މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް.. ފޮޓޯ: މަޖިލީހުގެ އިދާރާ
ހަބަރު
26 Jan 2025 | 20:36
ބިލުގެ މަޤްސަދަކީ މިނިވަންކަން ނަގާލުމެއް ނޫން: ނާޒިމް

ނޫސްވެރިކަމާ އިންޓަރނެޓް ރެގިއުލޭޓް ކުރާ ބިލެއް އެކުލަވާލަނީ މީޑިއާގެ މިނިވަންކަން ނަގާލުމުގެ މާނައެއްގައި ނޫންކަމަށް މަޖިލީހުގެ ނައިބު ރައީސް އަދި ޕީއެންސީގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ސަން މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި މެމްބަރު ނާޒިމް ވިދާޅުވެފައިވަނީ، ރާއްޖޭގައި ނޫސްވެރިކަމާއި އިންޓަރނެޓްގެ ވަސީލަތްތައް ރެގިއުލޭޓް ނުކުރެވޭކަމަށާއި، އެހެންކަމުން އެކަންކަން ކުރުމަށްޓަކައި ބިލެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންގެންދާކަމަށެވެ. މިކަމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެފައިވަނީ، ނޫސްވެރިކަމާ އިންޓަރނެޓް ރެގިއުލޭޓް ކުރާ ބިލެއް ތަޢާރަފް ކުރުމަށް ސަރުކާރުން އެެއްވެސް މަސައްކަތެއް ނުކުރައްވާކަމަށެވެ. ހިނާ ވިދާޅުވީ، ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައިވެސް އެފަދަ ބިލެއް ހިމެނިފައި ނުވާނޭ ކަމަށާއި. ކުރިއަށްއޮތް ތަނުގައިވެސް ސަރުކާރުން އެފަދަ ބިލެއް ތަޢާރަފް ކުރުމުގެ ވިސްނުމެއްނެތްކަމަށެވެ.

މިކަމާ ގުޅިގެން ބައެއް ނޫސްތަކުން އެހަބަރު ފަތުރަމުންގެންދާ ގުޅޭގޮތުން ނާޒިމް އެކްސްގައި ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ނޫސްވެރިކަމާއި އިންޓަރނެޓް ރެގިއުލޭޓްކުރާ ބިލެއް އެކުލަވާލުމުގެ މަސައްކަތް ކުރަނީކީ މީޑިއާގެ މިނިވަންކަން ނަގާލުމުގެ ނިޔަތުގައި ނޫންކަމަށެވެ. ނާޒިމް ވިދާޅުވީ އޭނާއަކީ އެއްވެސް ޒަމާނެއްގައި މިނިވަން މީޑިއާއާ ދެކޮޅު ފަރާތެއް ނޫންކަމަށާއި، އަދި މިނިވަން މީޑިއާއަށް ހުރަސް އަޅާނޭ މީހެއްވެސް ނޫންކަމަށެވެ. އެފަދަ ކަމަކަށް ދުވަހަކުވެސް ތާއީދު ނުކުރައްވާނޭކަން ފާހަގަކުރްވަމުން ނާޒިމް ވިދާޅުވީ، އޭނާގެ ބަރުލަމާނީ ހަޔާތުގައި މިހާތަނަށް މި ވޭތުވެދިޔަ ދިގުމުއްދަތުގައި ރައްޔިތުންނާ ގުޅުންހުރި އަދި ރައްޔިތުންގެ ހައްޤުތައް ހިމާޔަތްކުރާނޭ ކަންކަމުގައި ވާނީ ވަކާލާތުކޮށް ކާމިޔާބުކޮށްފައި ކަމަށެވެ.

ނާޒިމް ވިދާޅުވީ މީޑިއާއަކީ މިއަދު ވަރަށްބޮޑު މިނިވަންކަމަކާއި ބާރެއް ލިބިފައިވާ، އަދި ޑިމޮކްރެޓިކް މުޖުތަމައުއެއްގެ އެއް އަސާސްކަން އެއްގޮތަކަށްވެސް ހަނދާން ނައްތާލައިގެން ނުވާނޭ ކަމަށެވެ. ރާއްޖޭގެ މީޑިއާތައް ރެގިއުލޭޓް ކުރުމަށް 2 މުއައްސަސާއެއް އޮތްނަަވެސް އެންމެ ފުރިހަމަ ގޮތުގައި ދެ މުއައްސަސާ ހިނގަމުން ނުދާކަމަށް ހުދު މީޑިއާތަކުންވެސް ޤަބޫލުކުރާ ކަމަށެވެ. މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަނަށް އިޝާރާތް ކުރައްވައި ނާޡިމް ވިދާޅުވީ މިއީ ދައުލަތުގެ ރިސޯސްތައް ޑުޕްލިކޭޓްވުމުގެ އިތުރުން ނަތީޖައެއް ނުނެރެވޭ ފަދަ ގޮތަކަށް އޮތް ދެ މުއައްސަސާކަން ފާހަގަކުރައްވަމުން ނާޒިމް ވިދާޅުވީ މިދިޔަ އަހަރު އެކަނިވެސް އެ ދެ މުއައްސަސާއަށް 18 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާކަމަށެވެ. 

