އެލްޖީއޭ: ފޮޓޯ / ޕީއެސްއެމް
ހަބަރު
29 Jan 2025 | 12:50
ތަހުގީގީ އިދާރާތަކަށް ފުރިހަމައަށް އެއްބާރުލުން ދިނުމަށް އެލްޖީއޭ އިން ކައުންސިލްތަކަށް އަންގައިފި

ތަހުގީގީ އިދާރާތަކަށް ފުރިހަމައަށް އެއްބާރުލުން ދިނުމަށް ކައުންސިލްތަކަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަންގައިފިއެވެ.

އެލްޖީއޭ އިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުމުގެ ގާނޫނުގެ 61 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން ކައުންސިލްތަކުގެ މަސައްކަތްތަކާއި ހަރަކާތްތައް ހިންގަމުންދަނީ ގާނޫނު އަސާސީ އާއި ލާމަރުކަޒީ ގާނޫނާއި އެހެނިހެން ގާނޫނުތަކާއި އެއްގޮތަށްތޯ ބެލުމަކީ އެ އޮތޯރިޓީގެ މަސްއޫލިއްޔަތެއް ކަމަށެވެ.

އަދި އެ ގާނޫނުގެ 131.5 ވަނަ މާއްދާގައި ދިވެހި ރާއްޖޭގައި އަމަލު ކުރެވެމުންދާ އެންމެހައި ގާނޫނުތަކަށް ކައުންސިލްތަކުން އެއްބާރުލުން ލިބެމުން ނުދާ ކަމުގެ ޝަކުވާ ލިބެމުންދާކަން ފާހަގަކޮށް އެ އޮތޯރިޓީ އިން ވަނީ އެކަމާ ކަންބޮޑުވުންފާޅުކޮށްފައެވެ. 

މިއާއެކު އެލްޖީއޭއިން ވަނީ ތަހުގީގު އިދާރާތަކަށް ފުރިހަމަ އެއްބާރުލުން ދިނުމަށާއި އެ ފަރާތްތަކުގެ ގާނޫނީ ޒިންމާ އާއި މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސް ނޭޅުމަށާއި ތަހުގީގު އިދާރާތަކުގެ ގާނޫނީ ޒިންމާ އަދާކުރުމަށް އެހީތެރިވުމަށާއި އަދި މައްސަލަތަކާއި ގުޅިގެން އެ އިދާރާތަކުން ކައުންސިލްތަކަށް އަންގާ އެންގުންތަކާ އެއްގޮތަށް އަމަލުކުރުމަށް ވެސް އަންގާފައެވެ.

އެލްޖީއޭއިން މިފަދައިން ބަޔާން ނެރެފައި މިވަނީ، ތިނަދޫ ސިޓީ ކައުންސިލާއި ގުޅޭ ގޮތުން ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން މިމަހުގެ 26 ވަނަ ދުވަހު އެ ކޮމިޝަނުގެ ޓީމެއް އެ ކައުންސިލްގެ އިދާރާއަށް ވަދެ، ތަހުގީގަށް ބޭނުންވާ ލިޔެކިޔުންތައް ހޯދުމުގެ މަސައްކަތް ކުރުމުން، އެކަމުގައި ކައުންސިލްގެ އެއްބާރުލުން ލިބިފައިނުވާކަމަށް އޭސީސީން ބުނެފައިވަނިކޮށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.