ޓްރަމްޕް... ފޮޓޯ: ގްލޯބް އައިނިއުސް
ހަބަރު
20 Jan 2025 | 22:10
ޓްރަމްޕް އެމެރިކާގެ ރައީސްކަމުގެ އައު ދައުރަކާ ހަވާލުވެވަޑައިގެންފި

އެމެރިކާގެ ރައީސްކަމުގެ އައު ދައުރަކާ ޑޮނާލްޑް ޓްރަމްޕް ހަވާލުވެވަޑައިގެންފިއެވެ.

އެމެރިކާގެ 47 ވަނަ ރައީސްކަމުގެ މަޤާމާ ޓްރަމްޕް މިރޭ ހަވާލުވެވަޑައިގެންނެވިއިރު، މިއީ އެމެރިކާގެ ރިޔާސަތާ ޓްރަމްޕް ހަވާލުވެ ވަޑައިގަންނަވާ ދެވަނަ ފަހަރެވެ. މީގެކުރިން އެމެރިކާގެ ރައީސްކަމުގެ މަޤާމު ޓްރަމްޕް އަދާކުރެއްވީ، 2017 ވަނަ އަހަރުގެ ޖެނުއަރީމަހުގެ 20 ވަނަ ދުވަހުން ފެށިގެން 2021 ވަނަ އަހަރުގެ ޖެނުއަރީމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ.

ޓްރަމްޕް މިފަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާފައިމިވަނީ، 2020 ވަނަ އަހަރު ރިޔާސީ ރޭހަށް ނިކުމެ ވަޑައިގެން ކުރިމަތިވި ނާކާމިޔާބީއަށްފަހުއެވެ. ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެންޑިޑޭޓެއްގައި ރިޔާސީ ރޭހަށް މިފަހަރު ނިކުމެވަޑައިގެން ޑޮނަލްޑް ޓްރަމްޕް، ވަނީ ޕެންސިލްވޭނިއާ، ނޯތު ކެރޮލައިނާ އަދި ޖޯޖިއާ ފަދަ މުހިންމު ސްޓޭޓްތަކުން ބޮޑު ކާމިޔާބީއެއް ހޯއްދަވާފައެވެ.

ކުރީ ފަހަރާ ހިލާފަށް މިފަހަރު ޓްރަމްޕް ވެރިކަމަށް ވަޑައިގެންނެވީ ވަރަށްބޮޑު މަޤްބޫލުކަމެއް ރައްޔިތުންގެ ފަރާތުންވެސް ހޯއްދަވައިގެންނެވެ. މިގޮތުން ޓްރަމްްޕްކެ ކެމްޕެއިނުގައި މިފަހަރު ނުފޫޒުގަދަ އެތައް މަހުޖަނުންނެއް ވަނީ ބައިވެރިވެފައެވެ. މީގެ ތެރޭގައި ޓެސްލާ ކުންފުނީގެ ވެރިޔާ އީލޮން މާސްކް އާއި ފޭސްބުކްގެ ވެރިޔާ މާކް ޒަކަބާގް ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން މިފަހަރުގެ ރިޔާސީ ރޭހުގައި ޓްރަމްޕް ވަނީ މުސްލިމުންގެ މަދަދުވެރިކަންވެސް ވަރަށްބޮޑަށް ހޯއްދަވާފައެވެ. އެގޮތުން އެމެރިކާގެ މުސްލިމް ކޮމިޔުނިޓީގެ އިސް ފަރާތްތައް ޓްރަމްޕްގެ ރެލީތަކުން ޓްރަމްޕާއެކު ފެނިގެންގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ.

އައު ދައުރަކާ ހަވާލުވެ ވަޑައިގެންނެވުމަށްފަހު ޓްރަމްޕް ވިދާޅުވީ ކުރިއަށްއޮތީ އެމެރިކާއަށް އުފާފާގަތި ދުވަސްތަކެއްކަމަށާއި، އެމެރިކާއަކީ އެންމެ މުއްސަނދި އަދި އެންމެ ވަރުގަދަ އިޤްތިސާދު ކަމުގައި ހައްދަވާނޭކަމަށެވެ. ކުރިއަށްހުރި އިޤްތިސާދީ ރޭވުންތަކާ ބެހޭގޮތުން ޓްރަމްޕް ވިދާޅުވީ އޮޓޯމޯބައިލް ސިނާއަތަށް އިންގިލާބީ ބަދަލެއް ގެނެސް ރައްޔިތުން ސިއްސައިެގންދާފަދަ ހެޔޮ ބަދަލެއް ގެނެސްދެއްވާނެ ކަމަށެވެ. އެގޮތުން ކުރިއަށްއޮތް އަހަރުތަކުގައި އަނެއްކާވެސް އެމެރިކާ ފެނިގެންދާނީ އުފެއްދުންތެރި، އައު އީޖާދުތަކާގެން ކުރިއަށްދާ ޤައުމެއްގެ ގޮތުގައެވެ.

މީގެ އިތުރުން އެޤައުމުގައި ޤަވާއިދާހިލާފަށް އުޅެމުންދާ މީހުން، އެމީހުންގެ ވަޒަނަށް އަނބުރާ ފޮނުވާލައި، ބޯޑަރުހުރަސްކޮށް އެޤައުމަށް ވަންނަ ފަރާތްތައް ހުއްޓުވާނޭކަމަށްވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް