ޤާސިމް އިބްރާޙީމް
ހަބަރު
03 Feb 2025 | 13:32
ގާސިމްގެ ހަޔާތްޕުޅަށް އަލިއަޅުވާލައި ލިޔެފައިވާ ބަޔޮގްރަފީ ފޮތް މިމަހު ނެރެނީ

ރައްޔިތުންގެ މަޖިލީހުގެ މާމިމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާޙީމްގެ ޙަޔާތްޕުޅަށް އަލިއަޅުވާލައި ލިޔެފައިވާ ބަޔޮގްރަފީ ފޮތް ނެރުމަށް ތައްޔާރު ވެއްޖެއެވެ. 

މި ފޮތް ނެރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 10 ވަނަ ދުވަހުއެވެ. މި ބައޮގްރަފީ ލިޔުއްވާފައިވަނީ ރާއްޖޭގައި ބައޮގްރަފީ ލިޔުމުގެ ދާއިރާއިން ކުރިއަރަމުން އަންނަ ލިޔުންތެރިއެއްކަމުގައިވާ މުޙައްމަދު ޖަމީލެވެ. ފޮތް ޗާޕުކުރެވިފައިވަނީ ހާޑް ކަވަރުގައެވެ.

މި ބައޮގްރަފީގައި އޮނަރަބްލް ގާސިމް އިބްރާހީމްގެ ޙަޔާތްޕުޅުގައި ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި މައިގަނޑު ހުރިހާ ކަމަކަށް އަލިއަޅުވާލެވިފައިވެއެވެ. އެގޮތުން، އެމަނިކުފާނުގެ ކާމިޔާބީތަކާއި، ނާކާމިޔާބީތަކާއި، ދަރުމަވެރި ޚިދުމަތްތަކާއި، ވިޔަފާރިއާއި، އިޖްތިމާޢީ ގުޅުންތަކާއި، އާއިލީ ދިރިއުޅުމާ ގުޅޭގޮތުން ދިމާވެފައިވާ ކަންކަމާއި، ސިޔާސީ ގޮތުން ރާއްޖެއަށް އައިސްފައިވާ ބޮޑު ބަދަލުގައި ތަޖުރިބާ ކުރައްވަން ޖެހިވަޑައިގެންނެވި ކަންކަން އެއްވެސް ފޮރުވުމެއްނެތި ވަރަށް ތަފްޞީލީ ގޮތެއްގައި ހާމަކުރައްވާފައިވެއެވެ.

ފޮތް ނެރުއްވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ 10 ވަނަ ދުވަހު ވިލާ ކޮލެޖުގައެވެ. އެ ރަސްމިއްޔާތުގައި ބައޯގްރަފީގެ އޯޑިއޯ އަދި ވީޑިއޯ ކްލިޕްތަކާއެކު ބައޯގްރަފީ ހިމެނޭ ވެބްސައިޓެއް އިފްތިތާޙު ކުރުމަށްވެސް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން، ގާސިމްގެ ހަޔާތްޕުޅު ކުރު ގޮތަކަށް ދައްކައިދޭ ފޮޓޯ މައުރަޒެއް އެރޭ ވިލާ ކޮލެޖުގައި ހުޅުވޭނެއެވެ.

މި ފޮޓޯ މައުރަޒު އާންމުންނަށް ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 9:00 އިން ރޭގަނޑު 10:30 އާ ހަމައަށް ހުޅުވާލެވިފައި ހުންނާނެއެވެ. ފޮޓޯ މައުރަޒަށް ޒިޔާރަތްކުރައްވާ ފަރާތްތަކަށް ބައޯގްރަފީގެ ކޮޕީއެއް ހިލޭ ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ގާސިމް އިބްރާހީމަކީ އެމަނިކުފާނުގެ ޒުވާން އުމުރުން ފެށިގެން، މެދުކެނޑުމެއްނެތި ދިވެހިރާއްޖޭގެ ތަރައްޤީއަށާއި، ވިޔަފާރިއަށާއި، އިޤްތިޞާދަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ޤާސިމްގެ ދަރުމަވެރި ޚިދުމަތްތަކަކީ، ރާއްޖޭގައި އަމިއްލަ ފަރުދަކު މިހާތަނަށް ފޯރުކޮށްދެމުންދާ އެންމެ ފުޅާ ދާއިރާގެ ދަރުމަވެރި ޚިދުމަތްތަކެވެ.

ވޭތުވެދިޔަ ފަންސާހަކަށް އަހަރު ދުވަހުގެ ތެރޭގައި ދިވެހިރާއްޖެއަށް އައިސްފައިވާ އަދި އަންނަމުންދާ ތަރައްޤީގައި ޤާސިމްގެ ހިއްސާ ފާހަގަކޮށްލެވޭ މިންވަރަށް ބޮޑެވެ. އެބޭފުޅާ ކުރައްވާފައިވާ ތަޖުރިބާތައް ގިނަގުނައެވެ. ބިނާކުރެއްވި ދިވެހި ތަޢުލީމީ ޖީލު ފުޅާވެގެންވެއެވެ. ދިވެހިރާއްޖޭގެ ޑިމޮކްރެޓިކް ޙަޔާތުގައި ގާސިމް އިބްރާހީމް ކުރައްވާފައިވާ މަސައްކަތްޕުޅުތަކަކީވެސް އާރާސްތު މަސައްކަތްޕުޅުތަކެކެވެ.

ރާއްޖެއަށް ޑިމޮކްރަސީ ތަޢާރަފްކުރުމަށް އެކުލަވާލެވި، ފާސްކުރެވި، ޢަމަލުކުރެވެމުންދާ ޤާނޫނުއަސާސީއަކީ އެބޭފުޅާ ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން، ކުރިމަތިވެވަޑައިގެންނެވި ގޮންޖެހުންތަކާއެކު ޙާޞިލުކުރެއްވި ނަތީޖާއެކެވެ. އަދި މި ވޭތުވެދިޔަ އަހަރުތަކުގައި އެ ޤާނޫނުއަސާސީއާއި ޑިމޮކްރަސީއާއި ދިވެހިރާއްޖޭގެ މިނިވަންކަމުގެ ދިފާޢުގައި، އެއްވެސް ފަސްޖެހިވަޑައިގަތުމެއްނެތި ކުރިއަށް ނުކުމެވަޑައިގެން ކުރައްވާފައިވާ މަސައްކަތްޕުޅުތަކަކީވެސް، ފާހަގަކުރެވިގެންދާ މުހިންމު އަދި ބުރަދަން ހުރި މަސައްކަތްޕުޅުތަކެކެވެ.


ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.