ޑިމޮކްރެޓްސް މެމްބަރުން އީސީ އާއެކު ބޭއްވި ބައްދަލުވުމެއްގައި.. ފޮޓޯ: ޑިމޮކްރެޓްސް
ހަބަރު
26 Jan 2025 | 21:16
ޑިމޮކްރެޓްސް މެމްބަރުން އޮޅުވާލައިގެން ޕީއެންސީއަށް ވެއްދި މައްސަލަ ފުލުހަށް ހުށަހަޅައިފި

ޑިމޮކްރެޓްސް މެމްބަރުން އޮޅުވާލައިގެން ސަރުކާރު ހިންގާ ޕީއެންސީއަށް ވެއްދި މައްސަލަ ފުލުހަށް ހުށަހަޅައިފިއެވެ.

މިކަމާގުޅިގެން ޑިމޮކްރެޓްސްއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ވަގު ފޯމުތަކެއް ފުރައިގެން އެ ޕާޓީގެ އެތަކެއް މެމްބަރަކު ޕީއެންސީ އަށް ވައްދާފައިވާކަމަށެވެ. ޑިމޮކްރެޓްސް އިން ބުނީ އެ މައްސަލައާއި ގުޅިގެން ދިވެހިރާއްޖޭގެ ގާނުނުލްއުގޫބާތުގެ 310 ވަނަ މާއްދާގައި ބަޔާންކުރާ ހަމަތަކުގެ މަތިން އެ މައްސަލަ ތަހުގީގުކޮށް، އެ އަމަލު ހިންގި މީހުންގެ މައްޗަށް ޖިނާއީ ދައުވާ އުފުލައިދިނުމަށް ފުލުހުންގެ މުއައްސަސާއަށް މިއަދު ހުށަހަޅާފައިވާކަމަށެވެ.

މީގެ އިތުރުން ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 49 ވަނަ މާއްދާގައި ބަޔާންކުރާ ހަމަތަކުގެ ދަށުން އެ ފަރާތްތައް ޖޫރިމަނާކޮށް، މި ޕާޓީގެ ދަފްތަރުން އުނިކޮށްފައިވާ މެމްބަރުންގެ މެމްބަޝިޕް އަލުން އިއާދަކޮށްދިނުމަށް އިލެކްޝަން ކޮމިޝަނަށް ހުށަހަޅާފައިވާނޭކަމަށްވެސް ޑިމޮކްރެޓްސް އިން ބުނެއެވެ.

ޕީއެންސީން ވަގަށް ފޯމްތަކެއް ފުރި މައްސަލައިގަ އިދިކޮޅު މައި ޕާޓީ، އެމްޑީޕީންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެމްޑީޕީން އެ މައްސަލަ ވަރަށް ސީރިއަސްކޮށް ނަގާފައިވައިރު، އެޕާޓީން ވަނީ މި މައްސަލަ ބަލައިދިނުމަށްއެދި ކަމާބެހޭ އިދާރާތަކަށް ހުށަހަޅާފައެވެ. މީގެ އިތުރުން މި މައްސަލާގައި ދާހިލީ ވަޒީރު އަލީ އިހްސާނުގެ ބައިވެރިވުން އޮތްކަމަށް ބެލެވޭތީ، އެމްޑީޕީގެ މެމްބަރުން ވަނީ މިނިސްޓަރު އިހްސާން ވަކިކުރުމަށް މަޖިލީހަށްވެސް ހުށަހަޅާފައެވެ.

އޮޅުވާލައިގެން ޕީއެންސީއަށް މީހުން ވެއްދުމުގެ މައްސަލަތަކެއް ފެންމަތިވެފައިވާއިރު، ވެއްދި މީހުންގެ ތެރޭގައި އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ހިމެނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.