ރައީސް ޑރ.މުއިއްޒު ހޯރަފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަނީ.. ފޮޓޯ: ރައީސް އޮފީސް
ހަބަރު
29 Jan 2025 | 23:17
ގިނަ ރިސޯޓްތަކުން ޑޮލަރުމާރުކުރުމުގެ ޤަވާއިދަށް ތަބާވޭ: ރައީސް ޑރ.މުއިއްޒު

ގިނަ ރިސޯޓްތަކުން ޑޮލަރު މާރުކުރުމުގެ ޤަވާއިދަށް އަމަލުކުރަމުން އަންނަކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހއ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހޯރަފުއްޓަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ވާހަކަދައްކަވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ، ޑޮލަރު މާރުކުރުމުގެ ޤަވާއިދަށް މިހިނގާ ޖެނުއަރީމަހުން ފެށިގެން އަމަލުކުރަން ފެށިފަހުން ވަރަށް މަދު ރިސޯޓަކުން ފިޔަވައި ގިނަ ރިސޯޓްތަކަކުން ޤަވާއިދާ އެއްގޮތަށް އަމަލުކުރަމުން އަންނަކަމަށެވެ. ރައީސް ވިދާޅުވީ، މިހާތަނަށް 25 މިލިއަނަށްވުރެ ގިނަ ޑޮލަރު ބޭންކުތަކަށް މާރުކޮށްފައިވާކަމަށާއި، އެއީ އަދި އެއް މަހު ލިބެންޖެހޭ އަދަދުގެ ތެރެއިން ބައެއް ކަމަށެވެ.

ރައީސް ވިދާޅުވީ ޑޮލަރު މާރުކުރުމުގެ ކަންކަން އެ އޮންނަ އުސޫލާ އެއްގޮތަށް ކުރިއަށްދާނަމަ، ރާއްޖޭގެ އިޤްތިސާދަށް އެކަމުން ވަރަށްބޮޑެތި ފަސޭހަތަކެއް ލިބިގެންދާނާ ކަމަށެވެ. އެގޮތުން ވިޔަފާރިވެރިންނަށާއި، އާއްމު ރައްޔިތުންގެ އިތުރުން ބޭރުގައި ދިރިއުޅެމުންދާ ދިވެހިންނަށާއި ކިޔަވާކުދިންނަށް ވަރަށްބޮޑު ފަސޭހައެއް ލިބިގެންދާނޭކަމަށެވެ. ރައީސް ވިދާޅުވީ ޑޮލަރުމާރުކުރުމުގެ ކަންކަން ރަނގަޅަށްދާނަމަ، ކުރިއަށްއޮތް 6 މަސްދުވަހުން ފެށިގެން ހެޔޮ ބަދަލުތައް އަންނަމުންދާނޭ ކަމަށެވެ.

އަޅުގަނޑުމެން ޤާނޫނު ފުރިހަމައަށް ތަންފީޒުކުރާނަން. އެ ޤާނޫނުގެ ދަށުން ޑޮލަރުމާރުކުރަންޖެހޭ ހަމައެއްވެސް ވިޔަފާރިއެއް އެކަމުން އިސްތިސްނާވިޔަކަ ނުދޭނަން. އެ ޤާނޫނުގެ ދަސުން ޑޮލަރު މާރުކުރަންޖެހޭ ހަމަ ކޮންމެ ފަރާތެއްވެސް ޖެހޭނީ އެކަންކުރަން

ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ

އެމްއެމްއޭއިން ބޭރުފައިސާ މާރުކުރުމުގެ ޤަވާއިދަށް ގެނައި އިސްލާހާއެކު މިދިޔަ އަހަރުގެ އޮކްޓޯބަރުމަހު ޓޫރިސްޓް ވިޔަފާރިތަކުން ފަތުރުވެރިން އައި އަދަދަށް ބަލައިގެން ބޭންކަށް ޑޮލަރު މާރުކުރުމުގެ އެންމެ ފަހު ތާރީހެއްގެ ގޮތުގައި ކަނޑައެޅިފައިވަނީ އިއްޔެގެ ނިޔަލަށެވެ. 

ބޭރުފައިސާ މާރުކުރާބެހޭ އައު ޤަވާއިދު މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 14 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކޮށްފައިވާއިރު، އެ ޤަވާއިދަށް އަމަލުކުރަން ފަށާފައިވަނީ، މިހިނގާ ޖެނުއަރީމަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. ޤަވާއިދުގައިވާގޮތުން ބޭރުފައިސާގެ އާމްދަނީ ބޭންކަށް ޖަމާކޮށް މާރުކުރުން ލާޒިމްވަނީ، އަހަރެއްގެ މައްޗަށް މަދުވެގެން 15 މިލިއަން ޑޮލަރު އާމްދަނީގެ ގޮތުގައި ލިބޭ ޓޫރިޒަމް ވިޔަފާރިކުންފުނިތަކެވެ.

މި ޤަވާއިދުގައި އޮންނަ ގޮތުން ރިސޯޓްތަކުން، އެ ތަނަށް މަހެއްގެ މައްޗަށް އަންނަ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު، ނުވަތަ އާމްދަނީގެ 20 އިންސައްތަ ޑޮލަރު މާކުރަން ޖެހެއެވެ. ގެސްޓްހައުސްތަކުން މާރުކުރަންޖެހެނީ ބޮލަކަށް 25 ޑޮލަރު، ނުވަތަ އެފަރާތަކަށް މަހެއްގެ މައްޗަށް ލިބޭ އާމްދަނީގެ 20 އިންސައްތަ ޑޮލަރެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.