އިބްރާހީމް އިސްމާޢީލް, އިބްރާ
ހަބަރު
04 Feb 2025 | 12:06
ވަކި ސިޔާސީ ޕާޓީއެއްގެ ސިޔާސީ މަންފާއަށް ”މިނިވަން ބަހުސް“ ނަން ބޭނުންކޮށްގެން ނުވާނެ: އިބުރާ

ވަކި ސިޔާސީ ޕާޓީއެއްގެ ސިޔާސީ މަންފާއަށް ”މިނިވަން ބަހުސް” ނަން ބޭނުންކޮށްގެން ނުވާނެ ކަމަށް މަންދު ކޮލެޖުގެ ޗެއާމަން އަދި ގާނޫނީ ވަކީލު އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވެއްޖެއެވެ. 

އެކި މައްސަލަތަކުގައި އާއްމުންނަށް ހުޅުވާލައިގެން "މިނިވަން ބަހުސް" ނަމުގައި ސިލްސިލާ ބަހުސް ތަކެއް ފަށަން ނިންމާފައިވާކަން ދަ ޑިމޮކްރެޓްސް އިން އިއުލާން ކުރުމާއި ގުޅިގެން އިބްރާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، "މިނިވަން ބަޙުސް" އަކީ 2004 ވަނަ އަހަރު، ރާއްޖޭގެ ކަންކަން އިޞްލާޙުކުރާން ނުކުތް، އެކި ސިޔާސީ ފިކުރުގެ، އެކި ގިންތީގެ، އެކި ޢުމުރުގެ މީހުން އެކުވެގެން ހިންގި އިޞްލާޙީ ޙަރަކާތެއްގެ ފެށުން ކަމަށެވެ. 

‏”ވަކި ސިޔާސީ ޕާޓީއެއްގެ ސިޔާސީ މަންފާއަށް އެނަން ބޭނުންކުރުމަކީ ކޮށްގެންވާނޭކަމެއްނޫނެވެ.“ އިބްރާގެ ޕޯސްޓުގައި ވިދާޅުވިއެވެ. 

މިނިވަން ބަހުސް އަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި އިއުލާނު ކުރި އިސްލާހީ އެޖެންޑާގައި ހިމެނޭ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އެނޫން ވެސް އެހެންކަމަށް ފަހު ފެށުނު ހަރަކާތެކެވެ.

އެ މިނިވަންކަމާއެކު ސްކޫލުތަކާއި އާންމު އެހެނިހެން ހޯލްތަކުގައި ބާއްވަން ފެށި ސިޔާސީ ފޯރަމްތަކުގެ ތެރެއިން އެންމެ މަޝްހޫރުވެގެން ދިޔައީ "މިނިވަން ބަހުސް"ގެ ސިލްސިލާ އެވެ.

އެ ބަހުސްގެ ފޯރި ގަދަވެ، ސަރުކާރާ ދެކޮޅު އަޑުތައް ގަދަވާން ފެށުމާއެކު މައުމޫންގެ ވެރިކަމުގެ ފަހު ދައުރު ޖެހުނީ މިނިވަން ބަހުސް ހުއްޓާލާށެވެ. އެހެން ނަމަވެސް، އެކި ނަން ނަމުގައި ކާޑުތައް ފޮނުވައިގެން ވެސް އޭރު ސިޔާސީ އެއްވުންތައް ބޭއްވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.