ނާޒިމް ވިދާޅުވީ އޭނާގެ މަޤްސަދަކީ މިފަދަ ދޯހަޅި ގޮތްތަކަށްހުރި މުއައްސަސާތައް ރިފޯމްކުރުން ކަމަށާއި މީޑިއާތަކުންވެސް ބޭނުންވަނީ އެމީހުންގެ ހަޤީޤީ ބެލެނިވެރި ފަރާތަކީ ކޮބައިތޯ ދެނެގަތުމާއި، ، އަދި އެ ބެލެނިވެރި ފަރާތަކީވެސް އެމީހުންގެ ހައްޤުގައި އަޑުއުފުލާނެ ހަޤީޤީ ބާރުވެރި ފަރާތެއް ޔަޤީންކޮށް ކަށަވަރުކުރުން ކަމަށެވެ.

ފަހަކަށްއައިސް ސޯޝަލް މީޑިއާގެ އެކިއެކި ވަސީލަތްތައް ޒުވާނުން ބޭނުންކުރާ މިންވަރު ވަނީ ވަރަށްބޮޑަށް އިތުރުވެފައެވެ. ޒުވާނުން މުނިފޫހިފިލުވުމުގެ އިތުރުން ޒުވާނުން އާމްދަނީ ހޯދުމާއި އަދި އެމީހުންގެ ޝުއޫރުތައް ފާޅުކުރާ އެންމެ ވަރުގަދަ ވަސީލަތަކީ ސޯޝަލް މީޑިއާކަމުގައި މިއަދު ވަނީ ވެފައެވެ. ނާޒިމް ވިދާޅުވީ ސޯޝަލް މީޑިއާގެ ވަސީލަތްތައް ރެގިއުލޭޓްކުރުމަކީ މުހިއމްު ކަމެއްކަން ހުރިހާ ފަރާތްތަކުންވެސް އެއްބަސްވާނެ ކަމަށާއި، އެއީ އެއްވެސް ހާލެއްގައި އެފަދަ ވަސީލަތްތައް ބްލޮކްކޮށް ނުވަތަ މީޑިއާގެ މިނިވަންކަމަށް ހުރަސްއެޅުން ނޫންކަމަށެވެ. 

ސޯޝަލް މީޑިއާގެ ވަސީލަތްތައް ބޭނުންކުރާއިރު އަނެކާގެ އަބުރާއި އިއްޒަތަކީ އެންނާނެ އެއްޗެއްކަން ދެނެގަންނަން ޖެހޭ ކަމަށާއި، އަނިޔާލިބޭ ފަރާތުން އިންސާފް ހޯދުމަށް ދޮރުގައި ޓަކިޖަހާއިރު އިންސާފު ހޯދައިދިނުމަށް އޮންނާނެ ވަސީލަތަކީ ކަޅާއި ހުދުން ލިޔެފައި އޮންނަ ޤާނޫނު ކަމަށާއި، އަދި މިވަގުތު އެފަދަ ޤާނޫނެއް ރާއްޖޭގައި ނެތްކަމަށް ނާޒިމްގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. 

މުޅި ދުނިޔޭގައިވެސް ސޯޝަލް މީޑިއާގެ ނުފޫޒު ކުއްލިއަކަށް ވަރުގަދަވޗެގެން އާއިރު، ގިނަ ޤައުމުތަކުގައި މިހާރުވެސް މިފަދަ ކަންކަމަށް ފިޔަވަޅުތައް އަޅަން ފަށާފައިވާކަމަށާއި، ހާއްސަކޮށް ތަރައްޤީ ވެފައިވާ މިނިވަން ޤައުމުތަކުގައިވެސް މިފަދަ ޤާނޫނުތައް ޑްރާފްޓްކޮށް އަދި ބައެއް ޤައުމުތަކުގައި ޤާނޫނުތައް ފާސްކޮށް އަމަލުކުރަމުންވެސް އަންނަކަަށް ނާޒިމްގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