ރައީސުލްޖުމްހޫރިއްޔާ ޑރ.މުއިއްޒު
ހަބަރު
19 Jan 2025 | 23:48
ކޮރަޕްޝަން ނައްތާލެވޭނީ ހިޔާނާތުގައި ބައިވެރިވާ އެންމެނަށް ހަމަހަމަކަމާއެކު އަމަލުކުރެވިގެން: ރައީސް ޑރ.މުއިއްޒު

ކޮރަޕްޝަން ނައްތާލެވޭނީ ހިޔާނާތުގައި ބައިވެރިވާ އެންމެނަށް ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ހަމަހަމަކަމާއެކު އަމަލުކުރެވިގެންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މިއަދު ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި ކުށް ސާބިތުވި ފަރާތްތަކާއެކު ދައުލަތުން ހަދާފައިއޮތް ހުރިހާ އިމިއުނިޓީ އެއްބަސްވުންތަކެއް ބާތިލްކޮށްފައެވެ. މި އެއްބަސްވުންތައް ޤާއިމްކޮށްފައިވަނީ މިދިޔަ ސަރުކާރުގެ ދުވަސްވަރުއެވެ. 

މިކަމާ ގުޅިގެން އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ.މުއިއްޒު ވިދާޅުވީ، އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ބޮޑު މައްސަލައިގައި ބައެއް ފަރާތްތަކަށް ތަފާތު އިމްތިއާޒްތަކެއް ލިބިދީ އެމީހުންގެ މައްޗަށް އިތުރު ދަޢުވާ ނުކުރުމަށް އެއެްބަސްވެ ކުރީގެ ޕްރޮސިކިއުޓަރ ޖެނެރެލް ހައްދަވާފައިވާ އެއްބަސްވުންތައް ބާޠިލް ކުރައްވާފައިވާތީވެ، އެކަމާ މަރުހަބާ ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ، ޒަމާނުއްސުރެން މިޤައުމަށް ކުރިމަތިވެފައިވާ ކޮރަޕްޝަންގެ ވަބާ މިޤައުމުން ނައްތާލެވޭނީ އެފަދަ މައްސަލަތަކުގައި ހިމެނޭކަމަށް ތުހުމަތުކުރެވޭ ހުރިހާ ފަރާތަކާމެދުވެސް ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ހަމަހަމަކަމާއެކު ޢަމަލުކުރެވިގެން ކަމަށެވެ.

އެމްއެމްޕީއާރުސީ މައްސަލާގައި ދައުލަތުން ލުއިދިނުމަށް އެއްބަސްވުންތަކެއް ހަދާފައިވަނީ، ކުރީގެ ނައިބުރައީސް އަހުމަދު އަދީބުގެ އިތުރުން އެސްއޯއެފްގެ ވެރިންގެ މައްޗަށެވެ. މީގެ ތެރޭގައި ހިމެނެނީ:

 އަހުމަދު އަދީބް

- މުހައްމަދު އައްލާމް ލަތީފް

- މުހައްމަދު ހުސައިން (އޮއިއްޓޭ)

- އިޝްފާޙް ޢަލީ

އެމްއެމްޕީއާރުސީ މައްސަލާގައި ދައުލަތުން ލުއިދިން މީހުންގެ ތެރެއިން ކުރީގެ އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ޒިޔަތާ އެކު ހަދާފައިވާ އެއްބަސްވުން ވަނީ 2022 ވަނަ އހަަރު ބާތިލްކޮށްފައެވެ. 

އެމްއެމްޕީއާރުސީ މައްސަލާގައި އެ ފަރާތްތަކާއެކު ލުއިދިނުމުގެ އެއްބަސްވުން ޤާއިމްކޮށްފައިވަނީ، ހިޔާނާތުގެ މައްސަލަ ކުރިއަށްގެންދިއުމަށް ދައުލަތުން އެއްބާރުލުން ހޯދުމުގެ އިތުރުން ގެއްލިފައިވާ ފައިސާ ހޯދުމަށެވެ. ދައުލަތުން އެ އެއްބަސްވުންތައް ބާތިލްކުރި ސަބަބެއްކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ، އެފަރާތްތަކާއެކު އެއްބަސްވުންތައް ޤާއިމްކޮށް ލުއިތައްދިން ނަމަވެސް ދައުލަތަށް ލިބެންޖެހޭ އެއްބާރުލުން ނުލިބުމެވެ.

