ދިވެހިންގެ އުފާވެރިކަން މިންކުރުމަށް ‘އުފާވެރި ރާއްޖެ’ ހެޕިނަސް އިންޑެކްސް އެކުލަވާލުމުގެ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވަޒީރު އާދަމް ޝަރީފް ޢުމަރު ވާހަކަދައްކަވަނީ: ފޮޓޯ/ ސިޓީ ތަކާބެހޭ ވުޒާރާ
ހަބަރު
04 Feb 2025 | 11:26
ދިވެހިންގެ އުފާވެރިކަން މިންކުރުމަށް އެކުލަވާލާ އޮނިގަނޑު މިއަހަރުގެ ތެރޭގައި އާންމުކުރަނީ

ދިވެހިންގެ އުފާވެރިކަން މިންކުރުމަށް އެކުލަވާލާ އޮނިގަނޑު މިއަހަރުގެ ތެރޭގައި އާންމުކޮށް ޕައިލެޓް ޕްރޮގްރާމް މިއަހަރުގެ ތެރޭގައި ފެށުމަށް މަސައްކަތް ކުރައްވަމުންދާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު ޚިދުމަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

މާނަހުރި ގޮތެއްގައި ރާއްޖޭގެ ރަށްތަކުގައި ރައްޔިތުންގެ ހުރި އުފާވެރިކަން މިންކުރުމަށް "ހެޕިނެސް އިންޑެކްސް"ގެ ނަމުގައި ސަރުކާރުން ހާއްސަ މަސައްކަތެއް ފައްޓަވާފައިވާއިރު، މި އަހަރުތެރޭ އެ ތަންފީޒުކުރަން ފައްޓަވާނެ ކަމަށް ވަޒީރު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

އެކަމާ ގުޅޭ އިތުރު މައުލޫމާތު ދެއްވަމުން ވަޒީރު ވިދާޅުވީ، މިއަހަރުގެ ތެރޭގައި އޮނިގަނޑު އެކުލަވާލާ ޕައިލެޓް ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް މަސައްކަތް ކުރައްވަމުންދާކަމަށެވެ. އަދި އަންނަ އަހަރުގެ ތެރޭގައި މި މިންގަނޑުން ރަށްރަށުގެ ޙާލަތު ބަލައި ވަޒަންކުރެވޭވަރަށް މިއަހަރު މަސައްކަތް ކުރިއަށްގެންދަވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިބަލަނީ މިއަހަރުގެ ތެރޭގައި އޮނިގަނޑު އެއްކޮށް އާއްމުކޮށް އަދި މީގެ ޕައިލެޓް ޕްރޮގްރާމްތަކެއް މިއަހަރުގެ ތެރޭގައި ކުރިއަށްގެންދެވޭނެކަމަށް. ޕައިލެޓް ޕްރޮގްރާމަށްފަހު އަޅުގަނޑުމެނަށް އިތުރަށް ފުރިހަމަކަމެއް ގެނެވޭނީ ކޮންކަހަލަ ބަދަލުތަކެއްތޯ ގެންނަންޖެހެނީ އެނގޭނެ." ވަޒީރު ވިދާޅުވިއެވެ.

ހެޕިނެސް އިންޑެކްސްއަކިީ އެ ޤައުމެއްގައި ދިރިއުޅޭ ރައްޔިތުންގެ ދިރިއުޅުމަށް ބަލައި، އުފާވެރިކަން އޮތް ވަރު ދެނެގަތުމަށް ހަދާ އިންޑެކްސްއެކެވެ. ހެޕިނެސް އިންޑެކްސް އާންމުކުރުމަކީ މިހާރަކަށް އައިސް ދުނިޔޭގައި އާންމުކޮށް ކޮންމެ އަހަރަކު ކުރަމުން އަންނަ ކަމެކެވެ. އާންމުކޮށް ދުނިޔޭގައި މި ކަން ބަލައި އުޅެނީ 10 ދާއިރާއަކަށް ބަލައިގެންނެވެ. ދުނިޔޭގެ ހެޕިނެސް އިންޑެކްސްގައި މި ވަގުތު އެންމެ ކުރީގައި އޮތީ ފިންލެންޑެވެ.

