ރައީސް މުއިއްޒަށް އިނގިރޭސި ސަފީރުގެ ފަތްކޮޅު އެރުވުމަށް ވަޑައިގަންނަވަނީ: އިނގިރޭސި އައު ސަފީރު ތައާރަފުވީ ދިވެހި ބަހުން -- ފޮޓޯ/ ރައީސް އޮފީސް
ހަބަރު
05 Feb 2025 | 12:12
އިނގިރޭސި އައު ސަފީރު ދިވެހިންނަށް ތަޢާރަފްވީ ދިވެހި ބަހުން!

އިނގިރޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ އާ ސަފީރު ނިކޮލަސް ޑޭވިޑް ލޯ ދިވެހިންނާ ދިވެހި ބަހުން ތައާރަފުވެ، އާއްމުކުރި ވީޑިއޯ އަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.

ނިކޮލަސް އޭނާގެ ސަފީރު ކަމުގެ ލިޔުން ރައީސް މުހައްމަދު މުއިއްޒުއާ އިއްޔެ ހަވާލުކުރެއްވުމަށް ފަހު، އިނގިރޭސި އެމްބަސީގެ ރަސްމީ 'އެކްސް' އެކައުންޓް މެދުވެރިކޮށް ދެއްވި ވީޑިއޯ މެސެޖެއް ފައްޓަވަމުން ދިވެހި ބަހުން ވަނީ ވާހަކަ ދައްކަވާފައެވެ. 

"އައްސަލާމް އަލައިކުމް. އަޅުގަނޑުގެ ނަމަކީ ނިކް ލޯ. އަޅުގަނޑަކީ އިނގިރޭސި ސަފީރު. އެންމެންގެ ހާލު ކިހިނެއްތޯ؟،" އައު ސަފީރު ވިދާޅުވިއެވެ.

މިއާއެކު އިނގިރޭސި ބަހުން ވާހަކަ ކުރިއަށް ގެންދަވަމުން އޭނާ ވިދާޅުވީ، ސަފީރުކަމުގައި އޭނާ ހުންނަވާ ހަތަރު ވަރަކަށް އަހަރު، ރާއްޖޭގެ ކޮންމެ ތަނެއްގައި ދިރިއުޅޭ ރައްޔިތަކާ ވެސް ބައްދަލުކުރެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

އަދި މިއަދު ދުނިޔެ މި އޮތީ ވަރަށް ގިނަ މައްސަލަތަކެއްގެ ތެރޭގައި ކަމަށާއި، އެހެންނަމަވެސް ދެ ގައުމު ގުޅިގެން ދެ ގައުމުގެ މަންފާއަށާއި، ކުރިއެރުމަށް، އަދި ތިމާވެށީގެ ދާއިރާއިން ހުރި ގޮންޖެހުންތައް ހައްލު ކުރުމަށް މަސައްކަތް ކުރެވޭނެ ކަމަށް ވިދާޅުވިއެވެ. 

ނިކޮލަސް އިތުރަށް ވިދާޅުވި ގޮތުގައި، އޭނާ މަސައްކަތް ކުރައްވާނީ "ހަމައެކަނި މާލެއަށް ކަނޑައަޅާފައި ހުންނަ ސަފީރު"ގެ ގޮތުގައެއް ނޫން ކަމަށާ އެހެނެއް ކަމަކު ރާއްޖޭގައި އޭނާ އިނގިރޭސިވިލާތް ތަމްސީލް ކުރައްވާނީ "މުޅި ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު"ގެ ގޮތުގައެވެ.

ރާއްޖެ ވަޑައިގަތުމުގެ ކުރިން އާ ސަފީރު ނިކް ލޯ ވަނީ ބަންގުލަދޭޝްގައި ހުންނަވާ އިނގިރޭސި ސަފީރުގެ ނައިބުކަން ކުރައްވައިފަ އެވެ. އަދި އިންޑިއާ އާއި ޗައިނާގައި ހުންނަ އިނގިރޭސި އެމްބަސީގެ އިސް މަގާމުތައް ވެސް އޭނާ ފުރުއްވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Aug 2026
ކެނދިކުޅުދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކް ހުޅުވައިފި
08 Aug 2026
ލިއޮނެލް މެސީގެ ބައްޕަ، ޖޯޖް މެސީ މަރުވެއްޖެ
އުމުރުން 68 އަހަރުގައި ޖޯޖް ނިޔާވީ އޭނާ އުފަން ރަށް ކަމަށްވާ އާޖެންޓީނާގެ ރޮސާރިއޯގެ ހޮސްޕިޓަލެއްގައެވެ
08 Aug 2026
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް މިއަދު ފެށުމާއެކު އެ އަތޮޅުގެ ދެ ރަށަކުން މިހާރު ޕާސްޕޯޓްގެ ހިދުމަތް ލިބޭނެއެވެ. މީގެ ކުރިން ވެރިކަންކުރާރަށް ތިނަދޫގައި ވަނީ ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށާފައެވެ.
08 Aug 2026
އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު ސާފްކުރުމުގެ މަސައްކަތް ފަށައިފި
"މަދިރިން ރައްކާ" ކެމްޕޭނުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު މިއަދު ވަނީ ސާފްކުރުމުގެ މަސައްކަތް ފަށާފައި
08 Aug 2026
ބީއެމްއެލް ވީރަން ކޯޕަރޭޓްސް ކާމިޔާބުކަމާއެކު ނިންމާލައިފި
މި ރޭހަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކާއި އިދާރާތަކާއި ޖަމްޢިއްޔާތަކަށް ހުޅުވައިލައިގެން ބޭއްވި ހަރަކާތެކެވެ
08 Aug 2026
ނޯވޭގެ ފުޓްބޯޅަ ފެޑަރޭޝަނުން ފީފާގެ ރައީސް އިންފަންޓީނޯގެ އިސްތިއުފާއަށް ގޮވާލައިފި
ދަ ގާޑިއަން އާ ވާހަކަދައްކަވަމުން ކްލެވެނެސް ވިދާޅުވީ، އިންފެންޓީނޯއާ މެދު އެ ފެޑެރޭޝަނުގެ އިތުބާރު މިހާރު މުޅިން ގެއްލިފައިވާ ކަމަށެވެ
08 Aug 2026
ފަހިދިރިއުޅުން ޓަވަރުތަކުގައި ކެމެރާ ހަރުކުރުމުގެ މަސައްކަތް ނިމެނީ
އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް އެންމެ ދަތިވާ އެއްކަމަކީ ޕާކްކުރުމުގެ މައްސަލައާއި، އެތަންތަނުގައި ދިރިއުޅޭ ކުޑަކުދިން ހިތްފަސޭހަކޮށްލާ، ކުޅެލާ ހަދާނެ ޕާކެއް ނެތުން
08 Aug 2026
ލޯނު އެއްބަސްވުމެއްގެ ދަށުން ބާސެލޯނާގެ އަރައޫހޯ ލިވަޕޫލަށް
މިފަހަރު ލިވަޕޫލާ ގުޅެނީ މި ސީޒަން ނިމެންދެން ލޯނު އުސޫލުންނެވެ.