އެމްއެމްޕީއާރުސީ އޮފީސް
ހަބަރު
19 Jan 2025 | 20:09
އެމްއެމްޕީއާރުސީ މައްސަލާގައި ލުއިދިނުމަށް ހެދި އެންެމެންގެ އެއްބަސްވުންތައް ބާތިލްކޮށްފި

މޯލްޑިވްސް މާކެޓިން ޕީއާރު ކޯޕަރޭޝަން، އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލާގައި ކުށް ސާބިތުވި ފަރާތްތަކާއެކު ދައުލަތުން ހަދާފައިއޮތް ހުރިހާ އިމިއުނިޓީ އެއްބަސްވުންތަކެއް ބާތިލްކޮށްފިއެވެ.

އެމްއެމްޕީއާރުސީ މައްސަލާގައި ދައުލަތުން ލުއިދިނުމަށް އެއްބަސްވުންތަކެއް ހަދާފައިވަނީ، ކުރީގެ ނައިބުރައީސް އަހުމަދު އަދީބުގެ އިތުރުން އެސްއޯއެފްގެ ވެރިންގެ މައްޗަށެވެ. މި މައްސަލާގައި މީގެ ކުރިން އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައި ކުރިން ހުންނެވި ޒިޔަތާއެކު ހެދި އެއްބަސްވުން ވަނީ 2022 ވަނަ އަހަރު ނިމުމަކަށް ގެނެސްފައެވެ.

މިހާތަނަށް ލުއިދިނުމުގެ އެއްބަސްވުން ދެމިއޮތީ:

- އަހުމަދު އަދީބް

- މުހައްމަދު އައްލާމް ލަތީފް

- މުހައްމަދު ހުސައިން (އޮއިއްޓޭ)

- އިޝްފާޙް ޢަލީ

އެމްއެމްޕީއާރުސީ މައްސަލާގައި މި ފަރާތްތަކާއެކު ލުއިދިނުމުގެ އެއްބަސްވުން ޤާއިމްކޮށްފައިވަނީ، ހިޔާނާތުގެ މައްސަލަ ކުރިއަށްގެންދިއުމަށް ދައުލަތުން އެއްބާރުލުން ހޯދުމުގެ އިތުރުން ގެއްލިފައިވާ ފައިސާ ހޯދުމަށެވެ. ދައުލަތުން އެ އެއްބަސްވުންތައް ބާތިލްކުރި ސަބަބެއްކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ، އެފަރާތްތަކާއެކު އެއްބަސްވުންތައް ޤާއިމްކޮށް ލުއިތައްދިން ނަމަވެސް ދައުލަތަށް ލިބެންޖެހޭ އެއްބާރުލުން ނުލިބުމެވެ.

މި މައްސަލާގައިޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ މޯލްޑިވްސް ޕޮލިސް ސާވިސް އާއި އެންޓިކޮރަޕްޝަން ކޮމިޝަނަށް އެފަރާތްތަކުގެ މައްސަލަތައް ތަހުގީގު ކުރިއަށްގެންގޮސް ޕީޖީއަށް މައްސަލަ ހުށަހެޅުމަށް އެދިފައެވެ.

އެމްއެމްޕީއާރުސީ ހިޔާނާތަކީ މި ފަހުގެ ތާރީހެއްގައި ސަރުކާރުގެ ތެރޭގައި ހިނގާދިޔަ މިފަދަ އެންމެބޮޑު ހާދިސާއެވެ. އެމްއެމްޕީއާރުސީ ހިޔާނާތް 4 ބިލިއަން ރުފިޔާއަށް އަރާއިރު، އެ މައްސަލާގައި އެސްއޯއެފް މެދުވެރިކޮށް ވަނީ އެތައް މިލިއަން ޑޮލަރެއްގެ މުއާމަލާތް ހިންގާފައެވެ. މި މައްސަލާގައި ހިމެނޭ އެސްއޯއެފަށް ނިސްބަތްވާ މީހުން މިހާރު ދިރިއުޅެނީ ރާއްޖެއިން ބޭރުގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.