ރަށު އެކްސްޕޯގެ ރަސްމީ މަންޒިލަކަށް ފުވައްމުލަކު ސިޓީ: ފޮޓޯ/ ޓްރެވެލް ގައިޒް
ހަބަރު
04 Feb 2025 | 11:06
ރަށު އެކްސްޕޯ 2025 ގެ ރަސްމީ މަންޒިލަކަށް ފުވައްމުލަކު ސިޓީ

ދިވެހިރާއްޖޭގެ ޓޫރިޒަމް ދާއިރާ ކުރިއެރުވުމަށް ބާއްވާ އެންމެ ބޮޑު މައުރަޒު، ރަށު އެކްސްޕޯ 2025 ގެ ރަސްމީ މަންޒިލުގެ ގޮތުގައި ފުވައްމުލައް ސިޓީ ހަމަޖެހިއްޖެކަމަށް ދަ ޓްރެވަލް ގައިޒް އިން އިއްޔެ އިޢުލާނުކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން، ފުވައްމުލަކުގެ ތަފާތު ސަގާފަތާއި، މުއްސަނދި ތަރިކައާއި، ޚާއްޞަ ކާނާގެ ތަޖުރިބާތަކާއި އަދި އެކި ބާވަތުގެ އެޑްވެންޗަރ ޓޫރިޒަމްގެ ފުރުޞަތުތައް ފާހަގަކޮށް، ދިވެހިރާއްޖޭގެ ޓޫރިޒަމްގެ ދާއިރާގައި ފުވައްމުލައް ސިޓީ ފާހަގަކޮށްލެވޭ މަންޒިލެއްގެ ގޮތުގައި ކުރިއަރުވަން މަސައްކަތްކުރެވޭނެއެވެ.

2025 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 13 އިން 15 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ރަށު އެކްސްޕޯގައި، ރަށު ކައުންސިލްތަކާއި، ގެސްޓްހައުސްތަކާއި، ހޮޓާތަކާއި، ލޯކަލް ވިޔަފާރިތަކާއި އަދި ޓޫރިޒަމް ދާއިރާގެ އެހެނިހެން ފަރާތްތައް ރާއްޖޭގެ އެތެރޭގެ އަދި ބޭރުގެ ފަތުރުވެރިންނާ ގުޅުވައިދޭ މުހިންމު ޕްލެޓްފޯމެއްގެ ގޮތުގައި މަސައްކަތްކުރެވޭނެއެވެ.

ރަސްމީ މަންޒިލުގެ ގޮތުގައި ފުވައްމުލައް ސިޓީ ބައިވެރިވުމާއެކު، އެ ސިޓީގެ ދިރުންހުރި އާދަކާދަތަކާއި، ތާރީޚީ ތަންތަނާއި، އަދި ޚާއްޞަ ހަރަކާތްތައް ދައްކުވައިދީ، ފުވައްމުލަކުގެ ތަފާތު ތަޖުރިބާތައް ޒިޔާރަތްކުރާ ފަރާތްތަކަށް ލިބިދެވޭނެއެވެ.

ފުވައްމުލަކަކީ ދިވެހިރާއްޖޭގައި އެއް ރަށެއްގެ މައްޗަށް އެކުލެވޭ ހަމައެކަނި ސިޓީ ކަމުގައިވުމުގެ އިތުރުން، އެ ސިޓީގެ އާދަކާދަތަކާއި، ރަށުގެ އަތްތެރި މަސައްކަތްތަކާއި، އަދި ޚާއްޞަ ކާނާގެ ބާވަތްތަކުން ފާހަގަކޮށްލެވޭ ތަނެކެވެ.

އެޑްވެންޗަރ ހޯދާ މީހުންނަށް، ފުވައްމުލައްކަކީ ޑައިވަރުންގެ ’ސުވަރުގެ‘އެކެވެ. މި ސިޓީ ދުނިޔޭގައި މަޝްހޫރު ޓައިގަރ ޝާކް ޑައިވިންގ ތަޖުރިބާއަށް މަޝްހޫރު ތަނެކެވެ - މިއީ ދުނިޔޭގައި މަދު ތަންތަނުގެ ތެރެއިން އަހަރުގެ ހުރިހާ ދުވަސްވަރެއްގައިވެސް ޑައިވަރުންނަށް މި މިޔަރު ބެލުމުގެ ފުރުޞަތު ލިބޭ ތަނެކެވެ.

މީގެ އިތުރުން މި ރަށުން ޚާއްޞަ އީކޯ-އެޑްވެންޗަރތައް ވެސް ލިބެއެވެ. އެގޮތުން މަޑު ކުޅިތައް (ކިޅި)، ގަސްގަހާގެހި ގިނަ ސަރަޙައްދުތައް ބަލާލުމުގެ ފުރުޞަތު ލިބެއެވެ. މިއީ ގުދުރަތީ ތަންތަނަށް ލޯބިކުރާ މީހުންނާއި ފޮޓޯގްރަފީ ޝައުޤުވެރިކަން ހުންނަ މީހުންނަށް ވަރަށް ރަނގަޅު ތަނެކެވެ.

ދަ ޓްރެވަލް ގައިޒްގެ ޑިރެކްޓަރ ޑރ. ޙުސައިން ސަނީ އުމަރު މި އެއްބާރުލުމާ ގުޅޭ ގޮތުން އުފާވެރިކަން ފާޅުކުރައްވަމުން ވިދާޅުވީ، ފުވައްމުލައްކަކީ ހަމައެކަނި މުއްސަނދި ސަގާފަތާއި، ތަރިކައާއި، ފޯރިގަދަ ތަޖުރިބާތަކާއެކު އެކުލެވިގެންވާ މަންޒިލެއް ކަމަށެވެ.

”ރަށު އެކްސްޕޯ 2025 ގެ ރަސްމީ މަންޒިލުގެ ބައިވެރިއެއްގެ ގޮތުގައި، މި ސިޓީ ދައްކާލުމަށް ފުރުސަތު ލިބުމުން އަޅުގަނޑުމެން ވަރަށް އުފާކުރަން. މީގެ ތެރޭގައި ތާރީޚީ ތަންތަނާއި އެކި ބާވަތުގެ ފަތުރުވެރިކަމުގެ ތަޖުރިބާތައް ހިމެނޭ."

ފުވައްމުލަކު ސިޓީގެ މޭޔަރު އަލްފާޟިލް އިސްމާޢީލް ރަފީޢު ވިދާޅުވީ، ރަށު އެކްސްޕޯ 2025 ގެ ރަސްމީ މަންޒިލުގެ ބައިވެރިއެއްގެ ގޮތުގައި ބައިވެރިކުރީތީ ވަރަށް އުފާކުރައްވާ ކަމަށެވެ.

”މި މެދުވެރިކޮށް އަޅުގަނޑުމެންގެ ރަށުގެ ޚާއްޞަކަން ދުނިޔެއަށް ދައްކާލުމުގެ ފުރުޞަތު ލިބޭނެ. އަދި މިކަމުގެ ސަބަބުން އަސްލު ސަގާފީ ތަޖުރިބާތަކާއި، ތަރިކައިގެ ފަތުރުވެރިކަމާއި، އެޑްވެންޗަރ ދަތުރުތަކަށް ފަތުރުވެރިން ޝައުޤުވެރިވާނެ.“

ރަށު އެކްސްޕޯ 2025 އާ ބެހޭ އިތުރު މަޢުލޫމާތު ހޯދުމަށް، +960 7453868 - ހާއިމް އިބްރާހީމް އަށް ގުޅުމަށް ޓްރެވެލް ގައިޒް އިން އެދެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Aug 2026
ކެނދިކުޅުދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކް ހުޅުވައިފި
08 Aug 2026
ލިއޮނެލް މެސީގެ ބައްޕަ، ޖޯޖް މެސީ މަރުވެއްޖެ
އުމުރުން 68 އަހަރުގައި ޖޯޖް ނިޔާވީ އޭނާ އުފަން ރަށް ކަމަށްވާ އާޖެންޓީނާގެ ރޮސާރިއޯގެ ހޮސްޕިޓަލެއްގައެވެ
08 Aug 2026
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް މިއަދު ފެށުމާއެކު އެ އަތޮޅުގެ ދެ ރަށަކުން މިހާރު ޕާސްޕޯޓްގެ ހިދުމަތް ލިބޭނެއެވެ. މީގެ ކުރިން ވެރިކަންކުރާރަށް ތިނަދޫގައި ވަނީ ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށާފައެވެ.
08 Aug 2026
އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު ސާފްކުރުމުގެ މަސައްކަތް ފަށައިފި
"މަދިރިން ރައްކާ" ކެމްޕޭނުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު މިއަދު ވަނީ ސާފްކުރުމުގެ މަސައްކަތް ފަށާފައި
08 Aug 2026
ބީއެމްއެލް ވީރަން ކޯޕަރޭޓްސް ކާމިޔާބުކަމާއެކު ނިންމާލައިފި
މި ރޭހަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކާއި އިދާރާތަކާއި ޖަމްޢިއްޔާތަކަށް ހުޅުވައިލައިގެން ބޭއްވި ހަރަކާތެކެވެ
08 Aug 2026
ނޯވޭގެ ފުޓްބޯޅަ ފެޑަރޭޝަނުން ފީފާގެ ރައީސް އިންފަންޓީނޯގެ އިސްތިއުފާއަށް ގޮވާލައިފި
ދަ ގާޑިއަން އާ ވާހަކަދައްކަވަމުން ކްލެވެނެސް ވިދާޅުވީ، އިންފެންޓީނޯއާ މެދު އެ ފެޑެރޭޝަނުގެ އިތުބާރު މިހާރު މުޅިން ގެއްލިފައިވާ ކަމަށެވެ
08 Aug 2026
ފަހިދިރިއުޅުން ޓަވަރުތަކުގައި ކެމެރާ ހަރުކުރުމުގެ މަސައްކަތް ނިމެނީ
އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް އެންމެ ދަތިވާ އެއްކަމަކީ ޕާކްކުރުމުގެ މައްސަލައާއި، އެތަންތަނުގައި ދިރިއުޅޭ ކުޑަކުދިން ހިތްފަސޭހަކޮށްލާ، ކުޅެލާ ހަދާނެ ޕާކެއް ނެތުން
08 Aug 2026
ލޯނު އެއްބަސްވުމެއްގެ ދަށުން ބާސެލޯނާގެ އަރައޫހޯ ލިވަޕޫލަށް
މިފަހަރު ލިވަޕޫލާ ގުޅެނީ މި ސީޒަން ނިމެންދެން ލޯނު އުސޫލުންނެވެ.