މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމް: ފޮޓޯ/ މަޖިލިސް
ހަބަރު
12 Jan 2025 | 09:42
ވެރިކަން ބަދަލުކުރަން މަޖިލީހުގެ ތެރެއިން ވަރަށް ބޮޑަށް މަސައްކަތްކުރިން: އާޒިމް

ދައުރު ހަމަވަންދެން މި ވެރިކަން އޮންނަން ޖެހޭ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށާ، މަޖިލިސް މެންބަރެއްގެ ގޮތުގައި ހުންނެވިއިރު މި ވެރިކަން ބަދަލުކުރަން ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު އަލީ އާޒިމް އިއުތިރާފްވެޑައިގެންފިއެވެ.

ދާދިފަހުން ވޮޝިންގޓަން ޕޯސްޓުގައި، ގެނެސްދިން ރިޕޯޓެއްގައި، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ވެރިކަން ވައްޓާލުމަށް އިދިކޮޅު ފަރާތްތަކުން މަޖިލިސް ތެރެއިން މަސައްކަތް ކުރި ކަމަށް ބުނެފައިވެއެވެ. އަދި އެކަމަށްޓަކައި އިންޑިޔާގެ އެހީ ހޯދަން އިދިކޮޅު އެމްޑީޕީން މަސައްކަތް ކުރި ކަމަށްވެސް ބުނެފައިވެއެވެ.

ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި އެކަމާއި ގުޅިގެން ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން ޢާޒިމް ވިދާޅުވީ، ރައީސް މުޢިއްޒުގެ ވެރިކަން ވައްޓާލުމަށް އޭނާ ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި ކަމަށެވެ.

އަޅުގަނޑު ވަރަށް ބޮޑަށް ދެކެން. އެ މަސައްކަތުގަ މެދު ނުކެނޑި އުޅުނިން. އަޅުގަނޑަކީ މަޖިލިސް މެމްބަރެއް. މަޖިލިސް ތެރެއިން، އެ އުސޫލުގެ ތެރެއިން އޮންނަ ހަމަތަކުގެ ތެރެއިން ކުރެވެން އޮތް ކަމެއް ކަމަކީ. އެހެންވީމާ އެކަން ކުރަން އަޅުގަނޑު އުޅުނިން. މަސައްކަތްވެސް ކުރިން. އެ ދުވަހު އެކަން ކުރެވުނު ނަމަ އަޅުގަނޑު ޤަބޫލުކުރަނީ މިއަދު މި ދެކޭ ދަތި އުނދަނގޫތަކެއް ނުފެނުނީހޭ.

މަޖިލީހުގެ ކުރީގެ މެމްބަރު އަލީ އާޒިމް

މިއާއެކު އާޒިމް ވިދާޅުވީ، ދައުރު ނިމެންދެންވެސް ރައީސް މުޢިއްޒުގެ ވެރިކަން އޮންނަންޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާ، އޮންނަ ހަމަތަކާއި އުސޫލު ތަކުގެ ތެރެއިން މި ވެރިކަން ބަދަލު ކުރުމަކީ ކުރަންޖެހޭ ކަމެއް ކަމަށެވެ.  

ޢާޒިމް މިހެން ވިދާޅުވެފައިވާއިރު، ނިމިދިޔަ 19 ވަނަ މަޖިލީހުން ވަނީ، އެމްޑީޕީގެ މެންބަރުންގެ ވޯޓުން އެކަނިވެސް ރައީސް އާއި ނާއިބު ރައީސް މަގާމުން ވަކި ކުރެވޭގޮތަށް ގަވާއިދު އިސްލާހު ކޮށްފައެވެ. 

އަދި، ރައީސް އާއި ނާއިބު ރައީސް މަގާމުން ވަކިކުރުމުގެ މަސައްކަތް އަވަސްކޮށް، ފަސޭހަ ކަމާއެކު ކިރެވޭގޮތަށް ގަވާއިދު ބަދަލުކުރުމަށް އިސްލާހު ހުށަހެޅުއްވީ ޢާޒިމްކަން ފާހަގަކޮށްލަންޖެހެއެވެ. 

ކޮމެންޓް
ޢަލީ
މިޤައުމުގަ އޮންނަންވީ ހަމައެކަނި އެމްޑީޕީ ވެރިކަމެއްދޯ؟ ރައްޔިތުން ވޯޓްވެސް ލާނެކަމެއް ނެތް.
12 Jan 2025
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.