ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހީމް ނާޒިލް: ފޮޓޯ/ މަޖިލިސް
ހަބަރު
10 Mar 2025 | 11:56
އައްޑޫ އިން ކަރަންޓު ކެނޑޭތީ ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

އައްޑޫ ސިޓީގެ ރަށްތަކުން ކަރަންޓު ކެނޑޭތީ، އިދިކޮޅު އެމްޑީޕީން މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ މިއަދު ބޭރުކޮށްލައިފިއެވެ.

މި ކުއްލި މައްސަލަ ހުށަހެޅުއްވީ، ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހީމް ނާޒިލެވެ.

އެ މައްސަލަ ބަލައިގަތުމާ މެދު ގޮތެއް ނިންމުމަށް މަޖިލިސް ތަޅުމުގައި ނެގި ވޯޓުގައި 47 މެންބަރުން ވޯޓު ދެއްވީ ބަލައިނުގަތުމަށެވެ. މައްސަލަ ބަލައިގަތުމަށް ވޯޓުދެއްވީ އެންމެ 13 މެންބަރުންނެވެ. އެހެންކަމުން، އެ މައްސަލަ ވަނީ ބޭރުކޮށްލައިފައެވެ.

ނާޒިލް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވިދާޅުވީ، އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތައް ކަމަށްވާ ހިތަދޫ، މަރަދޫ، މަރަދޫ-ފޭދޫ އަދި ފޭދޫއަކީ މާލެ ފިޔަވައި އެންމެ ބޮޑު އާބާދީއެއް ދިރިއުޅެމުންދާ ސިޓީ ކަމަށާއި އެ ސިޓީއަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށް ދިނުމުގައި ސަރުކާރުން ތަކުރާރުކޮށް އިހުމާލުވަމުންދާ ކަމަށެވެ.

އަދި މި ރަމަޟާން މަސް ފެށެންވާއިރަށް ކަރަންޓުގެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްޙޫރިއްޔާ ވިދާޅުވި ނަމަވެސް، އެކަން ހައްލުނުވާތީ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެކަމުގެ ސަބަބުން އެ ސިޓީގައި ދިރިއުޅޭ ރައްޔިތުންގެ އަސާސީ ދިރިއުޅުމުގެ ހާލަތަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ނާޒިލް ވިދާޅުވި އެވެ.

އެގޮތުން ރަށުގެ ގެތަކުންނާއި، އޮފީސްތަކުންނާއި، ފިހާރަތަކުން ދޭންޖެހޭ ޚިދުމަތް އާންމު ރައްޔިތުންނަށް ނުދެވި، އެތަންތަނުގައި ގެންގުޅޭ ޓީވީ، އޭސީ، ފުރިޖު ފަދަ އަގުބޮޑު ކަރަންޓު ސާމާނު ހަލާކުވަމުންދާކަން ވަނީ ފާހަގަކޮށްފައެވެ.

ނާޒިލް އިތުރަށް ވިދާޅުވީ، އައްޑޫ ކަރަންޓް މައްސަލަ ހައްލުކުރުމަށް ތިން މެގަވޯޓުގެ ދެ ޖެނެރޭޓަރު ސެޓު ބޭނުންވާކަމަށް އައްޑޫ ސެންޓްރަލް ޕަވާ ސެޓޭޝަނުން ތަކުރާރުކޮށް ބުނަމުން ދަނިކޮށް އެ ސްޓޭޝަނަށް ގެންދިޔައީ 1.8 މެގަވޯޓުގެ އެންމެ ޖެނެރޭޓަރު ސެޓެއް ކަމަށެވެ.

އެހެންކަމުން އައްޑޫ ސިޓީގެ ކަރަންޓުގެ ހާލަތު ރަނގަޅުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ސަރުކާރަށް ވަނީ ގޮވައިލާފައެވެ.

