ހުއްޓުވައި، ހުރިހާ މުޢާމަލާތެއް ރުފިޔާއިން ކުރާގޮތް ހަދަނީ
ރާއްޖޭގެ އެތެރޭގައި ޑޮލަރުން މުސާރަ ދިނުމާއި ޚިދުމަތްތަކަށް ޑޮލަރުން އަގު ނެގުން ހުއްޓުވައި 2030 ވަނަ އަހަރާ ހަމައަށް އެންމެހައި މުއާމަލާތްތައް ދިވެހި ރުފިޔާއިން ހިންގާ ނިޒާމަކަށް ބަދަލުކުރުމަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އަމާޒެއް ކަމަށް ގަވަރުނަރު އަޙްމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެއެވެ.