ކައުންސިލް ތަކަށް ފަޅުރަށްތައް ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ/ ވޮއިސް
ހަބަރު
27 Jan 2025 | 12:20
ދ އަތޮޅު ކައުންސިލާއި، އިނގުރައިދޫ އަދި މާވަށު ކައުންސިލަށް ރަސްމީކޮށް ފަޅުރަށްތައް ހަވާލުކޮށްފި

ދ އަތޮޅު ކައުންސިލާއި، ރ.އިނގުރައިދޫ އަދި ލ. މާވަށު ކައުންސިލަށް ފަޅުރަށްތައް ރަސްމީކޮށް ހަވާލުކޮށްފިއެވެ. އެގޮތުން، މާލީ ގޮތުން ކައުންސިލްތައް ބާރުވެރިކުރުމަށްޓަކައި، ފަޅުރަށްތައް ކައުންސިލްތަކާ ހަވާލުކުރެއްވުމުގެ އުސޫލުގެދަށުން 4 ފަޅުރަށެއްވަނީ ހަވާލުކުރައްވާފައެވެ.

މިކަމަށް ޚާއްސަކޮށް މިއަދު މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާގައި ބޭއްވުނު ރަސްމިއްޔާތުގައި، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއާއި، މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާ ގުޅިގެން އެކަމުގެ އެއްބަސްވުމުގައި ކައުންސިލްތަކާއެކުވަނީ ސޮއިކުރައްވާފައެވެ.

ފަޅުރަށްތައް ހަވާލުކުރި ކައުންސިލްތައް:

* ދ.އަތޮޅު ކައުންސިލަށް ހަވާލުކޮށްފައިވަނީ ދ. މިނިމަސްގަލި އާއި ދ. ފެންފުށި

* ރ.އިނގުރައިދޫ ކައުންސިލަށް ހަވާލުކޮށްފައިވަނީ ރ.ނެޔޮ 

* ލ.މާވަށު ކައުންސިލާ ހަވާލުކޮށްފައިވަނީ ލ.ބޮޑުމާބުޅަލި

ކައުންސިލް ތަކަށް ފަޅުރަށްތައް ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ/ ވޮއިސް

މި އެއްބަސްވުންތަކުގައި ދ. އަތޮޅު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އަތޮޅު ކައުންސިލްގެ ރައީސް އަޙްމަދު ޝާފިޢުއެވެ. އެއްބަސްވުމުގައި ރ. އިނގުރައިދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އިނގުރައިދޫ ކައުންސިލްގެ ރައީސް މުޙައްމަދު ޖަލީލްއެވެ. އަދި ލ. މާވަށު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ މާވަށު ކައުންސިލްގެ ރައީސް އަޙްމަދު މޫސާއެވެ.

މި އެއްބަސްވުންތަކުގައި މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަޙްމަދު މާޒިންއެވެ.

ކައުންސިލް ތަކަށް ފަޅުރަށްތައް ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ/ ވޮއިސް

މިއީ، ކައުންސިލްގެ އިޚްތިޞާޞުން ބޭރުން، ފަޅުރަށްރަށް ކައުންސިލްތަކަށް ދޫކުރެވޭ އެންމެ ފުރަތަމަ ފަހަރެވެ.

ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނިގެން، ގަވާއިދަށް އިޞްލާޙު ގެނެވި، ފުރުސަތު ހުޅުވާލެވި، ކައުންސިލްތައް ބާރުވެރިކުރުވުމަށް މަސައްކަތްކުރެވި، ފުރުސަތު ފަހިކޮށްދެވިގެން، މިއަދު 3 ކައުންސިލަކަށް ރަށްތައް ދޫކުރެވިފައިވާއިރު، ރަށަށާއި އަތޮޅަށް ފައިދާވާގޮތަށް އެތަންތަނުގެ ބޭނުން ހިފުމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު ޢާދަމް ޝަރީފް ޢުމަރު ވަނީ އެދިވަޑައިގެންފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.