ވަޒީރު ޠާރިގު-- ފޮޓޯ: ވޮއިސް
ހަބަރު
26 Jan 2025 | 16:30
ގްރިޑް ސިސްޓަމްއާއި ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ހަރުކުރުމުގެ މަސައްކަތްތައް މިދަނީ ކުރަމުން: ވަޒީރު ޠާރިގު

ރަށްރަށުގައި ސޯލާ ހަރުކުރުމުގެ މަސައްކަތްތަކުގެ ތެރެއިން ގްރިޑް ސިސްޓަމްތަކާއި ބެޓަރީ ސިސްޓަމް ހަރުކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ހަކަތައާބެހޭ ވަޒީރު ޠާރިގު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވަޒީރު ޠާރިގު މިފަދައިން ވިދާޅުވީ، ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަަކަފުޅު ދައްކަވަމުންނެވެ.

މިހާރު ކުރިއަށްގެންދާ އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތަކުގެ ތެރެއިން ގްރިޑް ސިސްޓަމްއާއި ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ހަރުކުރުމުގެ މަސައްކަތްތައް ކުރަމުން ދާކަމަށާއި، މިހާރުވެސް 18 ރަށެއްގައި ބެޓެރީ ސިސްޓަމްތައް ހަރުކުރުމުގެ މަސައްކަތް ކުރަމުންއަންނަކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ޠާރިގު ވިދާޅުވީ، ބެޓެރީ ސިސްޓަމް ލުމުން ސޯލާ ޕެނަލުން އުފައްދާ ހަކަތަ އެވަގުތު ބޭނުން ނުކުރެވުނަސް ބެޓެރީގައި ރައްކާކޮށްގެން ރޭގަނޑު ބޭނުން ކުރެވޭނެކަމަށާއި، މިފަދައިން ކަންކުރާ ރަށްރަށުގައި 8 ގަޑިއިރުވެސް އެއްކޮށް ކަރަންޓް ނިއްވާލެވޭކަމަށެވެ.

"ވަރަށް ގިނަ ރަށްރަށުގައި ގްރިޑްގެ މަސައްކަތްތައްވެސް އެބަ ކުރަން. މިއީ ޕްރައިވެޓް ސެކްޓައިން އިންވެސްޓް ކޮށްގެން ކުރެވޭ މަސައްކަތްތަކެއް ނޫން. އެހެންވީމަ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓްއިން ކުރެވޭ މަސައްކަތްތައް މިއީ. ބެޓަރީ ލީމަ އަޅުގަނޑުމެން ޖަހާ ހުރިހާ ސޯލާ ޕެނަލްއެއްގައި އެ ވަގުތެއްގައި ބޭނުން ނުކުރެވޭނަމަ ބެޓެރީގައި ސްޓޯކުރުމަށްފަހު ރޭގަނޑު ބޭނުން ކުރެވޭނެ. އެކަން ކުރުމުގެ މަސައްކަތް މިދަނީ ކުރަމުން. މިހެން ޖެހިފައި ހުންނަ ރަށްރަށުގައި 8 ގަޑިއިރުވެސް އެއްކޮށް ކަރަންޓް ނިއްވާލެވޭ އެއްކޮށް" 

ވަޒީރު ޠާރިގު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ވަޒީރު ވިދާޅުވީ، ރަށްރަށުގައި މިހާރު އޮތް ކޭބަލް ނެޓްވޯކް ސިސްޓަމްއަކީ ދުވަސްވެފައިވާ ސިސްޓަމްއެއްކަމަށާއި، ރަށްރަށުގައި ކުރިން އަޅާފައިވާ ކޭބަލް ނެޓްވޯކް ދުވަސްވުމުގެ ސަބަބުން ރަނގަޅު ކުރަން ޖެހިފައިވާކަމަށެވެ.

އިއާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތައް ކުރިއަށްގެންދާއިރު ރަށްރަށުގެ ނެޓްވޯކްތައް ރަނގަޅުކޮށް ބެޓެރީ ސިސްޓަމްތައްވެސް ހަރުކުރަން ޖެހޭކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، މިހާރު ކޭބަލް ނެޓްވޯކްތައް ހުރިގޮތުން އެންމެ ގިނަވެގެން ޖެހެނީ އިއާދަކުރަނިވި ހަކަތައިގެ 30 އިންސައްތަ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Jun 2026
ސްޓޭޑިއަމުން ހުސްގޮނޑި ފެންނަ މައްސަލާގައި، ފީފާއަށް ގޯސްވީ ސަޕޯޓަރުން
ފީފާއިން ބުނީ ސްޓޭޑިއަމްގައި މެޗް ބަލަންތިބޭ މީހުންގެ އަދަދު މަދުވެ ހުސްގަނޑި ފެންނަނީ، ދަނޑަށް ވަންނަ މީހުން އެމީހުންގެ ގޮނޑިތަކުގައި އިށީނދެ ތިބުމުގެ ބަދަލުގައި، ސްޓޭޑިއަމްގެ އެތެރޭގައި ހުންނަ ހިނގާ މަގުތަކުގައި މެޗްބަލަން ތިބޭތީކަމަށެވެ
13 Jun 2026
އިންޑިއާ ވައިގެ ސިފައިންގެ މަތިންދާބޯޓެއް ވެއްޓިއްޖެ
50 މީހުންގެ ޖާގައިގެ 'އެންޓޮނޯވް އެން-32' މަރުކާގެ މަތިންދާބޯޓު އާސާމް ސްޓޭޓްގެ ޖޯރްހަޓްގައި އޮންނަ އެއާބޭސްއަށް ޖައްސަން އުޅުމުގެ ތެރޭގައެވެ. ނަމަވެސް، އެ ބަޔާނުގައި މި ހާދިސާގައި މަރުވި މީހުންގެ ތަފްސީލެއް ނުވަތަ ބޯޓުން ދަތުރުކުރި މީހުންގެ ޖުމްލަ އަދަދެއް ހާމަކޮށްފައެއް ނުވެއެވެ
13 Jun 2026
ކޮރަޕްޝަން ނައްތާލެވޭނީ ސިވިލް ސާވިސް މުއައްޒަފުންނަށް: ޝަފީއު
މާލީބޮޑެތި ކޮރަޕްޝަނުގެ މައްސަލަތައް ފެންމަތިވަނީ އިދާރީ ނިޒާމްގެ ތެރެއިން ހިންގޭ ނޭދެވޭ ކަންތައްތަކުގެ ސަބަބުން
13 Jun 2026
ވަތަނީ ހިދުމަތުން ސިފައިންގެ ހިދުމަތަށް ކުރިމަތިލީ ބައިވެރިންނަށް ރައީސް ހިތްވަރު ދެއްވައިފި
ވަތަނީ ހިދުމަތުގެ އިނީޝަލް ތަމްރީނު ގެ ފުރަތަމަ ބެޗު ނިންމާ، އެކިއެކި ދާއިރާތަކުން ވަޒީފާ ހޯދުމަށް ހުޅުވާލި ފުރުޞަތުގައި ސިފައިންގެ ޚިދުމަތަށް ކުރިމަތިލި ޒުވާނުންނަށް ހިންގުނު 72 ވަނަ ސިފައިންގެ އަސާސީ ތަމްރީނު ކޯހުން ރާއްޖޭ 20 އަތޮޅެއްގެ 70 ރަށަކަށް ނިސްބަތްވާ، 137 ދަރިވަރުން ވަނީ ބައިވެރިވެފައެވެ
13 Jun 2026
ދ.މީދޫ ކައުންސިލް ރައީސް ހޯވުމަށް ވޯޓުލުން ކުރިއަށްދަނީ
އިންތިހާބުގެ ވޯޓުލުން މިއަދު ފަށާފައިވާއިރު، ދެވަނަ ފަހަރަށް ވޯޓުނެގުން ކުރިއަށްގެންދަން ޖެހުނީ ހައިކޯޓުގެ އަމުރަކާ ގުޅިގެންނެވެ
13 Jun 2026
ޕަރަގުއޭ ބަލިކޮށް ވަރލްޑްކަޕްގެ ފެށުން އެމެރިކާ ރަނގަޅުކޮށްފި
އެމެރިކާއިން ޕަރަގުއޭ ބަލިކުރިއިރު، މިއި ވަރލްޑްކަޕްގައި އެޓީމަށް ނެރެވުނު އެންމެ ރަނަގޅު ނަތިޖާއެވެ.
13 Jun 2026
ގާނާގެ ތޯމަސް ޕާޓޭއަށް ކެނެޑާއަށް ވަނުމުގެ ހުއްދައެއް ނުލިބުނު
ވަރލްޑްކަޕްގައި ގާނާ ކުޅޭ ފުރަތަމަ މެޗް އޮންނާނީ އަންނަ ބުދަ ދުވަހު ޓޮރޮންޓޯގެ ބީ.އެމް.އޯ ފީލްޑްގައި ޕެނަމާއާ ދެކޮޅަށެވެ
13 Jun 2026
ބޮސްނިއާ އާއި ކެނެޑާ މެޗް ނިމުނީ އެއްވަރުވެގެން
މިމެޗް އެއްވަރުވެގެން ނިމުނުއިރު، މިއީ ވަރލްޑްކަޕް މުބާރާތުގެ މެޗެއް ބަލިނުވެ، ކެނެޑާއިން ނިންމާލި ފުރަތަމަ ފަހަރެވެ