މި މައްސަލާގައިޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ މޯލްޑިވްސް ޕޮލިސް ސާވިސް އާއި އެންޓިކޮރަޕްޝަން ކޮމިޝަނަށް އެފަރާތްތަކުގެ މައްސަލަތައް ތަހުގީގު ކުރިއަށްގެންގޮސް ޕީޖީއަށް މައްސަލަ ހުށަހެޅުމަށް އެދިފައެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި ކުށް ސާބިތުވި ފަރާތްތަކާއެކު ދައުލަތުން ހަދާފައިއޮތް ހުރިހާ އިމިއުނިޓީ އެއްބަސްވުންތައް ބާތިލްކުރުމުން ރައީސް ޑރ.މުއިއްޒު މަރުހަބާ ވިދާޅުވެފައިވާއިރު، މިދިޔަ އަހަރު ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވަނީ އެމްއެމްޕީއާރުސީގެ ތެރެއިން ވައްކަން ކުރި ފަރާތްތައް ދެނެގަނެ އެއީ ކޮންމެ މީހެއް ކަމުގައިވިޔަސް ޙައްގު އަދަބުދީ، އެ ފައިސާ އަނބުރާ ހޯދުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރައްވާނޭކަމަށް ވިދާޅުވެފައެވެ.

އެ ވައްކަން ކުރި ފަރާތްތައް ދެނެގަނެ އެއީ ކޮންމެ މީހެއް ކަމުގައި ވިޔަސް، އެ މީހަކަށް ދޭން ޖެހޭ ހައްގު އަދަބު މި ސަރުކާރުން ދީ، އެ ފައިސާ ރައްޔިތުންނަށް ހޯދަން ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނަން. އެއީ ރައްޔިތުންގެ މުދާ، އެއީ ރައްޔިތުންގެ ފައިސާ. އެ ފައިސާ ހޯދައި މިދެންނެވި އެސެޓް ރިކަރަވަރީ ޤާނޫނު ތައާރަފުކޮށް އަދި ދެންވެސް އެކިއެކި ވައްކަންތަކުގައި ރައްޔިތުންގެ އަތުން ގެންގޮސްފައިވާ އެކިކަހަލަ މުދާތައް އަނބުރާ ހޯދުމަކީ އަޅުގަނޑުމެން ކުރާނެ ކަމެއް

މިދިޔަ އަހަރުގެ ޖުލައިމަހުގެ 7 ވަނަ ދުވަހުގެ ރޭ  ޕީއެންސީގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވިއެވެ

ރައީސް ވިދާޅުވީ އެކަމުގައި ބައިވެރިވި މީހެއްކަން ސާބިތުކުރެވެން ޖެހޭނީ އިންސާފުވެރިކަމާ އެކުގައި ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.
25 Aug 2026
އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޗައިނާގައި
ދެ ދުވަހުގެ މި ރަސްމީ ދަތުރުފުޅުގައި ދޯވާލް، ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ދެ ގައުމުގެ ޚާއްޞަ މަންދޫބުންގެ ފެންވަރުގައި ބާއްވާ ބޯޑަރު މަޝްވަރާތަކުގެ ތެރެއިންނެވެ
25 Aug 2026
އަވަށްޓެރި ގައުމުތަކަށް ދިން ޚާއްސަ އިނާޔަތްތަކާއެކު އިންޑިއާއަށް ބޭރުގެ އިތުރު އިންވެސްޓްމަންޓްތަކެއް
އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްގެ ގޮތުގައި މިހާތަނަށް 511.5 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 48.95 ބިލިއަން އިންޑިއަން ރުޕީސްގެ ހުށަހެޅުން ލިބިފައިވާކަމަށެވެ.
25 Aug 2026
ޓެރަރިޒަމް ސްޕޮންސާ ކުރާ ޤައުމުތަކުގެ ލިސްޓުން ސީރިއާ އުނިކޮށްފި
އެމެރިކާއިން 1979 ވަނަ އަހަރުން ފެށިގެން ޓެރަރިޒަމަށް ހިތްވަރުދޭ ޤައުމުތަކުގެ ލިސްޓުގައި ސީރިއާ ހިމެނުމަށް ފަހު، އެ ޤައުމު ލިސްޓުން އުނިކޮށް އިންވެސްޓްމެންޓަށް ހުރި ބޮޑެތި ހުރަސްތައް ނައްތާލައިފިއެވެ.