ހަބަރު
30 Jan 2025 | 13:07
ދިރިއުޅުމުގައި ދިމާވާ ދަތިތަކާއި ކުރިމަތިލުމުގެ ހުނަރުތައް ދަސްކޮށްދޭ ކޯޗިންގ ސެޝަނުގައި ބައިވެރިވުމުގެ ފުރުސަތު

'ދަ ކޯޗިންގ ކޯ' އިން އަންނަ މަހު ބާއްވާ ގްރޫޕް ކޯޗިންގ ސެޝަނުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ސެޝަނަކީ "ކޮންސިސްޓެންސީ ތްރޫ ރެސިލިއެންސް: ސްޓޭއިންގ ސްޓްރޯންގ އިން ދަ ފޭސް އޮފް އެޑްވަރސިޓީ" މި ނަމުގައި ބޭއްވޭ ސެޝަނެވެ.

ދަ ކޯޗިންގ ކޯ އިން މަޢުލޫމާތު ދިން ގޮތުގައި މި ސެޝަން އޮންނާނީ 15 ފެބްރުއަރީ 2025 ވަނަ ދުވަހުގެ ރޭ 8:00 އިން 10:00 އަށެވެ. މި ސެޝަން ނަގައިދެއްވާނީ އައި.ސީ.އެފްގެ ސެޓިފައިޑް ޕްރޮފެޝަނަލް ކޯޗް އަދި ސެޓިފައިޑް ގްރޫޕް ކޯޗް މަރިޔަމް މުޙައްމަދެވެ.

ދަ ކޯޗިންގ ކޯ އިން ބުނީ މި ޕްރޮގްރާމްގެ މަޤްޞަދަކީ ކޯޗިންގ އަށް ގިނަ ބަޔަކު އަހުލުވެރިކޮށް، އޭގެ ފައިދާ މުޖުތަމަޢުގެ ގިނަ ބަޔަކަށް ފޯރުކޮށްދިނުން ކަމަށެވެ. އަދި އަމިއްލަ ދިރިއުޅުމުގައި ކަމެއް ހާސިލުކުރަން ނުވަތަ އުފާވެރިކަން ހޯދުމަށް، ނޫނީ ކުރާ މަސައްކަތާ ގުޅިގެން ކަމެއް ހާސިލުކުރަން ބޭނުންވާ ކޮންމެ ފަރާތަކަށްވެސް މި ޕްރޮގްރާމުން ފައިދާ ކުރާނެ ކަމަށާއި މިއީ އެއިން ކޮންމެ ފަރާތަކަށްވެސް ވަރަށް ރަނގަޅު ތަޖުރިބާއަކަށް ވެގެންދާނެ ކަމަށް އެ ފަރާތުން ބުންޏެވެ.

އެގޮތުން، މި ސެޝަނުގައި، ބައިވެރިންނަށް އެމީހުންގެ ލަނޑުދަނޑިތައް ހާސިލް ކުރުމަށް ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލުމުގެ ހުނަރު ދަސްކޮށްދީ، އަމިއްލަ ޤާބިލުކަން އިތުރުކޮށް، ކާމިޔާބީއާ ދިމާއަށް ދަތުރުކުރުމަށް ބޭނުންވާ ޢަމަލީ ފިޔަވަޅުތައް އެޅުމަށް މަގުފަހިކޮށްދެވޭނެ ކަމަށް ދަ ކޯޗިންގ ކޯ އިން ބުނެފައިވެއެވެ.

މީގެ އިތުރުން، ބައިވެރިންނަށް އެކަކު އަނެކަކާ ވާހަކަދައްކައި، ޚިޔާލު ބަދަލުކޮށް، އެކަކު އަނެކެއްގެ ތަޖުރިބާ ހިއްސާކުރުމުގެ ފުރުޞަތު ލިބިގެންދާއިރު، މިއީ ގޮންޖެހުންތަކާއި ކުރިމަތި ލުމަށް އެކި މީހުން ގެންގުޅޭ އުކުޅުތައް ދަސްވެ، އެކަމުގެ ގިނަ ފައިދާ ތަކެއް ލިބިދޭނެ ކަމެއް ކަން ފާހަގަކޮށްފައިވެއެވެ. 

