ރައީސް ޑރ.މުޙައްމަދު މުޢިއްޒު-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
23 Jan 2025 | 13:06
މިއަހަރު ތެރޭގައި ތުއްތު ކުދިން ބޭނުންވާކަހަލަ ޕާކެއް ކިނޮޅަހުގައި ހަދައިދޭނަން: ރައީސް ޑރ.މުޢިއްޒު

މިއަހަރު ތެރޭގައި ތުއްތު ކުދިން ބޭނުންވާ ފަދައިން ރ.ކިނޮޅަހުގައި ޕާކެއް ހައްދަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ.މުޢިއްޒު މިފަދައިން ވިދާޅުވީ، އެމަނިކުފާނު މިހާރު ރ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅުގެ ކިނޮޅަހަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޑރ.މުޢިއްޒު ވިދާޅުވީ، އެރަށަށް ވަޑައިގެން ސަލާމް ކުރައްވަމުން ދިޔަ ވަގުތު، ކުޑަ ކުޑަ ކުދިން އެމަނިކުފާނަށް ކަރުދާސްކޮޅުތައް ދެމުންދިޔަ ކަމަށާއި، އޭގެ ތެރޭގައި ކުޅެލާނެ ޕާކެއް ނެތުމުން ދެރަވާކަމަށާއި، ޕާކެއް ހަދައިދިނުމަށް އެދޭ ވާހަކަތައް ހުރިކަމަށެވެ.

"ސަފުގައި، ސަލާމް ކުރަމުން ދިޔައިރުގައި، ކުޑަ ކުޑަ ކުދިން ކުޑަ ކުޑަ ކަރުދާސްކޮޅުތައް އަޅުގަނޑަށް ދެމުންދިޔަ. އޭގެ ތެރޭގައި އެބް އޮވޭ ކޮއްކޮ ކުޅެލާނެ ޕާކެއް ނެތީމައި ހާދަ ދެރަވެއޭ. ކޮއްކޮއަށް ޕާކެއް ހަދައިދޭށޭ. މިކަހަލަ ވާހަކަތައް،"

ރައީސް ޑރ.މުޢިއްޒު ވިދާޅުވިއެވެ.

އެއްވެސް ތަފާތެއް ނެތި ކުދި އާބާދީތަކުގައި އާއި ބޮޑެތި އާބާދީތަކުގައި ވެސް ކޫޑަކުދިންނަށް ކުޅެވޭނެ ގޮތަށް ޕާކުތައް ހެދުމަކީ ތަރައްގީ ގެނެސްދިނުމުގައި ވަރަށް މުހިންމުކަމެއްކަން ފާހަގަކުރައްވާ ރައީސް ޑރ.މުޢިއްޒު ވިދާޅުވީ، ރަށުގައި ހުންނަ ބޮޑެތި އިމާރާތްތަކާއި މަގުތަކާއި ބޮޑެތި ކަންކަމާއި އެކުގައި ތުއްތު ކުދިންނާއި އާއިލާތަކަށް ހިތަށް ހިތްހަމަޖެހުން ލިބޭނެކަހަލަ ވަސީލަތްތައް ވެސް ހުންނަންޖެހޭނެކަމަށާއި، އެއީ ވަށާޖެހޭ ތަރައްގީއެއް ސަރުކާރަކުން ގެނެސްދޭކަމަށްވާނަމަ ހިމެނެން ޖެހޭނެކަންކަން ކަމަށެވެ.

މިގޮތުން މީގެ ކުރިން މާލޭގައި އެކި މަސައްކަތްތައް ކުރަން ފުރުސަތު ލިބުނުއިރު ވެސް ވަރަށް ތޮއްޖެހިފައި އޮތްނަމަވެސް އެކި ގޮތްގޮތުން ޖާގަ އުފައްދައިގެން ވަރަށް ގިނަ ޕާކުތައް ހެދިކަމަށާއި، އެފަދަ ޖާގަތައް އުފެއްދުމުން އާއިލާތަކަށާއި ކުޑަކުދިންނަށް ހިތްހަމަޖެހުން ލިބޭނެކަމަށެވެ.

ރައީސް ޑރ.މުޢިއްޒު ވިދާޅުވީ، ކޮންމެ ރަށެއްގައި ވެސް ޕާކެއް ހެދުމަކީ މި ސަރުކާރުގެ ސިޔާސަތެއް ކަމަށާއި، މިއަހަރު ބަޖެޓުގައި އިޖްތިމާއީ ދާއިރާއިން ކުރަން ހުރި ކަންކަމަށް އިސްކަންދޭނެ ކަމަށެވެ.

"މިހާރު އަޅުގަނޑުމެން ފާސްކޮށްގެން ތަންފީޒު ކުރާ ބަޖެޓުގައި ވަރަށް ބޮޑުއިސްކަމެއްދެން އިޖުތިމާއީ ދާއިރާގައި ކުރަން ހުރި ކަންކަމުގައި އެކަހަލަ ޕާކުތައް ހަދައިދީ، ކުޅިވަރު ކުޅޭ ވަސީލަތްތަކާއި މިހެން ހުރި ދުޅަހެޔޮކަމާއި ސިކުނޑީގެ ތަރައްގީއަށް، ހިތްހަމަޖެހުމަށް ބޭނުންވާ ކަންކަން ކުރަން،"

ރައީސް ޑރ.މުޢިއްޒު ވިދާޅުވިއެވެ.

އެހެންކަމުން، ރައީސް ޑރ.މުޢިއްޒު ވަނީ މިއަހަރުގެ ތެރޭގައި  ކިނޮޅަހުގެ ތުއްތު ކުދިން ބޭނުންވާހެން ޕާކެއް ހައްދަވައިދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.