އިހަވަންދޫގައި ޤާއިމްކުރާ ފިޝަރީޒް ކޮމްޕެލެކްސްގެ ބިންގާ އެޅުމުގެ ތެރެއިން... ފޮޓޯ: ރައީސް އޮފީސް
ހަބަރު
29 Jan 2025 | 19:08
އިހަވަންދޫގައި ޤާއިމްކުރާ ފިޝަރީޒް ކޮމްޕްލެކްސްގެ އަމަލީ މަސައްކަތް މެއިމަހުގެ ތެރޭގައި ފަށާނެ: ރައީސް ޑރ.މުއިއްޒު

ހއ.އިހަވަންދޫގައި ޤާއިމްކުރާ ފިޝަރީޒް ކޮމްޕްލެކްސްގެ އަމަލީ މަސައްކަތް އަންނަ މެއިމަހުގެ ތެރޭގައި ފަށާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އިހަވަންދޫގައި މިއަދު ވަނީ އެރަށުގައި ޤާއިމްކުރުމަށް ނިންމި ފިޝަރީޒް ކޮމްޕްލެކްސްގެ ބިންގާ އަޅާފައެވެ. އެކަމަށްޓަކައި އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފިޝަރީޒް ކޮމްޕްލެކްސްގެ ބިންގާ އަޅުއްވައިދެއްވީ މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމެވެ. 

އިހަވަންދޫގައި ޤާއިމްކުރާ މި ފިޝަރީޒް ކޮމްޕްލެކްސް އާ ގުޅޭގޮތުން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ، އިދާރީ އަދި ފަންނީ މަސައްކަތްތައް ކުރިއަށްގެންދިއުމަށްފަހު އެތަނުގެ އަމަލީ މަސައްކަތް މެއިމަހުގެ ތެރޭގައި ފެށިގެންދާނޭ ކަމަށެވެ. ރައީސް ވިދާޅުވީ އިހަވަންދޫގައި ޤާއިމްކުރާ ފިޝަރީޒް ކޮމްޕްލެކްސްއަކީ ވަރަށްގިނަ ބައިބައި ހިމެނޭ ތަނެއް ކަމަށާއި، މިގޮތުން އެތަނުގައި 1،000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި، 50 ޓަނުގެ ބްރައިން ފްރީޒިން ފެސިލިޓީއެއްގެ އިތުރުން އެކަށީގެންވާ މަގަތު ފާލަމެއްގެ އިތުރުންވެސް އިތުރު ކަންކަން ކުރެވޭނޭ ވަސީލަތްތައް ހިމެނޭނޭ ކަމަށެވެ.

އިހަވަންދޫގައި ޤާއިމްކުރާ ފިޝަރީޒް ކޮމްޕެލެކްސްގެ ބިންގާ އެޅުމުގެ ތެރެއިން... ފޮޓޯ: ރައީސް އޮފީސް

ރައީސް ވިދާޅުވީ އަމާޒަކީ މަސައްކަތް ފަށާތާ 18 މަސްދުވަހުގެ ތެރޭގައި ފިޝަރީޒް ކޮމްޕްލެކްސްގެ މަސައްކަތް އެއްކޮށް ނިންމާލުންކަމަށެވެ. 

އިހަވަންދޫގައި ޤާއިމްކުރާ ފިޝަރީޒް ކޮމްޕްލެކްސްއަކީ 474 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ. މި ފިޝަރީޒް ކޮމްޕްލެކްސް މަޝްރޫޢުގެ ތެރޭގައި އަގު ކަނޑައަޅާފައިވަނީ ބަނދަރަކާއެކުގައެވެ. ބަނދަރުގެ އަގަކީ 58 މިލިއަން ރުފިޔާއެވެ. މި ފިޝަރީޒް ކޮމްލެކްސް މަޝްރޫޢު ނިމުމުން އެތަނުގައި ކޯލްޑް ސްޓޯރޭޖާއި، ބްރައިން ފްރީޒިން ފެސިލިޓީގެ އިތުރުން އޮފީސް އިމާރާތަކާ އިންޖީނުގެއެއްގެ އިތުރުން ވެހިކަލް ވަރކްޝޮޕަކާއި ގުދަނެއްވެސް ހުންނާނެއެވެ. މިއީ އިސްލާމިކް ޑިވަލޮޕްމެންޓް ބޭންކުގެ އެހީގައި ކުރިއަށްގެންދާ މަޝްރޫޢުއެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.