އެމްޑީޕީގެ އެއްވުމުގެ ތެރެއިން... ފޮޓޯ: އެމްޑީޕީ
01 Feb 2025 | 00:56
އެމްޑީޕީގެ ހިނގާލުމުން ދޭހަވެގެންދިޔައީ ސަރުކާރުން އެއްވެ އުޅުމަށް ފުރުސަތުދޭ މިންވަރު: ހީނާ

އިދިކޮޅު އެމްޑީޕީން މިރޭ މާލޭގައި ކުރިއަށްގެންދިޔަ ހިނގާލުމުން ދޭހަވެގެންދިޔައީ ސަރުކާރުން އެއްވެ އުޅުމަށް ފުރުސަތުދޭ މިންވަރުކަމަށް ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން މިރޭ ވަނީ މާލޭގައި "ފުދިއްޖެ، ފުނޑިއްޖެ" ނަމުގައި ޝުއޫރު ފާޅުކުރުމުގެ ގޮތުން މަގުތަކުގައި ބޮޑު ހިނގާލުމެއް ކުރިއަށްގެންގޮސްފައެވެ. މި އެއްވުމުގައި އެމްޑީޕީން ވަނީ ސަރުކާރުގެ ސިޔާސަތްތަކަށް ފާޑުކިޔައި ރައީސް ޑރ.މުއިއްޒުގެ އިސްތިއުފާއަށް ގޮވާލާފައެވެ.

އެމްޑީޕީގެ މި ހަރަކާތާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހީނާ ވިދާޅުވީ އެމްޑީޕީގެ ހިނގާލުން ބޭއްވުމުގެ ފުރުސަތު ދިނުމުން ދޭހަވެގެންދަނީ އެއްވެ އުޅޫމާއި ހިޔާލުފާޅުކުރުންފަދަ އަސާސީ ހައްގުތަކަށް މި ސަރުކާރުން ފުރުސަތުދޭ މިންވަރުކަމަށެވެ. ހީނާ ވިދާޅުވީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސިޔާސަތަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ސިޔާސަތު ރައްކާތެރިކޮށްދިނުން ކަމަށެވެ. 

އެމްޑީޕީން މިރޭ މާލޭގައި ސަރުކާރާ ދެކޮޅަށް ބޭއްވި ހިނގާލުން ނިމިފައިވަނީ އެއްވެސް ކަހަލަ ހަމަނުޖެހުމެއް ނުހިނގަ ވަރަށް އަމާން އޮމާންކޮށެވެ. މި ހަރަކާތަށް ފުލުހުންގެ ފުރިހަމަ އެއްބާރުލުން ލިބިގެންދިޔައިރު، މިއީ ސަރުކާރާ ދެކޮޅަށް ޝުއޫރު ފާޅުކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ ހިނގާލުމެއް މިހާ ސުލްހަވެރިކަމާއެކު ނިންމާލި ފުރަތަމަ ފަހަރެވެ. 

ރާއްޖޭގައި ސިޔާސީޕާޓީތައް މީގެ ކުރިން ބޭއްވި މިފަދަ ގިނަ އެއްވުންތައް ނިމޭއިރު ޕެޕަސްޕްރޭ ޖަހައި ފުލުހުންގެ ބެލުމުގެ ދަށަށް އެއްވުމުގެ ބައިވެރިން ގެންދަންޖެހެއެވެ. ނަމަވެސް މިރޭގެ ހިނގާލުމުގައި ބައިވެރިވި އެއްވެސް މީހެއްގެ ފަރާތަކުން އެފަދަ އަމަލެއް ފެނިގެން ނުދާކަން ފާހަގަކޮށްލެވެއެވެ. ހިނގާލުން ކުރިއަށްދިޔައިރު ފުލުހުންނާއި ސިފައިންވެސް ދިޔައީ ގްރީން ޒޯންތަކުގައި ހަރަކާތްތެރިވަމުންނެވެ.

އެމްޑީޕީން މިރޭގެ އެއްވުން ކުރިއަށްގެންގޮސްފައިވަނީ ސަރުކާރުން ޤާނޫނު އަސާސީއަށް ގެނައި އިސްލާހުތަކާއި، ވެރިކަމަށް އައިސް ސަރުކާރުން ރައްޔިތުންނަށްވީ ވައުދުތައް ފުއްދަމުން ނުދާކަމަށްބުނެ އެކަމާ ޝުއޫރު ފާޅުކުރުމުގެ ގޮތުންނެވެ. މިރޭ ކުރިއަށްދިޔަ ހިނގާލުމުގައި އެމްޑީޕީގެ ގިނަ އަދަދެއްގެ މެމްބަރުންނާއި އެޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުން ބައިވެރިވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