އިފުރު މޯލްޑިވްސް—
ހަބަރު
30 Jan 2025 | 12:45
އިފުރު މޯލްޑިވްސްގައި މަސައްކަތް ކުރާ މީހަކު މޫދަށް ގެއްލުނުތާ 3 ދުވަސް، އަދިވެސް ނުފެނޭ!

އިފުރު މޯލްޑިވްސްގައި މަސައްކަތްކުރާ 26 އަހަރުގެ އިންޑިއާ ރައްޔިތެއް މޫދުން ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރާތާ ތިން ދުވަސްވީއިރުވެސް އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ މި މަޢުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ސަރޗް އެންޑް ރެސްކިޔު ސެންޓަރ - އުލިގަމް ޕޯސްޓަށް ލިބިފައިވަނީ 27 ޖަނަވަރީ 2024 ވަނަ ދުވަހުގެ 16:41 ގައި ކަމަށެވެ. 

އަދި މަޢުލޫމާތު ލިބުމާއެކު، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން ވަނީ ހޯދުމުގެ މަސައްކަތް ފަށާފައި ކަމަށާ 29 ޖަނަވަރީއާ ހަމައަށް، ގެއްލުނު މީހާ ހޯދުމަށް ފުޅާ ދާއިރާއެއްގައި މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް އެ އިދާރާއިން ބުނެއެވެ.

އެގޮތުން، ކަނޑުމަގުން 74.18 ސްކެއަރ ނޯޓިކަލް މޭލް ބެލުމަށް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ހާބަރ ކްރާފްޓާއި ސީ އެމްބިއުލާންސް އަދި ޕޮލިސް ސަރވިސްގެ އެހީތެރިކަން ހޯދާފައިވާ ކަމަށް ބުންޏެވެ.

މީގެ އިތުރުން، ކޯސްޓްގާޑްގެ ޑައިވަރުންނާއި އިފުރު މޯލްޑިވްސް ރިސޯޓް މުވައްޒަފުންގެ އެހީތެރިކަމާއެކު 160,718 ސްކެއަރ މީޓަރ ސަރަޙައްދެއްގައި ޑައިވްކޮށްގެން ބަލާފައިވާއިރު، ކޯސްޓްގާޑްގެ ޑައިވަރުން ސްނޯކެލް ކޮށްގެން 46,814 ސްކެއަރ މީޓަރ ސަރަޙައްދެއް ބަލާފައިވާ ކަމަށް ބުނެފައިވެއެވެ.

ހަމަ އެހެންމެ، ވައިގެ މަގުންވެސް 213 ސްކެއަރ ނޯޓިކަލް މޭލްގެ ސަރަޙައްދެއް ބަލާފައިވާކަމަށް އެމްއެންޑީއެފްއިން މަޢުލޫމާތު ދީފައިވެއެވެ.

ކޮމެންޓް
ޙަރޫން
ތި ރިސޯޓަކީ ބޭރު މީހުން ޓްރެފިކް ކުރާ ތަނެއް. 90% ބޭރު މީހުން ވަޒީފާގަ ތިބޭނީ
30 Jan 2025
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.