ތިނަދޫ ސިޓީ ކައުންސިލް އިދާރާގައި ފުލުހުން ހަރަކާތްތެރިވަނީ-- ފޮޓޯ: ތިނަދޫ ސިޓީ ކައުންސިލް އިދާރާ
ހަބަރު
27 Jan 2025 | 12:51
ތިނަދޫ ސިޓީ ކައުންސިލުގެ ތަކެތި ވަގަށް ގެންދިޔަކަމުގެ ތުހުމަތު އޭސީސީން ދޮގުކޮށްފި

ގދ. ތިނަދޫ ސިޓީ ކައުންސިލުގެ އިދާރާގެ ތަކެތި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަގަށް ގެންދިޔަ ކަމަށް ކުރި ތުހުމަތު އޭސީސީން ދޮގު ކޮށްފިއެވެ.

މިއަދު ތިނަދޫ ސިޓީ ކައުންސިލުން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ، އޭސީސީގެ ނަމުގައި އައި ބަޔަކު ތިނަދޫ ސިޓީ ކައުންސިލްގެ ގިނަ އަދަދެއްގެ ތަކެތި ވަގަށް ނަގާފައިވާކަމަށާއި، މި މައްސަލަ ފުލުހަށް ހުށަހެޅި ބަލަމުންދާތީ ކައުންސިލްގެ ބައެއް ޚިދުމަތްތައް މެދު ކެނޑިފައިވާކަމަށެވެ.

މިއާއިއެކު އޭސީސީން ނެރުނު ބަޔާނެއްގައި ބުނީ، ތިނަދޫ ސިޓީ ކައުންސިލާއި ގުޅޭ ގޮތުން ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން މިމަހުގެ 26 ވަނަ ދުވަހު އެ ކޮމިޝަނުގެ ޓީމެއް އެ ކައުންސިލްގެ އިދާރާގައި ހަރަކާތްތެރިވެފައިވާކަމަށެވެ.

އެގޮތުން ތަހުގީގަށް ބޭނުންވާ ލިޔެކިޔުންތައް ހޯދުމުގެ މަސައްކަތް ކުރި ކަމަށާއި، މިކަމުގައި ކައުންސިލްގެ އެއްބާރުލުން ލިބިފައިނުވާކަމަށް އޭސީސީން ވަނީ ބުނެފައެވެ.

އެހެންނަމަވެސް ކޮމިޝަނުގެ ގާނޫނީ އިމުގެ ތެރެއިން އެންމެހާ އިޖުރާއަތްތައް ފުރިހަމަ ކުރުމަށްފަހު ތަހުގީގަށް ބޭނުންވާ ލިޔެކިޔުން ހޯދާފައިވާ ކަމަށާއި، މިކަމާއި ގުޅޭ ގޮތުން ކައުންސިލުން ހާމަކޮށްފައިވަނީ ދޮގު މައުލޫމާތު ތަކެއް ކަމަށް އޭސީސީގެ ބަޔާނުގައި ވެއެވެ.

މިކަމާއި ގުޅިގެން އޭސީސީން ވަނީ އެ ކޮމިޝަނާއި ގުޅޭގޮތުން ފަތުރަމުންދާ ހަގީގަތާއި ހިލާފު މައުލޫމާތު ބަލައިނުގަނެވޭކަމަށާއި، އެކަމާއި މެދު ކަންބޮޑުވާކަމަށް ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.