ފިލިޕީންސް ކޯސްޓްގާޑް އޮފިސަރުން.. ފޮޓޯ/ ރޮއިޓާސް
ދުނިޔެ
25 Jan 2025 | 16:34
ޗައިނާއާ ދެކޮޅަށް ފިލިޕީންސްއިން ދެވަނަ މައްސަލަ ހުށަހަޅަނީ!

ޗައިނާއާއި ދެކޮޅަށް އިންސާފު ހޯދުމުގެ ދެވަނަ މައްސަލައެއް ހުށަހަޅަން ފިލިޕީންސްއިން ތައްޔާރުވެއްޖެއެވެ.

ޗައިނާގެ އަމަލުތަކުގެ ސަބަބުން ދެކުނު ޗައިނާ ކަނޑާއި، ފިލިޕީންސްގެ ޚާއްސަ އިގްތިސާދީ ސަރަހައްދުގެ ކަނޑަށް ލިބުނު ތިމާވެށީގެ ގެއްލުންތަކުގެ ބަދަލު ހޯދުމަށް ބައިނަލްއަގްވާމީ ކޯޓަކަށް މިއަހަރު ދާނެކަމަށް ފިލިޕީންސްގެ ޖަސްޓިސް ސެކްރެޓަރީ ކްރިސްޕިން ރެމުލާ ވަނީ އިއުލާންކުރައްވާފައެވެ. ފިލިޕީންސްއިން މިހާރު ބަލަމުންދަނީ އެމައްސަލަ ވައްދާނީ ބައިނަލްއަގްވާމީ ކޮން ކޯޓަކަށްތޯއެވެ. ޕާމަނެންޓް ކޯޓް އޮފް އާބިޓްރޭޝަން ނުވަތަ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު އެބައޮތެވެ.

މީގެ ކުރިން، ދެކުނު ޗައިނާ ކަނޑުގެ މައްޗަށް ޗައިނާއިން ކުރާ ދައުވާގެ މައްސަލަ ފިލިޕީންސްއިން ވަނީ ޕާމަނެންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ހުށަހަޅައިގެން، 2016 ވަނަ އަހަރު ކާމިޔާބުކޮށްފައެވެ. އެހެންކަމުން މިއީ ފިލިޕީންސްއިން ޗައިނާއާ ދެކޮޅަށް ދެކުނު ޗައިނާ ކަނޑުގެ މައްސަލައިގައި ބައިނަލްއަގްވާމީ ކޯޓަށްދާ ދެވަނަ މައްސަލައެވެ. 2016 ވަނަ އަހަރު އާބިޓްރޭޝަނުން ނިންމީ ދެކުނު ޗައިނާ ކަނޑުގެ މިލްކުވެރިކަމާމެދު ޗައިނާއިން ކުރާ ދައުވާއަކީ އަސްލެއްނެތް ދައުވާއެއްކަމަށެވެ.

ފިލިޕީންސްއިން ބުނާ ގޮތުގައި ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން ފަޅުތަކާއި ފަރުތައް ހިއްކައިގެން ހަދާފައިވާ ރަށްތަކުގެ ސަބަބުން މުޅި އެސަރަހައްދުގެ ތިމާވެށްޓާއި ކަނޑުގެ ދިރުން ވަނީ ހަލާކުވެފައެވެ. ސެންޓަރ ފޮރ ސްޓްރެޓީޖިކް އެންޑް އިންޓަނޭޝަނަލް ސްޓަޑީޒް އިން 2023 ވަނަ އަހަރު ނެރުނު ރިޕޯޓެއްގައި އަންދާޒާކުރި ގޮތުގައި ޗައިނާއިން ބިން ހިއްކުމުގެ ސަބަބުން 1900 ހެކްޓަރާއި ގާތްކުރާ މިންވަރަކަށް ފަރުތައް ވަނީ ހަލާކުވެފައެވެ. ފިލިޕީންސްއިން ބުނީ މިއީ މަދަނީ މައްސަލައެއްކަމަށާއި، އެގައުމުން އެދޭނީ ޗައިނާގެ އަމަލުތަކުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ނަގައިދިނުމަށް ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އުރުދުންގެ އަލްއަޒްރަޤް ވައިގެ މަރުކަޒަކީ ކޮބާ؟ އީރާނުން އެ ތަނަށް ހަމަލާދެނީ ކީއްވެ؟
ހޮރްމޫޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް އެމެރިކާ އާއި އީރާނުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ތެރޭގައި، އުރުދުންގައި ހުންނަ އަދި އެމެރިކާގެ ސިފައިންނާއި އަސްކަރީ ވަސީލަތްތައް ގާއިމުވެފައިވާ އަލްއަޒްރަޤް އެއާބޭސް އަށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކަކީ އެމެރިކާގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އީރާނުން ބުނެއެވެ.
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ
10 Sep 2026
ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މެޓުން ހުދު ސމަާލު ނެރުނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.