ރައީސް ޑރ.މުއިއްޒު ފިއްލަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަނީ... ފޮޓޯ: ރައީސް އޮފީސް
ހަބަރު
28 Jan 2025 | 16:21
ނާގޯށި ތަރައްޤީކުރަން ބީއެމްއެލުން ފައިސާ ހޯދަނީ!

ސަރުކާރާއި ރައްޔިތުންގެ ޓޫރިޒަމް ކުންފުނި، އެމްޓީޑީސީން ހދ.އަތޮޅުގައި ތަރައްޤީކުރަމުންދާ ނާގޯށި ނިންމަން ބޭންކް އޮފް މޯލްޑިވްސްއިން ފައިސާ ހޯދުމަށް މަސައްކަތްކުރަމުންގެންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހދ.ނާގޯއްޓަކީ ފަތުރުވެރިކަމުގެ މަންފާ ދިވެހި ރައްޔިތުންނަށް ސީދާ ގޮތެއްގައި ހޯދައިދިނުމަށް ރައީސް މައުމޫން ވެރިކަމުގައި ހެދި ކުންފުނި، އެމްޓީޑީސީއަށް ރިސޯޓް ހެދުމަށް ދިން ރަށްތަކުގެ ތެރެއިން ރަށެކެވެ. އެމްޓީޑީސީން ނާގޯށި ތަރައްޤީކުރުމަށް އެތައް ފަހަރެއްގެ މަތިން މަސައްކަތްކުރި ނަމަވެސް އަދިވެސް އެރަށް އޮތީ ތަރައްޤީ ނުކުރެވިއެވެ.

ރައީސް ޑރ.މުއިއްޒު ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ފިއްލަދުއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަދައްކަވަމުން ވިދާޅުވީ، ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރަން ފަށައި މަޑުޖެހިފައޮތް ނާގޯށި ނިންމުމަށް ބޭނުންވާ ފައިސާ ބީއެމްއެލް މެދުވެރިކޮށް ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. ރައީސް ވިދާޅުވީ ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ނިމެމުން އަންނައިރު، އެ ސަރަހައްދުގައި ޓޫރިޒަމް ތަރައްޤީކުރުން މުހިއްމުކަމަށެވެ. ރައީސް ވިދާޅުވީ ނާގޯށީގެ އިތުރުން އެ ސަރަހައްދުން އިތުރު ރަށްތައްވެސް ރިސޯޓް ހެދުމަށް ހުޅުވާލާނޭކަމަށެވެ.

ހދ.ނާގޯށި

ނާގޯށި ތަރައްޤީކުރުމަށް ބީއެމްއެލުން ފެސިލިޓީއެއް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ރައީސް ވިދާޅުވިއިރު، އެމްޓީޑީސީން ނާގޯށި ތަރައްޤީކުރުމުގެ މަސައްކަތްކުރާތާ މިހާރު 18 އަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ. އެމްޓީޑީސީގެ ތަފާސްހިސާބުތަކަށް ބަލާއިރު ނާގޯށީގެ ނިމިފައިވަނީ 40 އިންސައްތަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި 2022 ވަނަ އަހަރަށްފަހު ނާގޯށީގެ މަސައްކަތް އެދެވޭ ގޮތެއްގައި ކުރިއަށް ގޮސްފައެއް ނުވެއެވެ.

ނާގޯށީގެ އިތުރުން އެމްޓީޑީސީން ވަނީ ހއ އުލިގަމުގައި ސިޓީ ހޮތަލެއް ހެދުމުގެ މަސައްކަތްވެސް ކުރިއަށްގެންގޮސްފައެވެ. ނަމަވެސް ބައެއް ރޫމްތައް ރާނަން ފެށިފަހުން އެމްޓީޑީސީން ފަހުންވަނީ އެތަންވެސް ދޫކޮށްލާފައެވެ. އެމްޓީޑީސީން ވަނީ މީގެ ކުރިން ހެރެތެރެވެސް ހިންގުމަށް މަސައްކަތްކޮށްފައެވެ. ނަމަވެސް އެތަންވެސް ނުހިންގިގެން އެމްޓީޑީސީން ވަނީ އެތަންވެސް ދޫކޮށްލާފައެވެ. 

ރިސޯޓް ހޮޓާ ތަރައްޤީކުރުމުގެ ވިޔަފާރިން އެމްޓީޑީސީއަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ނަމަވެސް އެކުންފުނިން އަންނަނީ ހުޅުމާލެއިން ބިމެއްގަނެ، ކާމިޔާބުކަމާއެކު އެކުންފުނީގެ އޮފީސް އިމާރާތް އެޅުމުގެ މަސައްކަތް ނިންމަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