ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ އަހުމަދު ޒާހިރު އަލީ
ހަބަރު
24 Jan 2025 | 20:30
އެސްޖޭއިން ފޭސް 2ގައި އަޅާ މިސްކިތުގެ ޤިބްލަ ޖަހައިނުދޭ ކަމަށް ބުނެ ހެދީ ދޮގެއް: ޑރ. ޒާހިރު

ހުޅުމާލެ ފޭސް 2 ގައި އެސްޖޭ ކުންފުނިން އަޅަމުންދާ ދެ ބުރި މިސްކިތުގެ ޤިބްލަ ޖަހައި ނުދޭ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނި ބުނުމަކީ ރައްޔިތުންނަށް އޮޅުވާލި އޮޅުވާލުމެއް ކަމަށާއި، އެއީ ދޮގެއް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

ޑރ. ޒާހިރު މިހެން ވިދާޅުވެފައިވަނީ އެ މިސްކިތުގެ މަސައްކަތް ލަސްވާތީ އާންމުން ކަންބޮޑުވުން ފާޅުކުރުމުން އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވި ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.

ޑރ. ޒާހިރު ވިދާޅުވި ގޮތުގައި، ޤިބްލަ ފާހަގަކުރުމަށް އެސްޖޭ ކުންފުނިން އިސްލާމިކް މިނިސްޓްރީއަށް ސިޓީ ފޮނުވާފައިވަނީ 2022 މާރިޗު 23 ގައެވެ. އަދި މިނިސްޓްރީން ޤިބްލަ ޖަހައިދީފައިވާކަން އެސްޖޭއަށް ރަސްމީކޮށް އަންގާފައިވަނީ 2022 އޭޕްރިލް 11 ގައި ކަމަށާއި، މިކަމާ ގުޅޭ ލިޔެކިޔުންތައް މިނިސްޓްރީގައި ހުންނާނެ ކަމަށެވެ.

އެހެންނަމަވެސް، އިސްލާމިކް މިނިސްޓަރ ޝަހީމް ވިދާޅުވެފައިވަނީ، 2022 ގެ 23 ޖެނުއަރީ ގައި އެސްޖޭ ކުންފުނިން ހުޅުމާލޭގައި އަޅަން ފެށި މިސްކިތުގެ މަސައްކަތް ގިނަ ދުވަސްތަކެއް ވަންދެން ހުއްޓިފައި އޮތުމަށް ފަހު، އަލުން ފެށިފައިވަނީ މި ސަރުކާރު އައި ފަހުން ކަމަށެވެ. އަދި މިނިސްޓްރީއިން ބާރު އަޅައިގެން މިސްކިތް އަވަހަށް ނިންމުމަށް ކުރަންޖެހޭ ކަންކަން ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިނިސްޓަރ ޝަހީމް އިތުރަށް ވިދާޅުވި ގޮތުގައި، މި މިސްކިތް އަޅަން ގެންނަ ތަކެއްޗަކީ ޑިއުޓީ ފްރީ ތަކެތި ކަމަށް ދެކެވޭ ވާހަކައަކީ ދޮގު ވާހަކައެކެވެ. 2022 ގައި މަސައްކަތް ފެށި ފަހުން މިއަދާ ހަމައަށް މި މިސްކިތުގެ މަސައްކަތަށް ގެނައި އެއްވެސް އެއްޗަކުން ޑިއުޓީ މާފްކޮށްފައި ނުވާ ކަމަށާއި، މިސްކިތް ނިންމުމަށް ކުރެވޭ މަސައްކަތުގައި އެސްޖޭ ކުންފުނީގެ އެހީތެރިކަން ލިބެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

2022 ގެ 23 ޖެނުއަރީ ގައި އެސްޖޭ ކުންފުނިން ހުޅުމާލެގައި އަޅަން ފެށި މިސްކިތް ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ހުއްޓިފައި އޮތުމަށް ފަހު، އަލުން ފެށުނީ މި ސަރުކާރު އައިފަހުން.

މިނިސްޓްރީއިން ބާރު އަޅައިގެން މިސްކިތް އަވަހަށް ނިންމަންކުރަންޖެހޭ ކަންކަން މިދަނީ ކުރަމުން. އަޅުގަނޑުވާނީ އެތަނަށް ޒިޔާރަތްކޮށް ދިމާވެފައި ހުރި ދަތިތައް ވެސް ބަލާފަ. ޙައްލުކުރަންޖެހޭ ކަންކަން ޙައްލުކޮށްދެމުން މިދަނީ.

