ޕީއެންސީ ހަރުގެ ޖަލްސާގައި ނިހާދު ވާހަކަދައްކަވަނީ: ފޮޓޯ/ ޕީއެންސީ
ހަބަރު
27 Jan 2025 | 10:14
ނިހާދު، ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް ބަދަލުކޮށްފި

ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުރެ، ފަތުރުވެރިކަމަށް ގެއްލުންވާ ގޮތަށް، ޓެރަރިޒަމްގެ ވާހަކަ ދެއްކުމާ ގުޅިގެން ސަސްޕެންޑު ކުރި މުޙައްމަދު ނިހާދު، ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައްޔަން ކޮށްފިއެވެ.

ނިހާދު ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުން މިދިޔަ ޑިސެމްބަރު މަހުގެ 24ވަނަ ދުވަހު ސަސްޕެންޑު ކުރީ ވެރިކަންކުރާ ޕީއެންސީން ބޭއްވި ޖަގަހަ ޖަލްސާއެއްގައި އެމްޑީޕީން ރާއްޖޭގެ ޓޫރިޒަމަށް ގެއްލުންތަކެއް ދިނުމަށް މަސައްކަތްކުރާކަމަށް ވާހަކަތަކެއް ދައްކާފައިވަނިކޮށެވެ.

އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނިހާދު ވަނީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 2 މިލިއަނާ ހަމަކުރަން ސަރުކާރުން މަސައްކަތް ކުރަމުންދިޔައިރު ފަތުރުވެރިކަމަށް ހުރަސް އެޅުމަށް އެމްޑީޕީ މަސައްކަތްކުރަމުންދާކަމުގެ ތުހުމަތުކޮށްފައެވެ.

މިގޮތުން ނިހާދު ވަނީ މާލެ ކައިރީގައި އެއް ފަޅުތެރެއެއްގައި އޮތް ތިން ރިސޯޓެއްގައި އެމްޑީޕީން ބައްދަލުވުމެއް ބާއްވަން އެދުމުން މި ދުވަސްކޮޅު ރިސޯޓް ފުލްވެފައިވާތީ ނުބޭއްވޭނެ ކަމަށް އެންގުމުން ހުއްދަ ނުލިބުނަސް އެ ރިސޯޓަށް އެމްޑީޕީން އަރާނެ ކަމުގެ އިންޒާރު އެޕާޓީން ދީފައިވާ ކަމަށް ވިދާޅުވެފައެވެ.

އަދި އެގޮތަށް ރިސޯޓަށް އެރުމުގެ ފަހަތުގައި ހުންނެވީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ކަމަށްވެސް އެ ޖަލްސާގައި ނިހާދު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.