އިމިގްރޭޝަންގެ އޮފިސަރުންތަކެއް-- ފޮޓޯ: އިމިގްރޭޝަން
ހަބަރު
25 Jan 2025 | 10:13
އާއްމު ސަރަހައްދުތައް ސިލްސިލާކޮށް މޮނިޓަރ ކުރަން އިމިގްރޭޝަނުން ނިންމައިފި!

އާއްމު ސަރަހައްދުތައް ސިލްސިލާކޮށް މޮނިޓަރ ކުރުމަށް މޯލްޑިވްސް އިމިގްރޭޝަނުން ނިންމައިފިއެވެ.

އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އާންމު ސަރަހައްދުތަކަށް އެއްވެ އުޅޭ ބިދޭސީންގެ މެދުގައި ފަހަކަށް އައިސް އާއްމު މަސްލަހަތު ގެއްލޭފަދަ ކަންކަން ހިންގަމުންދާކަން ފާހަގަ ކުރެވޭތީ، މިއަދު އިމިގްރޭޝަންގެ އެންފޯސްމަންޓް އެންޑް ކޮމްޕްލަޔަންސް ޑިވިޝަންގެ އޮފިސަރުން  ސަރަހައްދުތައް މޮނިޓަރކުރަން ފަށާފައިވާކަމަށެވެ.

އާއްމު މަސްލަހަތައް ނުރައްކާވާފަދަ މިފަދަ އަމަލުތައް ތަކުރާރުވިއަ ނުދިނުމަށްޓަކައި މި ހަރަކާތް ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށް އިމިގްރޭޝަނުން ބުނެއެވެ.

މިއާއިއެކު އިމިގްރޭޝަނުން ބުނީ، މި ހަރަކާތްތައް ކުރިއަށްދާއިރު ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްަސަލައެއް ފާހަގަވެއްޖެނަމަ ޓާސްކުފޯހުން އެފަދަ ބިދޭސީންނާ މެދު ފިޔަވަޅު އަޅާނެކަމަށެވެ.

އިމިގްރޭޝަނުން މިފަދައިން ބުނެފައިވާއިރު، އާޓިފިޝަލް ބީޗު ސަރަހައްދުގައި މިމަހުގެ ތެރޭގައި ބިދޭސީންގެ މެދުގައި  ހިންގި ހަމަނުޖެހުންތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީންތައް ޑީޕޯޓްކުރުމުގެ މަސައްކަތް އިމިގްރޭޝަނުން ފަށާފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.

ބިދޭސީން މީގެ ކުރިންވެސް ބަންދުދުވަސްދުވަހު އިރުއޮއްސޭގަޑީގައި އެ ސަރަހައްދަށް ޖަމާވެ މާރާމާރީ ހިންގަމުންގެންގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ. މިގޮތުން މިދިޔަ ޑިސެމްބަރުމަހުގެ 6 ވަނަ ދުވަހު އާޓިފިޝަލް ބީޗްގައި މާރާމާރީގައި އިސްކޮށްހުރި އަމްރިތް ސިންގު ނަމަކަށް ކިޔާ މީހަކު ވަނީ އިމިގްރޭޝަނުން ޑީޕޯޓްކޮށްފައެވެ. އެދުވަހު ހިންގި މާރާމާރީގައި ކުޑަކުއްޖަކަށްވެސް ވަނީ އަނިޔާވެފައެވެ.

ކޮމެންޓް
އޮރެންޖްބެރީ
ޔޫރަޕްގައި މުސްލިމުންނާ ދެކޮޅަށް އޮންނަ ގޮތަށް ރާއްޖޭގައި ދޮން ނަސްލު ނޫން ހުރިހާ ބިދޭސިންނާ ދޭތެރޭ ވަރަށް ބަޔަސްޑް ގޮތަކަށް ކަންތައްކުރަނީ.
25 Jan 2025
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.