ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މުރައިދޫ ޖަލްސާގައި ވާހަކަ ދައްކަވަނީ: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
28 Jan 2025 | 12:44
މަސައްކަތްތައް ކުރަމުން ދަނީ ޕްލޭނެއް، ބަޖެޓެއް ނެތިއެއް ނޫން: ރައީސް މުައިއްޒު

ސަރުކާރުން ކަންކަން ޢިއުލާންކުރަނީ، ކުއްލިއަކަށް އެއްވެސް ކަމެއް ނުބައްލަވައި ނޫންކަމަށާއި، އޭގެ ބަދަލުގައި ކަންކަން ޢިއުލާންކުރައްވަނީ، އެ ކަންކަން ރާވައި އެކަންކަން ކުރުމަށް މަޝްވަރާކުރުމަށްފަހު، އެކަންކަން ކުރެވޭނެ ގޮތްތައް ކަނޑައަޅައިގެންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ހއ މުރައިދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ރަށްރަށަށް ވަޑައިގެން އެ ރަށްރަށުގެ ރައްޔިތުންގެ ހާލަތު ވަރަށް ގާތުން އެމަނިކުފާނު ބައްލަވަމުންދާ ކަމަށެވެ. އަދި ރަށްރަށަށް ވެވަޑައިގެންނެވި ވަޢުދުތައް ބާރުސްޕީޑްގައި ފުއްދެވުމަށް ރައްޔިތުންނާއި މަޝްވަރާ ކުރައްވާ ކަމަށާަ، އެއަށްފަހު އެކަންކަން ކުރެވޭނެ ގޮތްތައް ހާމަކުރައްވަމުންދާ ކަމަށް ވިދާޅުވިއެވެ. 

ކަންމިހެން ހުރި ނަމަވެސް، މި ދަތުރުތަކުގައި އެމަނިކުފާނު ރައްޔިތުންނަށް ވެވަޑައިގަންނަވަމުން އަންނަ ވަޢުދުތަކާއި ގުޅުވައި ބައެއް ފަރާތްތަކުން ފާޑުކިޔަމުންދާ ކަން ރައީސް މުޢިއްޒު ފާހަގަކުރެއްވިއެވެ. އެގޮތުން، އެފަދައިން އެމަނިކުފާނު ވައުދުވެވަޑައުގަންނަވަނީ އެއްވެސް ޕްލޭނެއް ނުވަތަ ބަޖެޓެއްވެސް ނެތި ކަމަށް އެފަރާތްތަކުން ބުނަމުންދާ ކަމަށް ވިދާޅުވުއެވެ. 

”ނޫން އެހެންނެއް ނޫން. ވަރަށް ސާފުކޮށް ސަރުކާރުގެ ކަންކަން އަޅުގަނޑު އަބަދުވެސް ހާމަކުރަން. ކެންޕެއިންގައި ވީވައުދުތައް އެވަނީ ފޮތެއްގައި ލިޔެފައި. ސަރުކާރުގެ ކަންކަން ތަރުތީބު ކުރެވިގެންދާގޮތް ވަރަށް ސާފުކޮށް އެކި ބައްދަލުވުންތަކުގައު އަދި ލިޔެކިޔުމުން ހާމަކުރަން….“ ރައީސް މުޢިއްޒު ވިދާޅުވިއެވެ. 

އެހެންވީމާ އެއްވެސް ހާލެއްގައި އަޅުގަނޑު މި ދައްކާ ވާހަކަ އަކީ ކުއްލި ކުއްލިއަށް ދައްކާވާހަކައެއް ނޫން. ޕްލޭން ކުރެވި، ކަންކަން ކުރެވޭނެ ގޮތް މަޝްވަރާކުރެވި، އެކަން ކުރެވޭނެގޮތް ކަނޑައަޅައިގެން ކުރިއަށް ދާން، ތަފްސީލާއެކު ކަންކަން ހަމަޖެހުފައި އޮވެގެން ދައްކާ ވާހަކަ

ރައީސް މުޢިއްޒު

މީގެ އިތުރުން، މުރައިދޫގެ ތަރައްޤީއަށް ރާއްވަވާފައިވާ ކަންކަމަށް އަލިއަޅުއްވައިލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މުރައިދޫއަށް އެންމެ މުހިންމީ ބަނދަރުގެ މަޝްރޫޢުކަމަށެވެ. އެހެންކަމުން ބޭރުތޮށީގެ މައްސަލަ ހައްލުކުރުމަށްފަހު، މަގު ހެދުމަށް ވެވަޑައިގެންނެވި ވަޢުދު މި ދައުރުތެރޭގައި ފުއްދަވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އަދި ރަށުގެ އާބާދީއަށް އެކަށީގެންވާވަރަށް، ހަމަހަމަ ގޮތެއްގައި ޞިއްޙީ ޚިދުމަތް، ކޮންމެ ރައްޔިތަކަށްވެސް ލިބުމަށް، އެމަނިކުފާނު އެދިވަޑައިގަންނަވާކަމުގައި ފާހަގަކުރައްވައި، އެކަންވެސް ކުރައްވާނެކަމުގައި ވިދާޅުވިއެވެ.

މިއާއެކު، ސްކޫލަށް ބޭނުންވާނެ ކަންކަންވެސް ތަރުތީބުކުރައްވައިގެން ކުރިއަށްގެންދަވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ދުޅަހެޔޮ ޞިއްޙަތަކަށް ބޭނުންވާ، ކުޅިވަރުގެ ދާއިރާވެސް، މުރައިދޫގައި ކުރިއެރުވުމަށް ރާއްވަވައިގެން ސަމާލުކަންދެއްވާ ތަރުތީބުން ކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ކުރިން ވަނީ މުރައިދޫގައި އަލަށް އިމާރާތްކުރެވޭ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވުމުގެ ރަސްމިއްޔާތާއި އައު ކައުންސިލް އިދާރާގެ ބިންގާ އަޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.

ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ރަސްމިއްޔާތުގައި، ބޭންކް އޮފް މޯލްޑިވްސް އިން ކުރިއަށްގެންދާ، މުރައިދޫގައި އޭ.ޓީ.އެމް ބެހެއްޓުމުގެ މަސައްކަތް، ރަސްމީ ގޮތުން ރަށު ކައުންސިލާ ހަވާލުކުރައްވާފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.