ކައިވެނި ކޮށްދެނީ: ފޮޓޯ/ ފެމިލީ ކޯޓު
ހަބަރު
19 Jan 2025 | 10:48
މިދިޔަ އަހަރު 163 ދިވެހިން ބިދޭސީންނާއި ކައިވެނިކުރި

މިދިޔަ އަހަރު 163 ދިވެހިން ބިދޭސީންނާ ކައިވެނިކޮށްފައިވާ ކަމަށް ފެމިލީ ކޯޓުން ބުނެފިއެވެ.

ފެމިލީ ކޯޓުން އާއްމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުން މިދިޔަ އަހަރު ބިދޭސީންނާ ކުރެވުނު 163 ކައިވެނީގެ ތެރެއިން، 45 ކައިވެންޏަކީ ބިދޭސީ ފިރިހެނުންނާއި ދިވެހި އަންހެނުން ކުރި ކައިވެނިތަކެވެ.

އަދި އަނެއް ކައިވެންޏަކީ 118 ބިދޭސީ އަންހެނުންނާއި ދިވެހި ފިރިހެނުން ކުރި ކައިވެނި ކަމަށް ފެމިލީ ކޯޓުގެ ހިސާބުތަކުން ދައްކައެވެ.

މީގެ އިތުރުން 2024 ވަނަ އަހަރު ފެމިލީ ކޯޓުން 2485 ކައިވެނިކޮށްދީފައިވާއިރު، އެ އަހަރު ތެރޭގައި 1326 ވަރިކޮށްފައިވާކަމަށްވެސް ފެމިލީ ކޯޓުގެ ހިސާބުތަކުގައި ބުނެފައިވެއެވެ. އަދި ރާއްޖެއިން ބޭރުގައި ކޮށްފައިވާ 181 ކައިވެނި ވަނީ ރެޖިސްޓަރ ކޮށްދީފައެވެ.

ފެމިލީ ކޯޓު މެދުވެރިކޮށް މިދިޔަ އަހަރު 97 މިލިއަނަށްވުރެ ގިނަ ފައިސާ ދެއްކުމަށް ސާބިތުކޮށްފައިވާއިރު، މި ފައިސާގެ ތެރޭގައި އަނބިދަރިންގެ ހަރަދާއި، އިއްދައިގެ ހަރަދާއި، ވިހެއުމުގެ ހަރަދު އަދި ކައިވެނީގެ ރަނުގެ ހަރަދު ހިމެނެއެވެ.

ހަމަ އެހެންމެ މިދިޔަ އަހަރު އެކި މައްސަލަތަކާ ގުޅިގެން 46.8 މިލިއަން ރުފިޔާ ކޯޓަށް ބަލައިގަނެފައިވެއެވެ. އަދި 2023 ވަނަ އަހަރު ރައްދު ނުކުރެވި ހުރި ފައިސާއާއެކު 47.5 މިލިއަން ރުފިޔާ ރައްދުކޮށްދީފައިވެއެވެ