ކޮމެންޓް
ބައިޑަން
ވަރައް އުފާޒަވެރި ހަބަރެއް ވަގުތުނަގާލަން ކުރާކަމެއް
10 Mar 2025
ޓްރަންޕު
ސަލި ޑރ މުއިޒް
10 Mar 2025
ނަތަންޔާހޫ
ފުރުސަތުދޭނެކަމެއްނެއް
10 Mar 2025
ކިބޫ
ސާބަހޭ ޑރ މުއިޒް
10 Mar 2025
ގުޅޭ ލިޔުންތައް
24 Aug 2026
އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގައި ޝެއިޚް އަބޫ ތައިމިއްޔާގެ ބޮޑު ދަރުހެއް
މަހަލްދީބު ފައުންޑޭޝަނުގެ "Enlighten Program" ގެ ދަށުން ދިވެހިރާއްޖެއަށްއުސްތާޛް އަބޫ ތައިމިއްޔާ ކުރައްވާ ދަތުރުގެ ތެރެއިން މިރޭ އައްޑޫ ސިޓީގައި އަދި މާދަމާރޭ، ފުވައްމުލައް ސިޓީގައި ޝެއިހުގެ ބޮޑު ދަރުހެއް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.
24 Aug 2026
ބޭރުފައިސާ ގަނެވިއްކުމުގެ އުސޫލުތައް އިތުރަށް ހަރުދަނާކުރަނީ
ގަވަރުނަރު ވިދާޅުވީ، އަލަށް ގެންނަ އިސްލާޙުތަކުގެ ތެރޭގައި، މި ވިޔަފާރި ކުރާ ފަރާތްތަކުގެ ކެޕިޓަލް (ރައުސްމާލު) އިތުރުކުރުމާއި، އެ ފަރާތްތަކުގެ ޑިޕޮސިޓްތައް ރައްކާތެރިކޮށް (ސެކިއުއަރ) ދެމެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުން ހިމެނޭ ކަމަށެވެ
24 Aug 2026
އެމްއޭސީއެލް އާއި ވީއައިއެޗްއެސް އެއްބަސްވުމެއްގައި ސޮއިކޮށްފި
އެމްއޭސީއެލް އާއި ވީއައިއެޗްއެސް ގުޅިގެން ދަރިވަރުންނަށް ވެލާނާ އެއަރޕޯޓުގެ އެކި ދާއިރާތަކުން ޢަމަލީ ތަޖުރިބާ ހޯދައިދިނުމުގެ އިންޓާންޝިޕް ޕްރޮގްރާމެއް ހިންގުމުގެ ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
24 Aug 2026
އައްޑޫ ކެޑޭޓް ކޭމްޕެއްގައި ކުދިންތަކެއް ކާނާ ވިހަވެ ހޮސްޕިޓަލުގައި ފަރުވާ ދެނީ
އައްޑޫ ސިޓީ ފޭދޫ ސްކޫލްގައި ކުރިއަށް ގެންދިޔަ ބޭސިކް ކެޑޭޓް ކޭމްޕެއްގައި ބައިވެރިވި ދަރިވަރުންތަކެއް ކާނާ ވިހަވެ ބައެއް ކުދިން ހާލު ދެރަވުމާ ގުޅިގެން އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލާއި އެ ސިޓީގެ ސިއްޙީ މަރުކަޒުތަކުގައި ފަރުވާ ދޭން ފަށައިފިއެވެ.
24 Aug 2026
އެކްސިންޑެންޓަށްފަހު ފިލި ދޯނި ހޯދައި، ކެޕްޓަންގެ ލައިސަންސް ހިފަހައްޓައިފި
މާލޭ އިއްޒުއްދީން ފާލަމާ ދިމާ ބޭރުން ލޯންޗަކާއި ދޯންޏެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓަށްފަހު މަޑުނުކޮށް ފިލި ދޯނި ހޯދައި، އެ ދޯނީގެ ކެޕްޓަންގެ ލައިސަންސް ހިފަހައްޓައިފިއެވެ.
24 Aug 2026
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުގެ އެމްޑީކަމުގެ މަގާމުން ޝިއުރީ އިސްތިއުފާ ދެއްވައިފި
ޝިއުރީ މިއަދު އިސްތިއުފާ ދެއްވިއިރު އިސްތިއުފާ ދެއްވި ސަބަބެއް އަދި ސާފެއް ނުވެއެވެ.
24 Aug 2026
ރިސޯޓުތަކުން ޑޮލަރު މާރުކުރަންޖެހޭ ނިސްބަތް ދެ ގުނައަށް އިތުރުކުރަނީ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީން 40 އިންސައްތަ ދިވެހި ބޭންކުތައް މެދުވެރިކޮށް މާރުކުރުން ލާޒިމުކުރާ ގޮތަށް ބޭރު ފައިސާގެ ޤާނޫނަށް އިސްލާހު ހުށަހެޅުމަށް ނިންމައިފައިވާ ކަމަށް އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެއެވެ.
24 Aug 2026
ޑޮލަރުން މުސާރަދިނުން ހުއްޓުވައި، ހުރިހާ މުޢާމަލާތެއް ރުފިޔާއިން ކުރާގޮތް ހަދަނީ
ރާއްޖޭގެ އެތެރޭގައި ޑޮލަރުން މުސާރަ ދިނުމާއި ޚިދުމަތްތަކަށް ޑޮލަރުން އަގު ނެގުން ހުއްޓުވައި 2030 ވަނަ އަހަރާ ހަމައަށް އެންމެހައި މުއާމަލާތްތައް ދިވެހި ރުފިޔާއިން ހިންގާ ނިޒާމަކަށް ބަދަލުކުރުމަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އަމާޒެއް ކަމަށް ގަވަރުނަރު އަޙްމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެއެވެ.