ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާޙީމް ނާޒިލް: ފޮޓޯ/ މަޖިލިސް
ހަބަރު
29 Oct 2024 | 11:36
ރައްޔިތުންގެ ހައްގުގައި، ވަޒީރު އާދަމް ޝަރީފަށް ސިޓީއެއް އަރުވަން ދިޔުމުން ފިއްލެވީ؛ އެއީ ފިލި ވަޒީރު: ނާޒިލް

ރައްޔިތުންގެ ހައްގުގައި، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއިބެހޭ ވަޒީރު އާދަމް ޝަރީފަށް ސިޓީއެއް އަރުވަން ދިޔުމުން، ވަޒީރު ފިއްލަވާފައިވާ ކަމަށް މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާޙީމް ނާޒިލް ވިދާޅުވެއްޖެއެވެ. 

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޮތީ، އޭސީސީގެ ގާނޫނަށް އިސްލާހް ގެނެސް، އެ ކޮމިޝަނުގެ ރައީސާއި ނާއިބަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ މެންބަރުން ކަމުގައި ހަދާ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރުމެވެ. 

އެ ބިލަށް ބަހުސް ކުރައްވަމުން ނާޒިލް ވިދާޅުވީ، ފެހި ގާނޫނު އަސާސީ އެކުލަވައި ލެވުނުއިރު، އެންމެ ބޮޑަށް ދެކެވުނު އެއް ވާހަކައަކީ، ރައްޔިތުންނަށް ބާރުތަކެއް ކަށަވަރު ކޮށްދިނުމުގެ ވާހަކަ ކަމަށެވެ. 

”މި ސަރުކާރު އައުމާއިއެކީގައި އަޅުގަނޑުމެންނަށް އެންމެ ފުރަތަމަވެސް ފެނުނީ ލާމަރުކަޒީ ގޮތުން ރާއްޖެ ހިންގަން ރައްޔިތުން ހަވާލުކޮށްފައިވާ ކައުންސިލްތަކުގެ ބާރު މުށުތެރެއަށް ލީތަން.“

އިއްޔެގައިވެސް ހިގައިދިޔަ ކަމަކީ، އެ ވުޒާރާގެ ވަޒީރަށް (ވަޒީރު އާދަމް ޝަރީފަށް) ސިޓީއެއް ހަވާލުކުރަން ގުޅާފައި، ދެންނެވީމާ އަވަހަށް ވަޑައިގަންނަވާށޭ ވިދާޅުވީމާ އެތަނަށް ދިޔައީ. ރައްޔިތުންގެ ހައްގުގައި ދިޔައީ. (އެކަމަކު ވަޒީރު) ފިއްލެވީ. އެއީ ފިލި ވަޒީރު މިހާރު. ފިލައިފި. ދޮޅު ގަނޑިއިރު ވަންދެން އެތާ ތިބެގެންވެސް ވަޒީރަކަށް ނާދެވުނު. ފިލައިފި. 

ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާޙީމް ނާޒިލް 

ނާޒިލް އިތުރަށް ވިދާޅުވީ، މިއަދުގެ ބިލަކީވެސް ރައްޔިތުންގެ ބާރުތައް ބީވެގެން ދާތަން ފެންނަ ދުވަހެއް ކަމަށޭވެ. އެގޮތުން އޭސީސީގެ ބާރުތައް ރައީސުލްޖުމްހޫރިއްޔާގެ އަތްމައްޗަށް ”ދަމައިގަަންނަ“ ކަމަށާ، މާދަމާ ކުރާނެ ކަމަކީ އިލެކްޝަން ކޮމިޝަނުގެ ބާރުތައް ”ދަމައިގަތުން“ ކަމަށް އޭނާ ވިދާޅުވިއެވެ. 

އަދި ގާނޫނު ތަކަށް ގެންނަ ބަދަލު ތަކަކީ ރައްޔިތުންނަށްޓަކައި ގެންނަންޖެހޭ ބަދަލުތައް ކަމަށާ އެހެން ނަމަވެސް ފެންނަމުންދަނީ އެފަދައިން ކަން ކުރާތަން ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.