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ޕެރޯލް ބޯޑްގެ ނިންމުން ބަދަލުކޮށް އަބުޗާ އަލުން ހައްޔަރުކޮށްފި، ޕެރޯލް ބޯޑް އެއްކޮށް ވަކިކޮށްފި
އައްޑުއަށް ޑްރަގް އެތެރެކޮށް އޭގެ ވިޔަފާރި އެންމެ ވަރުގަދައަށް ކުރާ މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ތުހުމަތުކުރާ އިބްރާހިމް ރަޝީދު (އަބުޗާ) ޕެރޯލްގެ ދަށުން މިނިވަން ކުރި ކުރުން ބަދަލުކޮށް އަލުން އޭނާ މިއަދު ހައްޔަރުކޮށްފި އެވެ.
06 Oct 2026
ކަޅެހުއްޓާއަށް ގޮސް އުޅެނިކޮށް ހާލު ދެރަވި ދިވެއްސަކު ނިޔާވެއްޖެ
ނިޔާވެފައިވަނީ އުދަރެސް / ގއ. ކޮލަމާފުށި، އަޙްމަދު މިސްޙާޤު (45އ) އެވެ.
06 Oct 2026
އަމާން އުދަރެސް ޓަވަރަކުން ވެއްޓުނު މީހާ ނިޔާވެއްޖެ، 15 ވަނަ ފަންގިފިލާއިން ވެއްޓުނީ 20 އަހަރުގެ ޒުވާނެއް
ޓަވަރުގެ 15 ވަނަ ފަންގިފިލާއިން ވެއްޓުނީ 20 އަހަރުގެ ޒުވާނެކެވެ.
06 Oct 2026
ހުޅުމާލެ ފޭސް 2 ގެ އުދަރެސް ޓަވަރުން މީހަކު ވެއްޓިއްޖެ
މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، ހުޅުމާލެ ފޭސް 2 ގެ އުދަރެސް 8 ޓަވަރުން މީހަކު ވެއްޓިގެން އުޅޭކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ.
06 Oct 2026
މާލޭ އުތުރު ފަރާތު ބަނދަރުގައި ހަ ފިންގަރ ޖެޓީ ހެދުމުގެ އަމަލީ މަސައްކަތް ފަށައިފި
މި މަޝްރޫއުގެ ޖުމްލަ އަގަކީ 18.98 މިލިޔަން ރުފިޔާއެވެ. މަޝްރޫއުގެ ތެރެއިން 25 މީޓަރު ދިގު ހަ މީޓަރު ފުޅާ ތިން ޖެޓީއާއި 15 މީޓަރު ދިގު ހަ މީޓަރު ފުޅާ ތިން ޖެޓީ ހެދުމަށް ވަނީ ހަމަޖެހިފައެވެ.
06 Oct 2026
ހޫޘީންގެ ހަމަލާތަކެއް ސައުދީގެ ދެ އެއާޕޯޓަކަށް އަމާޒުވެ ތިން މީހަކު ޒަޚަމްވެއްޖެ
ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ސައުދީ އަރަބިއްޔާގެ ދެ އެއާޕޯޓަކަށް ހޯމަ ދުވަހުގެ އިރުއޮއްސުނު ވަގުތު ދިން ހަމަލާތަކެއްގައި ތިން މީހަކު ޒަޚަމްވެ، އެތަންތަނަށް ގެއްލުންތަކެއް ލިބިއްޖެއެވެ.
06 Oct 2026
ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވޭ ފުލުހަކު ސަސްޕެންޑް ކުރުމުގެ ބަދަލުގައި ޕްރޮމޯޓްކޮށްފި
ދިއްލީ ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނާ ވިވެކް ބާގަތް ޖަންތަރު މަންތަރުގައި އޮކްޓޫބަރު 3 ގައި ބޭއްވި މުޒާހަރާ ތެރެއިން އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކޮށްފައިވެއެވެ. ނަމަވެސް، ހޯމަ ދުވަހު ނެރުނު އަމުރެއްގެ ދަށުން ބާގަތް ވަނީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ކަމުގެ ވަގުތީ ޒިންމާތައް ހަވާލުކުރި 12 ޑެނިޕްސް އޮފިސަރުންގެ ތެރޭގައި ހިމެނިފައެވެ.
06 Oct 2026
އަންނަ ހަފުތާގައި ޕާސްޕޯޓު ދޫކުރުން އާންމު ހާލަތަށް ގެންނާނެ ކަމަށް އިމިގްރޭޝަނުން ބުނެފި
ޖަރުމަންވިލާތުގެ ކުންފުނީގެ ޕްރިންޓިން މެޝިންތަކަށް ދިމާވި މައްސަލައެއްގެ ސަބަބުން ޕާސްޕޯޓު ބުކްލެޓް ސްޓޮކް ލިބުން ލަސްވެ މިދިޔަ އޮގަސްޓް މަހުގެ 28 ވަނަ ދުވަހުން ފެށިގެން ދިވެހި ޕާސްޕޯޓު ދޫކުރުމުގެ އުސޫލަށް އިމިގްރޭޝަނުން ވަނީ ބަދަލުތަކެއް ގެނެސްފައެވެ.