ރަށު އެކްސްޕޯ 2025 ގެ ވެނިއު ޕާޓްނަރަކަށް އެޗްޑީސީ ހަމަޖެއްސުން--
ހަބަރު
25 Jan 2025 | 13:15
ރަށު އެކްސްޕޯ 2025 ގެ ވެނިއު ޕާޓްނަރަކަށް އެޗްޑީސީ

ދަ ޓްރެވަލް ގައިޒްއިން އިންތިޒާމްކޮށްގެން ބޭއްވުމަށް ތައްޔާރުވަމުންދާ "ރަށު އެކްސްޕޯ 2025" ގެ ވެނިއު ޕާޓްނަރަކަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ހަމަޖައްސައިފިއެވެ.

ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި، މުޖުތަމަޢުގެ ކުރިއެރުމަށާއި،  ރާއްޖޭގެ ވިޔަފާރިތައް ކުރިއެރުވުމަށް އެޗްޑީސީން ދޭ އެއްބާރުލުން ފާހަގަކޮށް ދަ ޓްރެވަލް ގައިޒް އިން ބުނީ، ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަށު އެކްސްޕޯ އަކީ ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ގެސްޓްހައުސްތަކުގެ ޚިދުމަތްތައް ދައްކުވައިދީ، ޚާއްޞަ ޕެކޭޖުތައް ސީދާ ރާއްޖޭގެ ރައްޔިތުންނަށް ވިއްކުމަށް ލިބޭނެ ހަރުދަނާ މަންސައެއްކަމަށެވެ. ހުޅުމާލޭ ސެންޓްރަލް ޕާކަކީ އެޗްޑީސީގެ ބެލުމުގެެލުމުގެ ދަށުގައިވާ ތަނަކަށްވުމާއެކު، މި ޕާޓްނާޝިޕްގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ރަނގަޅު ވެނިއުއެއް ލިބިގެންދާނެއެވެ.

ދަ ޓްރެވަލް ގައިޒް އިން ބުނި ގޮތުގައި  ފަސޭހައިން ވަދެވޭގޮތަށް ހުރުމާއި، މުޖުތަމަޢަށް އަމާޒުކޮށްގެން ފަރުމާކުރެވިފައިވާ ގޮތުން ސެންޓްރަލް ޕާކަކީ  ރާއްޖޭގެ ވިޔަފާރިތަކާއި ދިވެހި ދަތުރުވެރިންނާ ގުޅުން ބަދަހިކުރުމަށް ޚާއްޞަކުރެވިފައިވާ މިފަދަ އިވެންޓަކަށް އެންމެ އެކަށޭނަތަނެވެ.

މިކަމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ދަ ޓްރެވަލް ގައިޒްގެ ޑިރެކްޓަރ ޑރ. ޙުސައިން ސަނީ ޢުމަރު ވިދާޅުވީ، މި ޕާޓްނާޝިޕާއި މެދު ފަޚުރުވެރިވެލައްވާކަމަށާއި، އަމާޒަކީ އެޗްޑީސީގެ އެހީއާއިއެކު މިއީ ބައިވެރިވާ ފަރާތްތަކަށާއި ޒިޔާރަތްކުރާ ފަރާތްތަކަށް ފައިދާހުރި އެކްސްޕޯއަކަށް ހެދުންކަމަށެވެ.

"ރަށު އެކްސްޕޯ 2025" ބޭއްވުމަށް ހަމަޖެހިފައިވަނީ، އަންނަ ފެބުރުއަރީމަހުގެ 13 އިން 15 އަށް ހުޅުމާލޭ ސެންޓްރަލް ޕާކްގައެވެ. ރަށު އެކްސްޕޯއަކީ ދިވެހިރާއްޖޭގެ ރަށްތަކުގެ ރީތިކަމާއި ސަގާފަތާއި އެކިއެކި ހަރަކާތްތައް ދައްކުވައިދޭގޮތަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް އިންތިޒާމުކުރާ މިބާވަތުގެ ފުރަތަމަ އެކްސްޕޯއެވެ.

"ރަށު އެކްސްޕޯ 2025"ގެ އިތުރު ޕާޓްނަރުންގެ ތެރޭގައި ޓޫރިޒަމް މިނިސްޓްރީ، މޯލްޑިވްސް މާކެޓީން ޕީއާރު ކޯޕަރޭޝަން، ފާހަގަކޮށްލެވެއެވެ. މި އެކްސްޕޯގެ މީޑިއާ ޕާޓްނަރަކީ ވޮއިސް އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.