ޖާހް އިންވެސްޓްމަންޓުން ތަރައްޤީކުރަމުން އަންނަ ޓަވަރުގެ ކުރެހުމެއް
ހަބަރު
27 Jan 2025 | 15:32
"ދަ ގާޑަންސް" ޓަވަރު ނިންމުމަށް ޖާހަށް އެންމެ ފަހު ފުރުސަތު ދީފި!

ޖާހް ކޮންސްޓްރަކްޝަނުގެ ފަރާތުން ހުޅުމާލޭ ފޭސް އެކެއްގައި ތަރައްޤީކުރަމުން އަންނަ "ދަ ގާޑަންސް" ޓަވަރު ނިންމުމަށް އެކުންފުންޏަށް އެންމެ ފަހު ފުރުސަތު އެޗްޑީސީން ދީފިއެވެ.

ބޯހިޔާވަހިކަމަށް ތަރައްޤީކުރުމަށް ނިންމައި ޖާހް ކޮންސްޓްރަކްޝަނަށް "ދަ ގާޑަންސް" ތަރައްޤީކުރުމަށް ހަވާލުކޮށްފައިވަނީ މީގެ 7 އަހަރުކުރިން 2017 ވަނަ އަހަރެވެ.  "ދަ ގާޑަންސް" ޓަވަރު ނުނިމި ދިގުލައިގެންދާ މައްސަލާގައި މިއަދު އެޗްޑީސީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، "ދަ ގާޑަންސް" ޕްރޮޖެކްޓް ނިންމުމަށްޓަކައި އެކި ފަހަރު މަތިން ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް މުއްދަތު އިތުރުކޮށް ދީފައިވާކަމަށާއި، އެއްބަސްވުން ބާޠިލުކުރުމުގެ އެންމެ ފަހު މަރުހަލާގެ ދަށުން ދެވޭ ޤާނޫނީ ނޯޓިސް މިއަދު އެކުންފުންޏަށް ފޮނުވާފައިވާކަމަށެވެ.

އެޗްޑީސީން ބުނީ، ނޯޓިސް ދީފައިވަނީ 45 ދުވަހުގެ ތެރޭގައި ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މި ޕްރޮޖެކްޓްގެ ނުނިމި ހުރި މަސައްކަތްތައް ނުނިންމާ ހާލަތުގައި، މި އެއްބަސްވުން ބާޠިލުކޮށް އެ ޕްރޮޖެކްޓް އެކުންފުނީގެ އަތުން ނަގާގޮތަށް ކަމަށެވެ. އެޗްޑީސީން ބުނީ މި އެޅި ފިޔަވަޅު އަޅާފައިވަނީ ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް އެޕާޓްމަންޓް ގަތުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށް، ވީ އެންމެ އަވަސް މުއްދަތެއްގައި، އެޕާޓްމަންޓްތައް ޙަވާލުކުރެވޭނެ މަގު ފަހި ކުރުމުގެ ބޭނުމުގައިކަމަށެވެ.

ޖާހް އިންވެސްޓްމަންޓުން ތަރައްޤީކުރަމުން އަންނަ ޓަވަރުގެ ކުރެހުމެއް

"ދަ ގާޑަންސް" ޓަވަރުގެ ފްލެޓްތައް ނުނިމި ދިގުލަމުންދާ މައްސަލާގައި އެތަނަށް ފައިސާ ދެއްކި ގިނަ އަދަދެއްގެ ފަރާތްތަކުން ވަނީ ބަދަލުހޯދުމަށް އެދި ރައީސް އޮފީހަށް ސިޓީވެސް ލާފައެވެ. 

"ދަ ގާޑަންސް" ޓަވަރު ނުނިމި ދިގުލަމުންދިޔަ މައްސަލާގައި އެންމެފަހުން ޖާހް ކުންފުނިން ނޫސްވެރިންނާ ބައްދަލުކޮށްފައިވަނީ  2022 ވަނަ އަހަރުގެ އޮކްޓޯބަރުމަހުގެ 20 ވަނަ ދުވަހު އެވެ. އެފަހަރު ޖާހް ކުންފުނިން ބުނެފައިވަނީ، ކުރިއަށްދަނީ ފިނިޝިން މަސައްކަތްތަކަމަށާއި ކުރިއަށް އޮތް އަހަރުގެ ފެބުރުއަރީމަހު ފްލެޓްތައް ހަވާލުކުރަން ފަށާނޭ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