ހިރިޔާ ސުކޫލް:ފޮޓޯ/ ވަގުތު
ހަބަރު
24 Jan 2025 | 06:28
ހިރިޔާ ސްކޫލުގެ ފުޓްސަލް މެޗަކަށްފަހު ބެލެނިވެރިއަކު ކުއްލިއަކަށް ނިޔާވެއްޖެ

ހިރިޔާ ސްކޫލްގެ ޕީޓީއޭ އިން އިންތިޒާމުކުރި ފުޓްސަލް މެޗަކަށްފަހު، އެ މެޗުގައި ކުޅުނު ބެލެނިވެރިއަކު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ. 

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ، ހިރިޔާ ސްކޫލްގެ ޕީޓީއޭ އިން އިންތިޒާމުކުރި ކުޅިވަރުހަރަކާތެއްގައި ރޭ ކުޅެވުނު ފުޓްސަލް މެޗެއް ނިމުނު ފަހުން ދަނޑުމަތީ އޮށޯތް ބެލެނިވެރިޔަކަށް ސިއްހީ މައްސަލައެއް ދިމާވިކަން ފާހަގަކުރެވިގެން ވަގުތުން ކައިރީގައި ހުރި އައި.ޖީ. އެމް .އެޗަށް  ގެންދެވުނުކަމަށް ސްކޫލުގެ ފަރާތުން މިނިސްޓްރީ އަށް އަންގާފައިވާ ކަމަށެވެ.

އަދި އެ ބެލެނިވެރިޔާ ނިޔާވެފައިވާކަމަށާ މިކަމުގައި އާއިލާ އާއި ސްކޫލަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަން މިނިސްޓްރީގެ ފަރާތުން ފޯރުކޮށްދެމުން ގެންދާނެ ކަމަށް ބުންޏެވެ.

މިއާއެކު މިނިސްޓްރީން ވަނީ ނިޔާވި ބެލެނިވެރިޔާގެ އާއިލާއަށް މިނިސްޓްރީގެ ފަރާތުން ތަޢުޒިޔާ ދަންނަވައި  މަރުޙޫމުގެ ފާފަތައް ފުއްސަވައި ދެއްވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވަވައި , ޢާއިލާގެ އެންމެ ބޭފުޅުންނަށް ކެއްތެރިކަން ދެއްވުން އެދި ދުޢާ ކޮށްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައި ވަނީ އެ ސްކޫލްގެ ގްރޭޑް 10ގެ ބެލެނިވެރިއެއްކަމަށްވާ އަހްމަދު ޝަރީފް، ދަފުތަރު ނަންބަރު ރސ 12602/މާލެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Aug 2026
ކެނދިކުޅުދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކް ހުޅުވައިފި
08 Aug 2026
ލިއޮނެލް މެސީގެ ބައްޕަ، ޖޯޖް މެސީ މަރުވެއްޖެ
އުމުރުން 68 އަހަރުގައި ޖޯޖް ނިޔާވީ އޭނާ އުފަން ރަށް ކަމަށްވާ އާޖެންޓީނާގެ ރޮސާރިއޯގެ ހޮސްޕިޓަލެއްގައެވެ
08 Aug 2026
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް މިއަދު ފެށުމާއެކު އެ އަތޮޅުގެ ދެ ރަށަކުން މިހާރު ޕާސްޕޯޓްގެ ހިދުމަތް ލިބޭނެއެވެ. މީގެ ކުރިން ވެރިކަންކުރާރަށް ތިނަދޫގައި ވަނީ ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށާފައެވެ.
08 Aug 2026
އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު ސާފްކުރުމުގެ މަސައްކަތް ފަށައިފި
"މަދިރިން ރައްކާ" ކެމްޕޭނުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު މިއަދު ވަނީ ސާފްކުރުމުގެ މަސައްކަތް ފަށާފައި
08 Aug 2026
ބީއެމްއެލް ވީރަން ކޯޕަރޭޓްސް ކާމިޔާބުކަމާއެކު ނިންމާލައިފި
މި ރޭހަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކާއި އިދާރާތަކާއި ޖަމްޢިއްޔާތަކަށް ހުޅުވައިލައިގެން ބޭއްވި ހަރަކާތެކެވެ
08 Aug 2026
ނޯވޭގެ ފުޓްބޯޅަ ފެޑަރޭޝަނުން ފީފާގެ ރައީސް އިންފަންޓީނޯގެ އިސްތިއުފާއަށް ގޮވާލައިފި
ދަ ގާޑިއަން އާ ވާހަކަދައްކަވަމުން ކްލެވެނެސް ވިދާޅުވީ، އިންފެންޓީނޯއާ މެދު އެ ފެޑެރޭޝަނުގެ އިތުބާރު މިހާރު މުޅިން ގެއްލިފައިވާ ކަމަށެވެ
08 Aug 2026
ފަހިދިރިއުޅުން ޓަވަރުތަކުގައި ކެމެރާ ހަރުކުރުމުގެ މަސައްކަތް ނިމެނީ
އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް އެންމެ ދަތިވާ އެއްކަމަކީ ޕާކްކުރުމުގެ މައްސަލައާއި، އެތަންތަނުގައި ދިރިއުޅޭ ކުޑަކުދިން ހިތްފަސޭހަކޮށްލާ، ކުޅެލާ ހަދާނެ ޕާކެއް ނެތުން
08 Aug 2026
ލޯނު އެއްބަސްވުމެއްގެ ދަށުން ބާސެލޯނާގެ އަރައޫހޯ ލިވަޕޫލަށް
މިފަހަރު ލިވަޕޫލާ ގުޅެނީ މި ސީޒަން ނިމެންދެން ލޯނު އުސޫލުންނެވެ.