ހެޕިނެސް އިންޑެކްސްގައި ބަލައިލާ ދާއިރާތައް:

1. ނަފުސުގެ ނުވަތަ ނަފުސާނީ ދުޅަހެޔޮކަން

2. ޖިސްމުގެ ނުވަތަ ޖިސްމާނީ ދުޅަ ހެޔޮކަން

3. ދިރިއުޅުމުގެ އެންމެހައި ދާއިރާތަކަށް ވަގުތު ދެވޭ މިންވަރު

4. ކަނަކަން ދަސްކުރުމަށާއި، ފަންނުވެރިކަމާއި، ޘަޤާފީ ކަންކަން ކުރުމަށް ފުރުޞަތުލިބުން.

5. މުޖުތަމައުގެ ގުޅުން ނުވަތަ އެއްބައިވަންތަކަން

6. އިޖުތިމާޢީ އެހީތެރިކަން

7. ތިމާވެށްޓާ ގުޅުން އޮންނަ މިންވަރު

8. ސަރުކާރާ މެދު ދެކޭ ގޮތް

9. ދިރިއުޅުމުގެ ފެންވަރު

10. ކުރާ މަސައްކަތްތަކަށް ހިތްހަމަޖެހުން ލިބޭ މިންވަރު

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Aug 2026
ކެނދިކުޅުދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކް ހުޅުވައިފި
08 Aug 2026
ލިއޮނެލް މެސީގެ ބައްޕަ، ޖޯޖް މެސީ މަރުވެއްޖެ
އުމުރުން 68 އަހަރުގައި ޖޯޖް ނިޔާވީ އޭނާ އުފަން ރަށް ކަމަށްވާ އާޖެންޓީނާގެ ރޮސާރިއޯގެ ހޮސްޕިޓަލެއްގައެވެ
08 Aug 2026
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް މިއަދު ފެށުމާއެކު އެ އަތޮޅުގެ ދެ ރަށަކުން މިހާރު ޕާސްޕޯޓްގެ ހިދުމަތް ލިބޭނެއެވެ. މީގެ ކުރިން ވެރިކަންކުރާރަށް ތިނަދޫގައި ވަނީ ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށާފައެވެ.
08 Aug 2026
އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު ސާފްކުރުމުގެ މަސައްކަތް ފަށައިފި
"މަދިރިން ރައްކާ" ކެމްޕޭނުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު މިއަދު ވަނީ ސާފްކުރުމުގެ މަސައްކަތް ފަށާފައި
08 Aug 2026
ބީއެމްއެލް ވީރަން ކޯޕަރޭޓްސް ކާމިޔާބުކަމާއެކު ނިންމާލައިފި
މި ރޭހަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކާއި އިދާރާތަކާއި ޖަމްޢިއްޔާތަކަށް ހުޅުވައިލައިގެން ބޭއްވި ހަރަކާތެކެވެ
08 Aug 2026
ނޯވޭގެ ފުޓްބޯޅަ ފެޑަރޭޝަނުން ފީފާގެ ރައީސް އިންފަންޓީނޯގެ އިސްތިއުފާއަށް ގޮވާލައިފި
ދަ ގާޑިއަން އާ ވާހަކަދައްކަވަމުން ކްލެވެނެސް ވިދާޅުވީ، އިންފެންޓީނޯއާ މެދު އެ ފެޑެރޭޝަނުގެ އިތުބާރު މިހާރު މުޅިން ގެއްލިފައިވާ ކަމަށެވެ
08 Aug 2026
ފަހިދިރިއުޅުން ޓަވަރުތަކުގައި ކެމެރާ ހަރުކުރުމުގެ މަސައްކަތް ނިމެނީ
އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް އެންމެ ދަތިވާ އެއްކަމަކީ ޕާކްކުރުމުގެ މައްސަލައާއި، އެތަންތަނުގައި ދިރިއުޅޭ ކުޑަކުދިން ހިތްފަސޭހަކޮށްލާ، ކުޅެލާ ހަދާނެ ޕާކެއް ނެތުން
08 Aug 2026
ލޯނު އެއްބަސްވުމެއްގެ ދަށުން ބާސެލޯނާގެ އަރައޫހޯ ލިވަޕޫލަށް
މިފަހަރު ލިވަޕޫލާ ގުޅެނީ މި ސީޒަން ނިމެންދެން ލޯނު އުސޫލުންނެވެ.