ޕީސީބީ
ހަބަރު
30 Jan 2025 | 18:26
ކުންފުނިތަކުގެ ވެރިންނަށް މުސާރައިގެ ގޮތުގައި އެންމެ ގިނައިން ދެވޭނީ 90،000 ރުފިޔާ: ޕީސީބީ

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިންގެ މުސާރަ 90،000 ރުފިޔާއަށްވުރެ ބޮޑު ނުކުރުމަށް ކުންފުނިތަކުގެ ބަލަދުވެރިފަރާތް، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕްރޮޓައިޒޭޝަން ބޯޑު (ޕީސީބީ)އިން މިއަދު ކުންފުނިތަކަށް އަންގައިފިއެވެ.

މިކަމާ ގުޅިގެން ޕީސީބީން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ، ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން، ބޭންކުތައް ފިޔަވައި ސަރުކާރުން ކުންފުނިތަކުގެ އެންމެ އިސް މަޤާމުތަކުގައި ތިއްބަވާ ވެރީންނަށް އެންމެ ބޮޑުކޮށް ދެވޭނީ 90،000 ރުފިޔާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑައަޅުއްވާފައެވެ. 

ޕީސީބީން ވަނީ  ބޭންކްތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޮޑް ޑިރެކްޓަރުންގެ ތެރެއިން ރާއްޖެއިން ބޭރުގެ ޑިރެކްޓަރުން ފިޔަވައި ބޯޑުތަކުގެ ޗެއާމަނުން، މެނޭޖިން ޑިރެކްޓަރުން އަދި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުންނާއި އިތުރު ޑިރެކްޓަރުން ހިމެނޭހެން މުސާރައާއި އިނާޔަތްތަކުން 90،000 ހާހަށްވުރެ އިތުރުވާބައި، ޑިޑަކްޝަންގެ ގޮތުގައި އުނިކުރުމަށްފަހު 90،000 ހާހަށްވުރެ ބޮޑުނުވާނެހެން ދިނުމަށް އެދިފައެވެ.

މީގެ އިތުރުން ޕީސީބީން ވަނީ، ސަރުކާރު ކުންފުނިތަކުގެ ޓެކްނިކަލް މަސައްކަތްކުރާ މުއައްޒަފުންގެ މުސާރައާ އިނާޔަތްތައް 90،000 ހާހަށްވުރެ އިތުރުވާ ބައި ޑިޑަކްޝަންގެ ގޮތުގައި އުނިކުރުމަށްފަހު، 90،000 ރުފިޔާއަށްވުރެ އިތުރުނުވާނޭހެން މުސާރައާއި އިނާޔަތްތައް ދިނުމަށާއި އެކަމާ ގުޅިގެން ޤާނޫނީ ގޮތުން މުވައްޒަފުންނާ އެކު ހަދާފައިވާ އެއްބަސްވުންތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ކުންފުނިތަކަށް އަންގާފައެވެ.

ޕީސީބީން ބުނީ މި ފިޔަވަޅު އެޅުމަށް ނިންމާފައިވަނީ ކުރިއަށްއޮތް ދެއަހަރުދުވަހުގެ ނިޔަލަށް ކަމަށެވެ. ސަރުކާރު ކުންފުނިތަކުގެ އިސްވެރިންގެ މުސާރަތައް ވަކި ހަމައެއްގައި ބެހެއްޓުމަށް ޕީސީބީން އަންގާފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ އާއި މަޖިލީހުގެ މެމްބަރުންގެ އިތުރުން ސިޔާސީ ފަރާތްތަކުގެ މުސާރަތައްވެސް ވަކި ހަމައެއްގައި ބެހެއްޓުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.