މިސްކިތުގެ ކަންކަން ކުރިއަށް ދިޔަ ގޮތުގައި ޓައިމްލައިން ކަމަށް ވިދާޅުވެ ވަޒީރު ޝަހީމް ހާމަކުރެއްވި މައުލޫމަތު ތަކަކީ؛ 

15/02/22 - ގައި ބިން ހަވާލުކުރެވުނު

23/03/22 - ގިބްލަ މާކްކޮށް ދޭން މިނިސްޓްރީގައި އެދުނު

20/11/22 - ގިބްލަ މާކްކޮށް ދޭން އެދުނުތާ 252 ދުވަސް ވީއިރުވެސް ގިބްލަ މާކް ނުކޮށްގެން ގިބްލަ މާކް ކޮށްދިނުމަށް އެދި ދެވަނަ ފަހަރަށް ސިޓީ ފޮނުވުނު

18/12/22 - މިނިސްޓްރީން ގޯތީގެ އިން ވަކިކޮށްދިން (ގިބުލަ ޖަހައިނުދޭ)

19/12/22 - މިނިސްޓްރީން ގޯތީގެ އިންވަކިކުރީ ނުބައިކޮށްކަމަށް އެޗްޑީސީން އެންގި

02/01/23 - ގޯތީގެ އިން ވަކިނުކުރެވި މަސައްކަތް ހުއްޓިވާތީ ގެއްލުންވާކަމަށް އެސްޖޭ އިން މިނިސްޓްރީއަށް އެންގި

24/01/23- 02/01/23 ގައި ފޮނުވި ސިޓީއަށް ޖަވާބު ނުލިބޭތީ އިތުރު ސިޓީއެއް ފޮނުވުނު

03/01/23 - އިންވަކޮށް އަލުން މަސައްކަތް ފަށަން އެންގި

09/02/23 - ކުރެހުމާއި ގޯތީގެ ބޮޑު މިން ދިމާނުވެގެން އެމައްސަލަ ހައްލު ކުރުމަށް އެދެނު

02/04/23 - ސެޓްބެކް މައްސަލަ ހައްލުކޮށްދީ އަލުން މަސައްކަތް ފަށަން އެންގި

17/05/23 ފައުންޑޭޝަން އިންޕެކްޝަނަށް ރިކްއެސްޓް ކުރެވުނު

28/05/23 އިންޕެކްޝަން ހަދާނުދީގެން ރިމައިންޑަރ ފޮނުވުނު

24/06/23 ގައި ފައުންޑޭޝަން އިންޕެކްޝަން ހަދާދީ ކޮންކްރީޓް އެޅުމަށް ހުއްދަދެވުނު

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Aug 2026
ކެނދިކުޅުދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކް ހުޅުވައިފި
08 Aug 2026
ލިއޮނެލް މެސީގެ ބައްޕަ، ޖޯޖް މެސީ މަރުވެއްޖެ
އުމުރުން 68 އަހަރުގައި ޖޯޖް ނިޔާވީ އޭނާ އުފަން ރަށް ކަމަށްވާ އާޖެންޓީނާގެ ރޮސާރިއޯގެ ހޮސްޕިޓަލެއްގައެވެ
08 Aug 2026
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް މިއަދު ފެށުމާއެކު އެ އަތޮޅުގެ ދެ ރަށަކުން މިހާރު ޕާސްޕޯޓްގެ ހިދުމަތް ލިބޭނެއެވެ. މީގެ ކުރިން ވެރިކަންކުރާރަށް ތިނަދޫގައި ވަނީ ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށާފައެވެ.
08 Aug 2026
އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު ސާފްކުރުމުގެ މަސައްކަތް ފަށައިފި
"މަދިރިން ރައްކާ" ކެމްޕޭނުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު މިއަދު ވަނީ ސާފްކުރުމުގެ މަސައްކަތް ފަށާފައި
08 Aug 2026
ބީއެމްއެލް ވީރަން ކޯޕަރޭޓްސް ކާމިޔާބުކަމާއެކު ނިންމާލައިފި
މި ރޭހަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކާއި އިދާރާތަކާއި ޖަމްޢިއްޔާތަކަށް ހުޅުވައިލައިގެން ބޭއްވި ހަރަކާތެކެވެ
08 Aug 2026
ނޯވޭގެ ފުޓްބޯޅަ ފެޑަރޭޝަނުން ފީފާގެ ރައީސް އިންފަންޓީނޯގެ އިސްތިއުފާއަށް ގޮވާލައިފި
ދަ ގާޑިއަން އާ ވާހަކަދައްކަވަމުން ކްލެވެނެސް ވިދާޅުވީ، އިންފެންޓީނޯއާ މެދު އެ ފެޑެރޭޝަނުގެ އިތުބާރު މިހާރު މުޅިން ގެއްލިފައިވާ ކަމަށެވެ
08 Aug 2026
ފަހިދިރިއުޅުން ޓަވަރުތަކުގައި ކެމެރާ ހަރުކުރުމުގެ މަސައްކަތް ނިމެނީ
އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް އެންމެ ދަތިވާ އެއްކަމަކީ ޕާކްކުރުމުގެ މައްސަލައާއި، އެތަންތަނުގައި ދިރިއުޅޭ ކުޑަކުދިން ހިތްފަސޭހަކޮށްލާ، ކުޅެލާ ހަދާނެ ޕާކެއް ނެތުން
08 Aug 2026
ލޯނު އެއްބަސްވުމެއްގެ ދަށުން ބާސެލޯނާގެ އަރައޫހޯ ލިވަޕޫލަށް
މިފަހަރު ލިވަޕޫލާ ގުޅެނީ މި ސީޒަން ނިމެންދެން ލޯނު އުސޫލުންނެވެ.