ކެފޭ އަކާއި ގެއެއްގެ ޖަންކްޝަން ހޮޅި ކާނުތެރެއަށް ދޫކޮށްލާފައި... ފޮޓޯ: މާލެސިޓީ ކައުންސިލް
ހަބަރު
03 Feb 2025 | 15:55
ރޯޝަނީ މަގުގައި ހުންނަ ކެފޭއަކާއި ގެއެއްގެ ޖަންކްޝަން ހޮޅި ކާނުތެރެއަށް ދޫކޮށްލާފައި!

ރޯޝަނީމަގުގައި ހުންނަ ކެފޭއަކާއި ގެއެއްގެ ޖަންކްޝަންހޮޅި ކާނުތެރެއަށް ދޫކޮށްލާފައި ހުރިކަން ފާހަގަކުރެވިގެން މާލެސިޓީ ކައުންސިލާއި އެމްޑަބްލިއުއެސްސީ ގުޅިގެން އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ރޯޝަނީމަގު ކާނުގަނޑުން ނުބައިވަސްދުވާތީވެ، އާއްމުން ޝަކުވާކުރަމުންދާތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، މާލެސިޓީ ކައުންސިލުން މިހާރު ވަނީ އެމަގުގެ ކާނުތެރެއިން ނުބައިވަސްދުވަން މެދުވެރިވާ ސަބަބު ހޯދާފައެވެ. މާލެސިޓީ ކައުންސިލުން ވަނީ ރޯޝަނީމަގުގެ ކާނުތަކުން ނުބައިވަސްދުވާތީވެ، އެކި ފަހަރުމަތިން ކާނުތައް ސާފުކޮށްފައެވެ. ނަމަވެސް އެ މައްސަލަ ހައްލުނުވެ ދިގުލައިގެން ދިއުމުން ކައުންސިލުން ވަނީ ރޯޝަނީމަގުގެ ދެފަށީގެ ކާނުތައް ބަލައި ނުބައިވަސް ދުވަން މެދުވެރިވާ ސަބަބު ދެނެގަނެފައެވެ.

މިކަމާ ގުޅޭގޮތުން ނުސްވެރިންނާ ވާހަކަދައްކަވަމުން މާލެސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، ރޯޝަނީމަގުގެ ކާނުގަނޑުތެރެއިން ނުބައިވަސް ދުވަނީ އެމަގުގައި ހުންނަ ކެފޭއަކާއި ގެއެއްގެ ޖަންކްޝަންހުޅި ކާނުތެރެއަށް ދޫކޮށްލާފައި ހުރުމުން ކަމަށެވެ.

ޖަންކްޝަން ފެންގަނޑު ކާނުތެރެއަށް އަންނަގޮތަށް ދޫކޮށްލާފައި... ފޮޓޯ: މާލެ ސިޓީ ކައުންސިލް

އާޒިމް ވިދާޅުވީ އެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ފަށާފައިވާކަމަށާއި، އެގޮތުން ކެފޭ ބަންދުކުރަން އަންގައި އެގެއިްނ މީހުންވެސް ހުސްކުރަން އަންގާފައިވާނޭކަމަށެވެ.

އާޒިމް ވިދާޅުވީ ކެފޭއަށް ދެން ހުއްދަ ދޭނީ ޖަންކްޝަން އެ އޮންނަ އުުލުގެ މަތިން ހަދައި ރަނގަޅުކުރުމުންކަމަށް ކަމާބެހޭ އިދާރާއަށް އަންގާފައިވާނޭކަމަށެވެ. 

މިބާވަތުގެ ކަންކަމުގައި އަޅަން އޮންނަ އެންމެ ހަރުކަށި ފިޔަވަޅު އަންޖެހޭނެ. މިހުންނަނީ ރައްޔިތުންނަށް ވަރަށް އުނދަގޫވާ ކަންކަން. މިކަމުގެ އުނދަގުލުގައި ރައްޔިތުން އުލެމުންދާތާ ވަރަށް ގިނަދުވަސްވެއްޖެ

އާޒިމް ވިދާޅުވިއެވެ

އާޒިމް ވިދާޅުވީ ރޯޝަނީމަގު ކާނުތަކުން އެހާ ނުބައިވަސް ދުވަނީ ގޭގެ ޖަންކްޝަނުން ދޫކުރާ ނަޖިސްފެނާއި، ކެފޭއިން އަޅާ ތެއޮފަދަ ތަކެތި އެއްވެ ކާނުތެރެއަށް އެޅުމުންނެވެ. އެތަކެތި އެޅިފައިވަނީ ކޭބަލް ޖަންކްޝަންތަކަށް ކަމަށްވެސް އާޒިމް ވިދާޅުވިއެވެ. މޭޔަރު ވަނީ މިފަދަ ކަމެއް ހިނގިނަމަވެސް ކަމާބެހޭ އިދާރާތަކަށް އެކަންކަން ރަނގަޅަށް ސާފުކޮށްދިނުމަށް އެދިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