ވަޒީރު ޝަފީއު-- ފޮޓޯ: އެޑިޔުކޭޝަން މިނިސްޓްރީ
ހަބަރު
27 Jan 2025 | 12:09
މާލޭގައި މަތީ ސާނަވީ ކިޔަވަން ފެށި ދަރިވަރުންގެ އަދަދު 109 އިންސައްތަ އިތުރުވެއްޖެ

މާލޭގެ ސްކޫލުތަކުގައި މަތީ ސާނަވީ ތައުލީމު ހާސިލުކުރާ ދަރިވަރުންގެ އަދަދު 109 ޕަސަންޓަށް އިތުރުވެފައިވާކަމަށް ތައުލީމާއި ބެހޭ ވަޒީރު ޑރ.އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.

ވަޒީރު ޝަފީއު މިފަދައިން ވިދާޅުވީ، އެނުއަލް ޖޮއިންޓް އެޑިޔުކޭޝަން ސެކްޓަރ ރިވިއު"ގެ ނަމުގައި ކުރިއަށްގެންދާ ސަމިޓު ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިގޮތުން ވަޒީރު ޝަފީއު ވިދާޅުވީ،  މިދިޔަ އަހަރުގެ ތެރޭގައި މަތީ ސާނަވީ ތަޢުލީމު ކިޔަވާ ދަރިވަރުންގެ އަދަދު އިތުރުކުރުމަށް ކުރިއަށް ގެންދެވުނު ޕައިލެޓް ޕްރޮގްރާމްގެ ތެރެއިން، މާލޭގެ ސްކޫލުތަކުގައި މަތީ ސާނަވީ ތައުލީމު ހާސިލުކުރާ ދަރިވަރުންގެ އަދަދު 109 ޕަސަންޓަށް އިތުރުވެފައިވާއިރު، އަތޮޅުތެރޭގައި މަތީ ސާނަވީއަށް ކިޔާ ދަރިވަރުންގެ އަދަދު 54 އިންސައްތަ މަތިކުރެވިފައިވާކަމަށެވެ.

"ޕައިލެޓް ޕްރޮގުރާމްގެ ތެރެއިން މާލޭގެ ސްކޫލްތަކުގައި ކިޔެވި ދަރިވަރުންގެ ތެރެއިން މަތީ ސާނަވީ ތަޢުލީމު ކިޔަވަން ފެށި ދަރިވަރުންގެ އަދަދު 109 އިންސައްތަ އިތުރުކުރެވިއްޖެ. އަތޮޅުތެރޭގައި 54 ޕަސެންޓް މަތި ކުރެވިއްޖެ"

ވަޒީރު ޝަފީއު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ވަޒީރު ވިދާޅުވީ، މި ޕްރޮގްރާމްގެ ދަށުން މަތީ ސާނަވީ ތަޢުލީމު ކިޔަވަން ފެށި ދަރިވަރުންގެ އަދަދު 2023 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު 77 އިންސައްތަ އިތުރުކަމަށެވެ.

މިއާއިއެކު، މަތީ ސާނަވީ ތަޢުލީމު ކިޔެވުމަށް ހުރި ޖާގަ އިތުރުކުރުމަށްޓަކައި ކުރެވޭ މަސައްކަތުގެ ތެރެއިން ޖާގަ އިތުރުކުރުމުގެ އައު މަސައްކަތްތަކެއް މިއަހަރު މާލޭގައި ފެށޭނެކަމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.