ކުއަޑްގެ ހާރިޖީވަޒީރުންގެ ބައްދަލުވުމެއްގެ ތެރެއިން.. ފޮޓޯ: ރޮއިޓާސް
ދުނިޔެ
23 Jan 2025 | 19:27
ކުއަޑްގެ ބައްދަލުވުމާއެކު ޗައިނާއަށްކުރާ ފޯކަސް ޔަގީންވެއްޖެ

އެމެރިކާގެ ރައީސްކަމުގެ މަގާމަށް ދެވަނަ ދައުރަކަށް ޑޮނަލްޑް ޓްރަމްޕް ހުވާކުރެއްވުމާއެކު، އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ފުރަތަމަ ދުވަހު ބޭއްވެވި ބައްދަލުކުރެއްވުންތަކުން، ޗައިނާއަކީ އެމެރިކާގެ ފޯކަސް އޮންނާނެ ގައުމެއްކަން އަނެއްކާވެސް އިތުރަށް ކަށަވަރުވެއްޖެއެވެ.

ޗައިނާއިން އިސްތިރާޖީ އަދި އަސްކަރީ ގޮތުން ހޯދާ ކުރިއެރުންތަކަށް ފާރަވެރިވެ، އެކުގައި މަސައްކަތްކުރުމަށް އެމެރިކާ، އިންޑިއާ، ޖަޕާން އަދި އޮސްޓްރޭލިއާ ގުޅިގެން އުފައްދާފައިވާ ކުއަޑްގެ ބައްދަލުވުމެއް، އިއްޔެ ވޮޝިންޓަނުގައި އޮތެވެ. މާކޯ ރޫބިއޯގެ ޚާރިޖީ ވަޒީރުކަމުގެ ފުރަތަމަ ދުވަހު ބޭއްވި މި ބައްދަލުވުމުގައި ހަތަރު ގައުމު ޚާރިޖީ ވަޒީރުން ބައިވެރިވެވަޑައިގަތެވެ. މި ބައްދަލުވުމަށްފަހު ނެރުނު ގުޅިފައިވާ ބަޔާނުގައި ބުނީ ކުއަޑްގެ ގައުމުތަކުން ގަވައިދުން ބައްދަލުކުރަމުންދާނެކަމަށާއި، މިއަހަރު ދިއްލީގައި ބާއްވާނެކަމަށް ބެލެވޭ ކުއަޑްގެ ގައުމުތަކުގެ ލީޑަރުންގެ ސަމިޓަށް ތައްޔާރުވާނެކަމަށެވެ. އަދި، ގާނޫގެ ވެރިކަން ހިނގާ، ގައުމުތަކުގެ އިސްތިޤްލާލަށް އިހްތިރާމްކުރާ ހުޅުވާލެވިފައިވާ އިންޑޯ ޕެސިފިކްއެއް އޮތުމަށް ހަތަރު ގައުމުންވެސް ގުޅިގެން މަސައްކަތްކުރާނެކަން ބަޔާންކޮށް، ގަދަބާރުން ޗައިނާއިން ޓައިވާނަށް ނާރާން ނުސީދާކޮށް އިންޒާރުވެސް ދީފައިވެއެވެ.

ކުއަޑްގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ ރޫބިއޯގެ އިތުރުން އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު، އޮސްޓްރޭލިއާގެ ފޮރިން މިނިސްޓަރ ޕެނީ ވޮންގް އަދި ޖަޕާނުގެ ފޮރިން މިނިސްޓަރ ޓަކެޝީ އިވަޔާ އެވެ.

ޓްރަމްޕް ހުވާކުރެއްވުމަށްފަހު ގިނަ ވަގުތުތަކެއް ނުވެ ކުއަޑްގެ ބައްދަލުވުމެއް ބޭއްވުނުކަމީ ފާހަގަކޮށްލެވޭ ކަމެއްކަމަށް ޑރ ޖައިޝަންކަރު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އުރުދުންގެ އަލްއަޒްރަޤް ވައިގެ މަރުކަޒަކީ ކޮބާ؟ އީރާނުން އެ ތަނަށް ހަމަލާދެނީ ކީއްވެ؟
ހޮރްމޫޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް އެމެރިކާ އާއި އީރާނުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ތެރޭގައި، އުރުދުންގައި ހުންނަ އަދި އެމެރިކާގެ ސިފައިންނާއި އަސްކަރީ ވަސީލަތްތައް ގާއިމުވެފައިވާ އަލްއަޒްރަޤް އެއާބޭސް އަށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކަކީ އެމެރިކާގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އީރާނުން ބުނެއެވެ.
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ
10 Sep 2026
ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މެޓުން ހުދު ސމަާލު ނެރުނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.