ދަ ކޯޗިންގ ކޯ އިން ބުނި ގޮތުގައި މިއީ ސިލްސިލާކޮށް ކުރިއަށްގެންދާ ސެޝަންތަކުގެ ތެރެއިން ދެވަނަ ސެޝަނެވެ. ފުރަތަމަ ސެޝަން ބޭއްވިފައިވަނީ ޖަނަވަރީ މަހުގައެވެ.

އަދި މި ސެޝަނުގައި އެންމެ ގިނަވެގެން ބައިވެރިވެވޭނީ 10 މީހުންނަށް ކަމަށާ، ސެޝަންގައި ބައިވެރި ވުމަށް އަންނަނިވި ލިންކުގައިވާ ފޯމު ފުރުމަށް އެފަރާތުން އެދިފައިވެއެވެ. 

https://forms.gle/yJ44Nc8avwbxbUH79

މި ސެޝަނާ ގުޅޭ އިތުރު މަޢުލޫމާތު ދަ ކޯޗިންގ ކޯ ގެ ފޭސްބުކް ޕޭޖް،  ، ލިންކެޑިން އަދި އިންސްޓަގްރާމުން ލިބެން ހުންނާނެ ކަމަށާ، އަދި [email protected] އަށް އީމެއިލް ކުރުމުން ނުވަތަ 9446363 ނަންބަރަށް ގުޅުމުންވެސް ލިބިގެންދާނެ ކަމަށް ކޯޗިންގ ކޯ އިން ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Aug 2026
ކެނދިކުޅުދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކް ހުޅުވައިފި
08 Aug 2026
ލިއޮނެލް މެސީގެ ބައްޕަ، ޖޯޖް މެސީ މަރުވެއްޖެ
އުމުރުން 68 އަހަރުގައި ޖޯޖް ނިޔާވީ އޭނާ އުފަން ރަށް ކަމަށްވާ އާޖެންޓީނާގެ ރޮސާރިއޯގެ ހޮސްޕިޓަލެއްގައެވެ
08 Aug 2026
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް މިއަދު ފެށުމާއެކު އެ އަތޮޅުގެ ދެ ރަށަކުން މިހާރު ޕާސްޕޯޓްގެ ހިދުމަތް ލިބޭނެއެވެ. މީގެ ކުރިން ވެރިކަންކުރާރަށް ތިނަދޫގައި ވަނީ ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށާފައެވެ.
08 Aug 2026
އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު ސާފްކުރުމުގެ މަސައްކަތް ފަށައިފި
"މަދިރިން ރައްކާ" ކެމްޕޭނުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު މިއަދު ވަނީ ސާފްކުރުމުގެ މަސައްކަތް ފަށާފައި
08 Aug 2026
ބީއެމްއެލް ވީރަން ކޯޕަރޭޓްސް ކާމިޔާބުކަމާއެކު ނިންމާލައިފި
މި ރޭހަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކާއި އިދާރާތަކާއި ޖަމްޢިއްޔާތަކަށް ހުޅުވައިލައިގެން ބޭއްވި ހަރަކާތެކެވެ
08 Aug 2026
ނޯވޭގެ ފުޓްބޯޅަ ފެޑަރޭޝަނުން ފީފާގެ ރައީސް އިންފަންޓީނޯގެ އިސްތިއުފާއަށް ގޮވާލައިފި
ދަ ގާޑިއަން އާ ވާހަކަދައްކަވަމުން ކްލެވެނެސް ވިދާޅުވީ، އިންފެންޓީނޯއާ މެދު އެ ފެޑެރޭޝަނުގެ އިތުބާރު މިހާރު މުޅިން ގެއްލިފައިވާ ކަމަށެވެ
08 Aug 2026
ފަހިދިރިއުޅުން ޓަވަރުތަކުގައި ކެމެރާ ހަރުކުރުމުގެ މަސައްކަތް ނިމެނީ
އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް އެންމެ ދަތިވާ އެއްކަމަކީ ޕާކްކުރުމުގެ މައްސަލައާއި، އެތަންތަނުގައި ދިރިއުޅޭ ކުޑަކުދިން ހިތްފަސޭހަކޮށްލާ، ކުޅެލާ ހަދާނެ ޕާކެއް ނެތުން
08 Aug 2026
ލޯނު އެއްބަސްވުމެއްގެ ދަށުން ބާސެލޯނާގެ އަރައޫހޯ ލިވަޕޫލަށް
މިފަހަރު ލިވަޕޫލާ ގުޅެނީ މި ސީޒަން ނިމެންދެން ލޯނު އުސޫލުންނެވެ.