ފެނަކަ
ހަބަރު
27 Jan 2025 | 21:07
ފެނަކައިން އަމިއްލަ ކުންފުންޏަކަށް 28 މިލިއަން ރުފިޔާ ދައްކަން ހުކުމެއް!

ފެނަކަ ކޯޕަރޭޝަނުން އަމިއްލަ ކުންފުންޏަކަށް 28 މިލިއަން ރުފިޔާ ދައްކަން ސިވިލްކޯޓުން ހުކުމެއް ކޮށްފިއެވެ.

ސިވިލްކޯޓުން އިއްޔެ މި ހުކުމް ކޮށްފައިވަނީ، ފެނަކައިން އަމިއްލަ ކުންފުންޏެއް ލައްވައި މަސައްކަތްކުރުވުމަށްފަހު ދޭންޖެހޭ 31 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުދީގެން ކޯޓަށް ހުށަހެޅި މައްސަލާގައެވެ. މި މައްސަލަ ހުށަހެޅީ ދިމަހް ނަމަކަށްކިޔާ ކުންފުންޏަކުންނެވެ. 

މި މައްސަލާގައި ދިމަހް ކުންފުނިން ދައުވާކޮށްފައިވަނީ، އެކުންފުންޏާއި ފެނަކައާ ދެމެދު 2022 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް އެކިފަހަރުމަތިން ހެދިފައިވާ އެއްބަސްވުންތަކުގެ ދަށުން ދިމަހް ޕްރައިވެޓް ލިމިޓެޑުން ފެނަކައަށް ކޮށްދީފައިވާ މަސައްކަތްތަކުގެ އަގަށް އަރާފައިވާ ޖުމްލަ 31.1 މިލިއަން ރުފިޔާ، ދެއްކުމަށް ތަކުރާރުކޮށް އެދުމުންވެސް ފައިސާ ދައްކާފައި ނުވުމުންނެވެ. 

މި މައްސަލާގައި ފެނަކައިން މިއަދާހަމަޔަށް އާއިރު އެކުންފުންޏަށް ދައްކާފައިވަނީ، 3 މިލިިއަން ރުފިޔާއެވެ. ކޯޓުން ހުކުމްކޮށްފައިވަނީ މިހާތަނަށް ފެނަކައިން ނުދައްކާ އޮތް 28.1 މިލިއަން ރުފިޔުާ 11 މަސްދުވަހަށް ބަހާލައިގެން ދެއްކުމަށެވެ. އެއީ ކޮންމެ މަހަކުވެސް 2.5 މިލިއަން ރުފިޔާއަށްވުރެ މަދުނޫން އަދަދެއް ސިވިލް ކޯޓަށް ދައްކައިގެން ދަރަނި ހަލާސްކުރާ ގޮތަށެވެ.

ފެނަކައަކީ ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން އެންމެބޮޑު ދަރަންޏެއް އޮތް ކުންފުންޏެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް